Roadha Mihaaru
"ހައްދުފަހަނައެޅި ހުރިހާ ޖަމާއަތްތަކެއް ނައްތާލާނަން"

ހައްދުފަހަނައެޅި ހުރިހާ ޖަމާއަތްތަކެއް ނައްތާލާނަން: ސިރިސޭނާ

09 މެއި 2019

ކޮލަމްބޯ (މެއި 9) - ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅުން ހުރި ހައްދުފަހަނަޅާފައިވާ ހުރިހާ މުސްލިމް ޖަމާއަތްތަކެއް ނައްތާލާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މެއި 9) - ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅުން ހުރި ހައްދުފަހަނަޅާފައިވާ ހުރިހާ މުސްލިމް ޖަމާއަތްތަކެއް ނައްތާލާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

އެޕްރީލް 26 ވަނަ ދުވަހު ލަންކާ ސިފައިންނާ ދެކޮޅަށް ޖިހާދީ ހަނގުރާމަވެރިން ހަމަލާތައް ބަދަލު ކުރި ސައިންތަމަރުތު އަވަށަށް ސިރިސޭނާ އިއްޔެ ވަނީ ވަޑައިގެންފަ އެވެ. އެޕްރީލް 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކާ ގުޅުން ހުރި މީހުން ހޯދަން ސަލާމަތީ ބާރުތަކުން ފެށި އޮޕަރޭޝަނުގައި ސައިންތަމަރުތު އިން ސިފައިންނާ ދެކޮޅަށް ދިން އަމިއްލަ އަށް މަރުވުމުގެ ތިން ހަމަލާގައި 16 މީހުން މަރުވި އެވެ.

"ހައްދުފަހަނައެޅި ޖަމާއަތްތައް ނައްތާލަން ފެށި މަސައްކަތް ކާމިޔާބުކަމާ އެކު ދަނީ ކުރިއަށް. މި އޮޕަރޭޝަން ނިމޭނީ ހުރިހާ ޓެރަރިސްޓުން ނައްތާލައިގެން،" ސިރިސޭނާއާ ހަވާލާދެއްވައި އެމަނިކުފާނުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި އިސްކޮށް ހުރި ޒަހްރާން ހާޝިމްގެ އުފަން ޓައުނާ ކައިރީގައިވާ ސައިންތަމަރުތު އަށް ސިރިސޭނާ ވަޑައިގެންނެވި އިރު ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

ލަންކާ ފުލުހުން ބުނީ އީސްޓާ ބޮމުގެ ހަމަލާއާ ގުޅުން ހުރި އެންމެން ވަނީ ހަމަލާތަކުގައި މަރުވެފައި ނުވަތަ ސަލާމަތީ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ކަމަށެވެ. ބޮމުގެ ހަމަލާތަކާ ގުޅިގެން ބަންދުކޮށްފައި މިހާރު ތިބީ 56 މީހުން ކަމަށް ފުލުހުން ބުންޏެވެ.