07 މެއި 2019
އެކި ގައުމުތަކާއި ތަފާތު ޖަމާއަތްތަކުން ރާއްޖެ އަށް ބޭނުންވާ އެހީތައް ހޯދުމަށް ޕާޓްނާޝިޕް ފޯރަމެއް އަންނަ މަހު ބާއްވަން ސަރުކާރުން ނިންމައިފި އެވެ.
އެކި ގައުމުތަކާއި ތަފާތު ޖަމާއަތްތަކުން ރާއްޖެ އަށް ބޭނުންވާ އެހީތައް ހޯދުމަށް ޕާޓްނާޝިޕް ފޯރަމެއް އަންނަ މަހު ބާއްވަން ސަރުކާރުން ނިންމައިފި އެވެ.
މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އަންނަ މަހުގެ 17، 18 ގައި ބާއްވާ ފޯރަމްގެ ދައުވަތު މިހާތަނަށް 105 ފަރާތަކަށް ފޮނުވާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި އެކި ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާ، ޖަމާއަތްތައް ވެސް ހިމެނެ އެވެ.
"އެ ޕާޓްނާޝިޕް ފޯރަމްގައި އަޅުގަނޑުމެން ތަރައްގީގައި އިސްކަންދޭ ދާއިރާތައް ފާހަގަކޮށްފައި ހުންނާނެ. އެ ފޯރަމްގައި އަޅުގަނޑުމެން ހުޅުވާލާނަން އިންވެސްޓުމަންޓް އަދި އެހީ ދިނުމަށް ބޭނުންވާ ފަރާތްތަކަށް،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި އެންމެ ބޮޑު ދަތިކަމެއް އޮތީ ބޭނުންވާ މިންވަރަށް ބޯހިޔާވަހިކަން ހޯދައިދިނުމުގަ އެވެ. އެހެންވެ، އެކަމަށް ލުޔެއް ލިބޭނެ ކޮންމެ މަސައްކަތަކަށް ވެސް މަރުހަބާ ކިޔާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި މިވަގުތު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެންމެ ފުޅާކޮށް ހިންގަނީ ޗައިނާގެ އެހީތެރިކަމާ އެކު ކަމަށް ވާތީ، އެ ގައުމުގެ އެހީ އިތުރުކުރުމުގެ ވިސްނުންތަކެއް ގެންގުންގުޅުއްވަންތޯ ދެންނެވުމުން ޝާހިދު ވިދާޅުވީ، އެކަންކަން ކުރިއަށް ގެންދާނީ ރާއްޖޭގައި ބާއްވާ ޕާޓްނާޝިޕް ފޯރަމްގައި އެކުލަވާލާ ޕްލޭންތަކާ އެއްގޮތަށް ކަމަށެވެ.
"ހިސާބު އަދަދުން ބަލައިފިއްޔާ ރައީސް ޔާމީންގެ އެންމެ ފަހު ހަތަރު އަހަރުގެ ތެރޭގައި ލިބިފައި އޮތީ 1.97 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި. އެހެންވީމާ އަޅުގަނޑުމެންނަށް މި ލިބުނީ އާދަޔާ ޚިލާފު ކާމިޔާބީއެއް. އެއިން އެކަނި އަންގައިދޭ ރާއްޖެ އަށް މި އައި ހެޔޮ ބަދަލު. ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަތް މިންވަރު،" ޝާހިދު
އޭނާ ވިދާޅުވީ، ޕާޓްނާޝިޕް ފޯރަމްގެ ބޭނުމަކީ މި ސަރުކާރުން ގެންގުޅޭ ތަރައްގީގެ ވިސްނުން ބައިނަލްއަގްވާމީ ފަރާތްތަކާ ހިއްސާކުރުން ކަމަށެވެ.
