22 މެއި 2019
ދިވެހިންނާއި ބިދޭސީން އާންމުކޮށް ގޮސް އުޅޭ ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާމުގެ ތެރެއަށް ރަތް ކުޅު ޖެހުން އާންމުވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ދިވެހިންނާއި ބިދޭސީން އާންމުކޮށް ގޮސް އުޅޭ ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާމުގެ ތެރެއަށް ރަތް ކުޅު ޖެހުން އާންމުވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުމްހޫރީ މައިދާނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގައުމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ މޮނިއުމަންޓަކާ އެކު ހިތްގައިމު ގޮތަކަށް ތައްޔާރު ކުރި ފެންއަރުވާ ވަޑާމަކީ ރާއްޖޭގެ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން ހެދި ތަނެކެވެ. އެކި ކުލަތަކުން ދިއްލޭ ގޮތަށް ފެންއަރުވާ ވަޑާން ހެދީ އާންމުންނަށް ވެސް އެތަނުގެ ތެރެއަށް ވަދެވޭ ގޮތަށެވެ.
Kuda kudhin gina adhadhakah gos ulhey Jumhooree Maidhaan water fountain aky raiy kulhu jahan hunna thaneh noon. Ehbayaku kithanme varakah mifadha thanthan saafukurias, anehbayaku hama evves etcheh hithah naaraa. Mifadha huthuru amaluthakaa dhuruvaan jehey! pic.twitter.com/6dIoWoPtVh
— Shamau Shareef (@schamau) May 21, 2019
މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ރޭ ކުރެއްވި ޓުވީޓު.
މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިނަ އަދަދެއްގެ ކުޑަކުދިން ގޮސް އުޅޭ ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާމަކީ ރަތް ކުޅު ޖަހަން އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި މިފަދަ ހުތުރު އަމަލުތަކުން ދުރުވާން ޖެހޭ ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ.
"އެއް ބަޔަކު ކިތަންމެ ވަރަކަށް މިފަދަ ތަންތަން ސާފު ކުރިޔަސް، އަނެއް ބަޔަކު ހަމަ އެއްވެސް އެއްޗެއް ހިތަށް ނާރާ. މިފަދަ ހުތުރު އަމަލުތަކާ ދުރުވާން ޖެހޭ،" ފެންއަރުވާ ވަޑާމުގެ ތެރެއަށް އެކި ފަހަރު މަތިން ޖަހާފައި ހުރި ރަތް ކުޅުގެ ފޮޓޯތަކާ އެކު ޝަމާއު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
"ބެލެވޭ ގޮތުގައި މިކަން ކުރަނީ ޗާންދަނީ މަގުން ހިނގާފައި ދާ މީހުން ނޫނީ އެ ދިމާލުގައި އިށީނދެގެން ތިބޭ މީހުން. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،" --- ޝަމާއު
ޝަމާއު ކުރެއްވި ޓުވީޓުގެ ތަފްސީލް ދެއްވައި އޭނާ "މިހާރު" އަށް ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާމުގެ ތެރެއަށް ރަތް ކުޅު ޖެހުން އާންމު ކަމަކަށް ވެފައިވާ ކަމަށެވެ. އެގޮތުން ރަތް ކުޅު ޖަހަނީ ޗާންދަނީ މަގަށްވާ ފަޅިއަށްވާ ދިމާލަށް ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ސާފު ކުރާނެ. ރަތް ކުޅު ޖަހާފައި ހުންނާތީ ބައެއް ފަހަރު މާބޮޑަށް ސާފު ކުރަން އެބަޖެހޭ،" ޝަމާއު ވިދާޅުވި އެވެ.
ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާން ތެރެއަށް ރަތް ކުޅު ޖަހާފައި. -- ފޮޓޯ: ޝަމާއު
"ބެލެވޭ ގޮތުގައި މިކަން ކުރަނީ ޗާންދަނީ މަގުން ހިނގާފައިދާ މީހުން ނޫނީ އެ ދިމާލުގައި އިށީނދެގެން ތިބޭ މީހުން. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް."
ޝަމާއު ވިދާޅުވީ މާލޭގެ މަގުތަކަށް ރަތް ކުޅު ޖަހަމުން ދާތީ އެކަމަށް ހައްލެއް ހޯދުމަށް ނުރަސްމީކޮށް ކައުންސިލްގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެކަން އާންމު ކަމަކަށް ވާތީ، އެކަމާ މެދު ފިޔަވަޅު އަޅަން ޖެހޭ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ.
"ބާޒާރުމައްޗާއި ހޮސްޕިޓަލްތައް ކައިރިއަށް ރަތް ކުޅު ޖެހުމަކީ ވެސް އާންމު ކަމެއް. ރަތް ކުޅު ޖެހުން ހުއްޓުވަން ކުރަން ޖެހޭ ހިސާބަށް ހިނގައްޖެ،" ޝަމާއު ވިދާޅުވި އެވެ.
ޝަމާއުގެ ޓުވީޓާ ގުޅިގެން ހިޔާލު ފާޅުކުރި ބައެއް މީހުން ބުނީ ރަތް ކުޅު ޖެހުން ހުއްޓުވޭނީ އެކަން ކުރާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްގެން ކަމަށެވެ. އަދި އެހެން ބައެއް މީހުން ބުނީ އެފަދަ ކަންކަން ހުއްޓުވޭނީ އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ތަފާތު ކަންކަން ކުރީމަ ކަމަށެވެ.
މާފަންނު މެދު ދާއިރާގެ މީހުން ނަމޫނާ ދައްކައިފި
އޮސްޓްރޭލިއާގެ ވިނައިން ޖުމްހޫރީ މައިދާން ފެހިކޮށްލައިފި
ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން މި މަހު ހުޅުވަނީ
މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު މައްސަލަ އެލްޖީއޭއަށް
ވިޔަފާރިކުރެވޭނީ ހެނދުނު 9 އިން ރޭގަނޑު 9 އަށް
މާލެ ސިޓީ ކައުންސިލުން ނައިބު ރައީސާ ބައްދަލުކޮށްފި
ޕާކިން ސިސްޓަމް ނަގައި ހީނާމާގެ އަލުން ޕާކިން ޒޯނަކަށް
ބޭރުން ރުއް ގެނެސް ލޮނުޒިޔާރަތްކޮޅުގައި އިންދަނީ
ވަޅު އީދު ދުވަހުގެ ހަވީރު މިހާރު ވެހިކަލް ދުއްވޭނެ
ފައިމަގުގައި އުޅޭ ވަގުތު ބްރިޖުން މާލެ އައުމުން ހުރަސް