20 މެއި 2019
ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން މިއަހަރު އެންމެ ގިނައިން ފައިސާ ލިބޭ އެމްޑީޕީ އަށް 12 މިލިއަން ރުފިޔާ ލިބޭކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން މިއަހަރު އެންމެ ގިނައިން ފައިސާ ލިބޭ އެމްޑީޕީ އަށް 12 މިލިއަން ރުފިޔާ ލިބޭކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އެ ކޮމިިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބެލުމަށްފަހު، އެމްޑީޕީއަށް 12 މިލިއަން ރުފިޔާ ލިބޭއިރު ދެ ވަނަ އަށް އެންމެ ގިނަ މެމްބަރުން މިހާރު ތިބީ ޕީޕީއެމަށް ނުވަ މިލިއަން ރުފިޔާ ލިބޭ ކަމަށެވެ.
އީސީގައި ނުވަ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާއިރު ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ. އެހެންވެ މިއަހަރު ވެސް ފައިސާ ލިބެނީ އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ޖޭޕީ އާއި އެމްޑީއޭ އަށެވެ.
ޖޭޕީ އަދި އެމްޑީއޭ އަށް މިއަހަރު ލިބެނީ ދެ މިލިއަން ރުފިޔާ އެވެ.
ނަމަވެސް އެ ޕާޓީތަކުގައި ތިބި މެމްބަރުންގެ އަދަދެއް އަކްރަމް އަދި ވިދާޅެއްނުވެ އެވެ. ނަމަވެސް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުންގެ އަދަދު މިހާރު 50،000 އަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ. އެއީ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީއާ ދިމާކޮށް އެމްޑީޕީއަށް ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފައިވާތީ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ ގޮތުން ޖުލައި، 31، 2018 އާ ހަމައަށް އެންމެ މެމްބަރުން ގިނައީ ޕީޕީއެމްގަ އެވެ. އެއީ، 48،129 މެމްބަރުންނެވެ. އެމްޑީޕީގައި ސައްހަ މެމްބަރުންގެ ގޮތުގައި އޭރު ރަޖިސްޓްރީކޮށްފައި ވަނީ 29،008 މެމްބަރުންނެވެ. ތިން ވަނައިގައި އޮތް ޖޭޕީގައި ތިބީ 10،090 މެމްބަރުންނެވެ.
އެ ހަތަރު ޕާޓީއަށް ދައުލަތުގެ ބަޖެޓުން މި އަހަރު 26.2 މިލިއަން ރުފިޔާ ބަހާނެ އެވެ. ނަމަވެސް ޕީޕީއެމްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި މައްސަލަތަކެއް އުޅޭތީ އެ ޕާޓީއަށް ފައިސާ ދޫކުރާކަށް އަދި ނުފޮނުވަ އެވެ.
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
ފުލުފުލުގައި ސިޔާސީ ޕާޓީތައް!
ޕާޓީތަކުގެ ދަރަނި ބަޖެޓުން ކަނޑާލާ އިސްލާހު ބޭރުކޮށްފި
ޕާޓީތަކުން ނުދައްކާ ދަރަނިތައް ބަޖެޓުން ކަނޑާލަނީ
އަންނަ އަހަރު ސިޔާސީ ޕާޓީތަކަށް 25 މިލިއަން ރުފިޔާ
ޕާޓީތަކަށް ފައިސާ ދޫނުކުރާ މައްސަލާގައި ޖަވާބެއް ނުދިން
ރާއްޖޭގައި ހިޔާލު ތަފާތުވުން ދަނީ ބޮޑުވަމުން: އދ.
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި
ޕާޓީތަކާއެކު މަޝްވަރާ ކުރާނެ: ސަރުކާރު
ވޯޓު ނުދޭ މެމްބަރުންގެ ޕާޓީތަކުގެ ފައިސާ ހިފަހައްޓަނީ