"މައިގަނޑު ބޭނުމަކީ އެހީ އާއި އިންވެސްޓްމަންޓު ހޯދުން. އަޅުގަނޑުމެންގެ ތަރައްގީގައި ބައިނަލްއަގްވާމީ ފަރާތްތަކަށް ބައިވެރިވެވޭނެ ދޮރުތައް ހުޅުވައިލުން. އަޅުގަނޑުމެންގެ ތަރައްގީގައި ބައިވެރިވެވޭނެ ގޮތްތައް މީހުންނަށް އެންގީމާ މީހުން ރާއްޖެ އަށް އަންނާނީ،" ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމުގެ ވަސީލަތްތައް ހުރި ގޮތުން ފޮރިން ޑައިރެކްޓް އިންވެސްޓުމަންޓު އެކަށީގެންވާ ވަރަށް ނުލިބި ކުރިއަށް ނުދެވޭނެ. އެ ހުރިހާ ފުރުސަތުތައް ހުރި ކަން އަންގައި ދިނުން ފޯރަމްގެ ބޭނުމަކީ. އަޅުގަނޑުމެންނަކީ ހުޅުވާލައިގެން ގާނޫނުގެ ވެރިކަން ހިންގާ ގައުމެއްކަން ސާބިތުކޮށްދޭން ޖެހޭ."
ފޮރިން މިނިސްޓަރު ޝާހިދު މިދިޔަ ހަފުތާގައި "މިހާރު" އާ ވާހަކަ ދައްކަވަނީ: މިދިޔަ ފަސް އަހަރާ ބަލާއިރު، ބައިނަލްއަގްވާމީ ފަރާތްތަކުން ރާއްޖެ ބަލައިގަތުން އިތުރުވެފައިވާ ކަމަށް ވިދާޅުވި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވި މި ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދު މިދިޔަ މާޗް މަހުގެ ނިޔަލަށް ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރުތަކުން ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
އެ މިނިސްޓްރީން ބުނެފައި ވަނީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިލޭ އެހީ ހޯދި މިންވަރަށް، މިދިޔަ ފަސް އަހަރުގައި ވެސް ނުހޯދެ އެވެ. މީގެ ކުރިން ބޭރުގެ ފަރާތްތަކުން ރާއްޖެ އަށް ހިލޭ އެހީ ދެނީ ލޯނެއް ނުވަތަ އެހެން ކަމެއް ކުރިމަތި ކުރުވާފައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެ އެވެ.
- އިންޑިއާ އިން 771 މިލިއަން ރުފިޔާ (50 މިލިއަން ޑޮލަރު)
- ޔޫއޭއިން 771 މިލިއަން ރުފިޔާ (50 މިލިއަން ޑޮލަރު)
- އެމެރިކާ އިން 308 މިލިއަން ރުފިޔާ (20 މިލިއަން ޑޮލަރު)
"ހިސާބު އަދަދުން ބަލައިފިއްޔާ ރައީސް ޔާމީންގެ އެންމެ ފަހު ހަތަރު އަހަރުގެ ތެރޭގައި ލިބިފައި އޮތީ 1.97 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި. އެހެންވީމާ އަޅުގަނޑުމެންނަށް މި ލިބުނީ އާދަޔާ ޚިލާފު ކާމިޔާބީއެއް. އެއިން އެކަނި އަންގައިދޭ ރާއްޖެ އަށް މި އައި ހެޔޮ ބަދަލު. ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަތް މިންވަރު،" ޝާހިދު ވިދާޅުވި އެވެ.
އިންޑިއާގެ ކްރެޑިޓްލައިނުގެ ދަށުން 7 މަޝްރޫއެއް ފަށަނީ
ކޮމަންވެލްތުގެ އިދާރާގައި ދިވެހި ދިދަ ވިހުރެން ފަށައިފި
ރާއްޖެ ކޮމަންވެލްތާ ގުޅުން އަވަސްކުރަން އެދިއްޖެ
ކޮމަންވެލްތާ ގުޅެން ލިއުންތައް ހުށަހަޅައިފި
ސަރުކާރުގެ ދަތުރުތަކަށް 29 މިލިއަން ރުފިޔާ ހޭދަކޮށްފި
ޓައިވާން މައްސަލަ:ރާއްޖެ އަދިވެސް އޮތީ ޗައިނާއާއެކު
ރާއްޖެ އިން މީޑިއާއަށް ޖަވާބުދާރީވީ ގޯޓާބަޔާ ފުރުމުން!
ފޮރިން ސާވިސް ބިލް: ނުފޫޒުގެ ތުހުމަތާއި ތައުރީފު
"އިންޑިއާގެ ގުޅުމަށް ފާޑުކިޔަނީ ތަރައްގީ ހަޖަމުނުވާތީ"
ޖަމީލް/އުމަރު އެއްބަސްނުވާ އާ ކަމެއް ނުކުރޭ: ޝާހިދު