Roadha Mihaaru
ދިރާގުން ބައިސްކޯފާ ގުޅިގެން މަދަހަ އަލްބަމެއް ނެރެފި

ދިރާގުން ބައިސްކޯފާ ގުޅިގެން މަދަހަ އަލްބަމެއް ނެރެފި

19 މެއި 2019

ޑިޖިޓަލް ކޮންޓެންޓް ސްޓްރީމްކުރާ އެޕްލިކޭޝަން، ބައިސްކޯފާ ގުޅިގެން ދިރާގުން މަދަހަ އަލްބަމެއް ނެރެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޑިޖިޓަލް ކޮންޓެންޓް ސްޓްރީމްކުރާ އެޕްލިކޭޝަން، ބައިސްކޯފާ ގުޅިގެން ދިރާގުން މަދަހަ އަލްބަމެއް ނެރެފި އެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ދިރާގުގެ ޕްރޮޑަކްޓް ޑިވެލޮޕްމެންޓް އެންޑް އިނޮވޭޝަންގެ މެނޭޖަރު މުހައްމަދު ފާހިރު ވިދާޅުވީ ބައިކޯފަކީ ދިވެހި އެންޓެޓައިންމެންޓް ކޮންޓެންޓް އެންމެ ގިނައިން ލިބޭ ޕްލެޓްފޯމަށް ވާއިރު މި ހިދުމަތްތައް ދިރާގު ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ގެނެސްދެވޭނެ ކަމަށެވެ.

ބައިސްކޯފުގެ ކްރިއޭޓިވް ޑިރެކްޓަރު އަބްދުﷲ ހާފިޒު ވިދާޅުވީ، މިއަދު ނެރޭ މަދަހަ އަލްބަމަކީ ރޯދަ މަހަށް ހާއްސަކޮށް ނެރޭ މަދަހަ އަލްބަމެއް ކަމަށެވެ. މިހާރު ވެސް ބައިސްކޯފުން 100 އަށް ވުރެ މަދަހަ އަޑުއަހާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހަދަތައް ހެއްދެވި ކުރީގެ އެކްޓަރު އަދި ޑައިރެކްޓަރު އީސާ ޝަރީފު ވިދާޅުވީ، "އާލަމް" ނަމަކަށް ކިޔާ މި އަލްބަމުގައި އަށް މަދަހަ ހިމެނޭ ކަމަށެވެ. މި މަދަހަތައް ކިޔާފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިންނެވެ.

އީސަ ވިދާޅުވި ގޮތުގައި ބައިސްކޯފުގެ އެދުމަށް މި އަލްބަމުގެ މަސައްކަތަށް ނިންމީ 10 ދުވަހުގެ ތެރޭގައި ކަމަށެވެ.

"މަދަހައިގެ ޅެން ހަދާފައިވަނީ އަޅުގަނޑު[އީސާ ޝަރީފު] އާއި އާދަމް ނަސީރު އިބްރާހީމް. މީގެ އިތުރުން އާ ކުއްޖެއް ވެސް މި މަދަހަތައް ހެދުމުގައި ބައިވެރިވި. އެގޮތުން އިއްޒަ އަހުމަދު ނިޒާރުގެ ތިން ލިރީކްސް ވެސް ހިމެނޭނެ،" އޭނާ ވިދާޅުވި އެވެ.

ދިރާގާއި ބައިސްކޯފުން ގުޅިގެން މި މަދަހަ އަލްބަމް ނެރެފައިވާ އިރު ދިރާގު ކަސްޓަމަރުންނަށް 69ރ. އަށް ބައިސްކޯފަށް ސަބްސްކްރައިބް ކުރެވޭނެ އެވެ. އެހެން ކަސްޓަމަރުންނަށް ބައިސްކޯފްގެ ސަބްސްކްރިޕްޝަނަކީ 92ރ. އެވެ.

އަލަށް ނެރުނު އަލްބަމްގެ މަދަހަތައް މިއަދުން ފެށިގެން ބައިސްކޯފުން އަޑުއެހޭނެ އެވެ.