16 މެއި 2019
ސަރުކާރުން ދައްކަންޖެހޭ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުތަކަށް ދެއްކި މިންވަރު ބަޖެޓުގައި ލަފާކުރި މިންވަރަށް ވުރެ، ހަ ގުނަ އިތުރުވެއްޖެ އެވެ.
ސަރުކާރުން ދައްކަންޖެހޭ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުތަކަށް ދެއްކި މިންވަރު ބަޖެޓުގައި ލަފާކުރި މިންވަރަށް ވުރެ، ހަ ގުނަ އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީީން ކޮންމެ ހަފްތާއަކު ނެރޭ މާލީ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ބަޖެޓަށް ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ގޮތުގައި ކަނޑައަޅާފައިވަނީ 50.4 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް ހަތަރު މަސް ފާއިތުވެގެންދިޔަ އިރު މިހާތަނަށް 336.7 މިލިއަން ރުފިޔާ އެކަމަށް ހޭދަވެފައިވެ އެވެ. އެހެންކަމުން މިއީ ލަފާކުރި ބަޖެޓަށްވުރެ ހަ ގުނަ އިތުރު އަދަދެކެވެ.
ފިނޭންސުން ބުނީ، ކޯޓު މަރުހަލާގެ ތެރެއިން ދައްކަން ޖެހޭ ފައިސާ އަކީ ލަފާކުރަން އުނދަގޫ އަދަދެއް ކަމަށެވެ. މިއަދަދުގެ ބޮޑުވެފައި ވަނީ ނެކްސްބިޒާއި ސުނާމީ ލޯނުތައް މައާފު ކުރުމަށް ބީއެމްއެލަށް ފައިސާ ދެއްކުމުންނެވެ. އެގޮތުން ނެކްސްބިޒަށް 277 މިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވެ އެވެ. އަދި ސުނާމީއާ ގުޅިގެން ދޫކުރި ލޯނުތަކުގެ ތެރެއިން 15.2 މިލިއަން ރުފިޔާ ވެސް ސަރުކާރުން ދައްކާފައިވަނީ ދައްކަންޖެހޭ ފައިސާގެ ގޮތުގަ އެވެ. މި ދެ އަދަދަކީ ވެސް މިދިޔަ އަހަރު ދައްކަން ލަފާކޮށްފައިވާ އަދަދެއް ނޫނެވެ.
ސަރުކާރުން މިހާބޮޑު ހޭދައެއް ޖޫރިމަނާތަކާއި ގެއްލުންތަކަށް ދައްކާ އިރު ދާދިފަހުން ވަނީ ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ދައުލަތުން 348 މިލިއަން ރުފިޔާ ދޭން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވެ އެވެ. މިފައިސާ ފިނޭންސުން ދައްކާނީ އެޓާނީ ޖެނެރަލް އޮފީހުން އެންގުމުންނެވެ.
މި ފައިސާ ސަރުކާރުން ދައްކައިފި ނަމަ، ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު 684 މިލިއަން ރުފިޔާއަށް އަރާނެ އެވެ. މިއާ އެކީ ކަނޑައެޅި ބަޖެޓުގެ 13 ގުނައަށްވުރެ މައްޗަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން އެހެން މީހުންނަށް ދޭންޖެހޭ ފައިސާގެ އަދަދު އިތުރުވުމުގެ ފުރުސަތުވެސް އެބަ އޮތެވެ.
މިދިޔަ އަހަރު ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަނޑައެޅި ބަޖެޓަށްވުރެ ދެ ގުނަ ހޭދަކޮށްފައިވެ އެވެ. އެގޮތުން 56.3 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވާ އިރު 116 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.
ކުރީގެ ރައީސުންގެ އިނާޔަތް މުރާޖައާ ކުރަން އެދިއްޖެ
ނުފަށާ ހުރި ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މަޑުޖައްސާލައިފި
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަނީ!
ފިނޭންސްގެ އިމާރާތުގެ ފުރަތަމަ ފްލޯ މުޖުތަބާގެ ނަމަށް
ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން އަންގައިފި
އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް
ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑުވާނެ: މިނިސްޓަރު
އައިޖީއެމްއެޗާއި ޕީޖީ އޮފީހުގެ ބިޑް ކޮމިޓީ ސަސްޕެންޑްް
ހުއްދަ ނުހޯދާ 120 ބިޑް ކޮމިޓީއެއް ސަސްޕެންޑް!
"މި ސަރުކާރުގެ ދަރަންޏަކީ 34 ބިލިއަން ރުފިޔާ"