11 މެއި 2019
އެހެން އަހަރުތަކެކޭ އެއްގޮތަށް ދިރާގުން ސްޕެޝަލް ރޯދަ ބަންޑަލްސް ޕެކޭޖު ވިއްކައިގެން ލިބޭ ފައިސާގެ ބައެއް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކުރަން ނިންމައިފި އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް ދިރާގުން ސްޕެޝަލް ރޯދަ ބަންޑަލްސް ޕެކޭޖު ވިއްކައިގެން ލިބޭ ފައިސާގެ ބައެއް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކުރަން ނިންމައިފި އެވެ.
މި ޑޭޓާ ބަންޑަލްތައް ވިއްކައިގެން ލިބޭ ފައިސާގެ 10 ޕަސެންޓް މި އަހަރު ދެނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީ (އެމްއޭޕީޑީ) އަށެވެ. އެމްއޭޕީޑީ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.
ދިރާގުން ރޯދަމަހާ ދިމާކޮށް ތައާރަފްކުރި ޑޭޓާ ޕެކޭޖުގައި 200 ރުފިޔާ އަށް 2.5 ޖީބީ ޕެކާއި 300 ރުފިޔާ އަށް 5 ޖީބީ ލިބޭ ޕެކޭޖެއް ހިމެނެ އެވެ.
ސޯޝަލް މީޑިއާއަކީ ގިނަ ކަސްޓަމަރުން ބޭނުންކުރާ ޕްލެޓްފޯމަކަށް ވާތީ ރޯދަ މަހުގެ ޑޭޓާ ބަންޑަލްތަކުގައި އެންމެ މަގުބޫލް ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރަން 1 ޖީބީ ދިރާގުން ވަނީ ހިމަނައިފަ އެވެ. އެގޮތުން ފޭސްބުކް، ވަޓްސްއެޕް، ވައިބާ، އިންސްޓަގްރާމް އަދި ސްނެޕްޗެޓް، އޭގެ ތެރޭގައި ހިމެނެ އެވެ.
މި ޑޭޓާ ބަންޑަލް އެކްޓިވޭޓް ކުރުމަށް ޖަހަން ޖެހެނީ #8*123* އެވެ. މި ޑޭޓާ ބަންޑަލްތަކުގެ މުއްދަތަކީ 30 ދުވަހެވެ.
އެމްއޭޕީޑީގެ ޗެއާމަން އަހުމަދު މުހައްމަދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަކީ ތައުލީމާއި، ހުނަރު ދަސްކޮށްދީ، ވަޒީފާ އަދާކުރުމުގެ ގާބިލިއްޔަތު ހުރި ބަޔަކަށް ހެދިދާނެ ކަމަށެވެ. އެކަމަށް ބޭނުންވަނީ މުޖުތަމައުގެ އެއްބާރުލުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދިރާގުން ހިންގާ އިޖްތިމާއީ ޒިންމާގެ ގިނަ ހަރަކާތްތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުޑަކުދިންނަށް ހާއްސަކުރެ އެވެ.
މި ދިޔަ އަހަރު ރޯދަމަހު ދިރާގު ރޯދަ ޑޭޓާ ބަންޑަލްތަކުން ލިބުނު ފައިސާގެ 10 ޕަސެންޓް ހަދިޔާކުރީ ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސް އަށެވެ.
ދިރާގު 'ތަށިބަރި މޫވްމެންޓް' ރީތި އާދަކާދައިގެ ދިރުން
ދިރާގު ޕޭގެ ހިދުމަތް ލޯކަލް މާރުކޭޓަށް ވެސް!
މުސްތަފާ: ޓެސްލާގެ ނަސީބާ އެކު އުފަލުން!
ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ދީމާ
ދިރާގުން "މަމްސް އެއިޑް" އަށް އެހީއެއް
ދިރާގުން "ބެކް ޓު ސްކޫލް" އޮފާތަކެއް
ދިރާގުން ދުނިޔޭގެ ޓެލެކޮމިއުކޭޝަން ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފި
އާ އަހަރަށް ދިރާގު ޕޯސްޓްޕެއިޑަށް ޑަބަލް ޑޭޓާ
ތިން ދުވަހަށް ދިރާގުން 100ރ. އަށް 100ޖީބީ ޑޭޓާ
އާ އަހަރަށް ދިރާގުގެ އާ އޮފާތަކެއް