06 މެއި 2019
އެންމެ ގިނައިން އާންމުން ރޯދަ މަހު ގަންނަ ކަރަލުގެ އަގު ކިލޯއެއް 40ރ. އަރައިފި އެވެ.
އެންމެ ގިނައިން އާންމުން ރޯދަ މަހު ގަންނަ ކަރަލުގެ އަގު ކިލޯއެއް 40ރ. އަރައިފި އެވެ.
މާރުކޭޓުގައި އާންމުން ވިޔަފާރި ކުރުމުގައި ތޮއްޖެހިފައިވާ އިރު ތަފާތު ބާވަތްތައް ގަތުމުގައި މީހުން އުޅެ އެވެ. މާރުކޭޓުގައި ތަކެތި ވިއްކާ މީހަކު ބުނީ، މިހާރު އެންމެ ގިނައިން ވިކެނީ ކަރާ ކަމަށެވެ. މީގެ އިތުރުން ތަފާތު ވައްތަރުތަކުގެ ފަތް ވެސް ވަރަށް ގިނައިން ވިކޭ ކަމަށް އޭނާ ބުންޏެވެ.
ކަރާ ކިލޯއެއް ދަނޑުވެރިން ވިއްކަނީ 20ރ. އަށެވެ. އެހެން ނަމަވެސް މާރުކޭޓުގައި ލިބެން ހުރީ އޭގެ ދެ ގުނައަށެވެ. ވިޔަފާރިވެރިއަކު ބުނީ، ދަނޑުވެރިން މިހާރު ގިނައިން ވިއްކަނީ ބޮޑެތި ރެސްޓޯރެންޓުތަކަށް ކަމަށާއި މާރުކޭޓުގައި ތަކެތި ވިއްކާ މީހުންނަށް ކަރާ ލިބުން ދަތި ކަމަށެވެ. ކަރާއަށް އޮންނަ ޑިމާންޑު އިތުރުވާ ނަމަ އިތުރަށް އަގުބޮޑުވާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
ފާއިތުވެދިޔަ ރޯދަމަހާ ހިލާފަށް މާރުކޭޓުގައި ފަތުގެ ބާވަތްތައް މިފަހަރު ލިބެން ހުރީ ވަރަށް މަދުންނެވެ. އެންމެ ބޮޑު ޑިމާންޑެއް އޮންނަ ކޮޕީ ފަތުގެ ތިން ފަތް ބޮނޑިއެއް ލިބެން ހުރީ 20ރ. އަށެވެ. އާންމުކޮށް މާރުކޭޓުގައި ވިއްކަނީ ކ. ކާށިދޫ އާއި އއ. ތޮއްޑޫން ގެނެސްގެން ވިއްކާ ކޮޕީ ފަތެވެ. ރޯދަ މަހުގެ ކޮޕީ ފަތުގެ ތިން ފަތް ފަސް ރުފިޔާ އަށް ލިބޭ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. ކޮޕީ ފަތުގެ އަގު ވެސް އުފުލެނީ ޑިމާންޑު ބޮޑުވުމުގެ ސަބަބުންނެވެ.
ކޮޕީ ފަތުގެ އިތުރުން ކުއްޅަފިލާ ފަތް ބޮނޑިއެއް ލިބެން ހުރީ ވެސް 20ރ. އަށެވެ. ކޮރިއެންޑާ ފަތް ބޮނޑިއެއް 25ރ. އަށް ހުރި އިރު ކަންކުން ފަތް ބޮނޑިއެއް ލިބެން ހުރީ 10ރ. އަށެވެ.
މާލޭގެ ބާޒާރުގައި މީހަކު އިއްޔެ ދެ ގަނޑު ދޮންކެޔޮ ޓްރޯލީ އަކަށް އަރުވައިގެން ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
މީގެ ދެ ދުވަސް ކުރިން ކިއުކަމްބާ ކިލޯއެއް 25ރ. އަށް ހުރި އިރު މިއަދު ކިއުކަމްބާ ހުރީ ކިލޯއެއް 40ރ. އަށެވެ. ކެރެޓު ކިލޯއެއް 20ރ. އަށް ހުރި އިރު ޓޮމާޓޯ ކިލޯއެއް ލިބެން ހުރީ 50ރ. އަށެވެ. އާންމުކޮށް ދިވެހި އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުން ކުރާ ކައްޓަލަ ކިލޯއެއް 40ރ. އަށް ހުރި އިރު ދަނޑިއަލުއި ހުރީ ކިލޯއެއް 45ރ. އަށެވެ.
މީގެ އިތުރުން ގަބުޅި ހުރީ 30ރ. އާއި 40ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މާރުކޭޓުގައި ދޮންކެޔޮ ލިބެން ހުރީ ވަރަށް މަދުންނެވެ. ދޮންކެޔޮ ވަކެއް އުޅެނީ 4ރ. އާއި 6ރ. އާ ދެމެދުގެ އަގަކަށެވެ. ފަޅޯ ކިލޯއެއް ހުރީ 20ރ. އަށެވެ.
އިއްޔެއާ އަޅާ ބަލާ އިރު މާރުކޭޓުގައި ލިބެން ހުރި ސާމާނު ވަރަށް ގިނަ އެވެ. އަދި ގިނަ ބަޔަކު ހެނދުން ފެށިގެން ދަނީ މާރުކޭޓުގައި ވިޔަފާރި ކުރަމުންނެވެ. ވިޔަފާރިވެރިއަކު ބުނީ، މާރުކޭޓަށް އެންމެ ބާރު ބޮޑީ، ހެންދުނު 10:30 ފެށިގެން 12:00 އަށެވެ. އަދި މެންދުރު ފަހު 2 އިން ފެށިގެން 5 ޖެހުމާ ހަމަޔަށް ވެސް ބާރު ބޮޑުވާނެ ކަމަށެވެ.
ވިޔަފާރިވެރިން ބުނީ ހޯދަން އެންމެ އުނދަގުލީ މިރުހާއި ފަތުގެ ބާވަތްތައް ކަމަށެވެ. މިރުސް ކިލޯއެއް މާރުކޭޓުގައި މިއަދު ހުރީ 950ރ. އަށެވެ. އަދި 100 ގްރާމު ލިބެން ހުރީ 95ރ. އަށެވެ.
ވެސްޓްޕާކް ހުރިތަނާއި ވިލިމާލޭގައި ވަގުތީ މާރުކޭޓެއް
ކަނޑޫދޫ މިރުހުގެ ބަހުސް ފަނިވެއްޖެ!
ދަތިކަމެއް ނެތި ކަރާ ލިބޭނެ: ދަނޑުވެރިން
ރޯދައިގެ ބާޒާރުން މާލެއަށް ބާރު ބޮޑުވެފައި
ކަރާގެ އަގު ދެ ގުނަ ބޮޑުވެ ކިލޯއެއް 30ރ. އަށް
މިރުހެއް ނުލިބޭ، އަގު އިންތިހާ އަށް މައްޗަށް
ރޯދަ މަހު ބާޒާރުމަތި ބެލެހެއްޓުން ވަރުގަދަ ކުރަނީ
އައިޖީއެމްއެޗް ކައިރީގައި ވަގުތީ މާރުކޭޓް ނުހަދާނެ
ލޯކަލް މާރުކޭޓު ހުޅުވަން ތައްޔާރުވަނީ
މާރުކޭޓުގެ ގޮޅީގައި ހުރި ތަކެތި ހުސްކުރަނީ