05 މެއި 2019
މިދިއަ ދެތިން ދުވަހު މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުނީ ރޯދަމަހުގެ ބާޒާރުކުރާ މީހުންގެ އަދަދު ގިނަވެ، ބާޒާރުމައްޗާއި އެހެން ބައެއް ހިސާބުތައް ތޮއްޖެހިފައި ވަނިކޮށެވެ.
މިދިއަ ދެތިން ދުވަހު މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުނީ ރޯދަމަހުގެ ބާޒާރުކުރާ މީހުންގެ އަދަދު ގިނަވެ، ބާޒާރުމައްޗާއި އެހެން ބައެއް ހިސާބުތައް ތޮއްޖެހިފައި ވަނިކޮށެވެ.
މާލޭ ތެރޭގައި ބޮޑެތި ފިހާރަތަކުން ރޯދައަށް އެންމެ ފަހުގެ ބާޒާރުކުރަން އާއިލާތައް އެކުގައި ނުކުމެ، ވަގުތު ހޭދަކުރީ، ހުކުރުދުވަހުން ފެށިގެން މާދަމާއަށް ލިބުނު ބޮޑު ޗުއްޓީއަކާ ވެސް ދިމާކޮށެވެ. ގިނަ އަދަދެއްގެ ބަޔަކު ހަވީރާއި ރޭގަނޑު ނުކުތުމުން، މަތުތަކުގެ ކާރޫބާރޫ ބޮޑުވެ، ބައެއް ހިސާބުތަކުން ޓްރެފިކް ތޮއްޖެހި އެތައް އިރެއް ހޭދަކުރަން ޖެހުނެވެ.
ބާޒާރުމަތީގައި ވިޔަފާރިކުރާ މީހުން ރޯދައަށް ވަނީ ތައްޔާރުވެފަ އެވެ. އެކަމަކު ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ފުރަތަމަކޮޅު ބައެއް ސާމާނު ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، އަގު މައްޗަށް ދިއުން އެކަށީގެންވެ އެވެ.
ލޯކަލް މާރުކޭޓުގެ ގޮޅިތަކުގެ ބައެއް މީހުން ބުނީ ފަނި ގިރަން ބޭނުންވާ އެއްޗެހި ފަސޭހައިން ލިބޭނެ ގޮތް ހަދަން އެންމެން ވެސް ތައްޔާރުވެފައިވާ ކަމަށެވެ.
"މިދިޔަ ހަފްތާއެއްހާ ދުވަހު މާރުކޭޓަށް އަންނަ މީހުން ވަރަށް ބޮޑަށް އިތުރުވެއްޖެ. އެންމެ ގިނައިން މިހާރު ވެސް ވިކެނީ ކަރާ ފަދަ ބާވަތްތައް،" ގޮޅިއެއްގައި އިން މީހަކު ބުންޏެވެ.
މާރުކޭޓުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ދިވެހި ބައެއް އުފެއްދުންތައް ވެސް ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އެގޮތުން ދިޔާ ހަކުރާއި ކަރު ހަކުރާއި ކާށި ތެލާއި ރިހާކުރާއި ތެލުލި ބަބުކެޔޮ ފަދަ ސާމާނު ފެންނަނީ ތިޔާގިކޮށެވެ. މީގެ އިތުރުން ހަވާދުގެ ބާވަތްތައް ވެސް މާރުކޭޓުގައި ވަރަށް ގިނަ އެވެ.
ގޮޅިއެއްގައި އިން އެހެން މީހަކު ބުނީ ރޯދަ މަހާ ދިމާކޮށް ތަކެތީގެ އަގު އުފުލެނީ، ޑިމާންޑާ އެއްވަރަށް ރަށްރަށުން އުފެއްދުންތައް ނުލިބޭތީ ކަމަށެވެ.
އިއްޔެ މާލޭގެ ކާރޫބާރޫ ބޮޑުވި މަގެއް: މިއަދު ވެސް އެތައް ބަޔަކު ރޯދައަށް ބާޒާރުކުރަން ނުކުންނާނެ
"މިފަހަރު ވެސް ތަކެތި ނުލިބޭ ކަމަށްވާ ނަމަ، އަގުތައް އުފުލޭނެ. އޭގައި ކުރާނެ ކަމެއް ނޯންނާނެ،" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ތަކެތީގެ އަގުތައް ބޮޑުވާ ގޮތަށް ކުއްލިޔަކަށް ހެޔޮ ވެސް ވެދާނެ އެވެ. އެކަމަކު އެގޮތުން ކޮންމެ ހަފްތާއަކު ބަރާބަރަށް ދޯނިތަކުން މާލެއަށް ތަކެތި ގެންނަ ނަމަ އަގު ނޫފުލޭނެ ކަމަށް އޭނާ ބުންޏެވެ.
ރޯދަމަ މަހު އެންމެ ގިނައިން ވިކޭ އެއް ބާވަތަކީ ފަތުގެ ބާވަތްތަކެވެ. ހާއްސަކޮށް ކޮޕީ ފަތެވެ. މިދިޔަ ރޯދަ މަހު ތިން ފަތުގެ ބޮޑިއެއްގެ އަގު އުޅުނީ 20ރ. އާއި 25ރ. އާ ދެމެދުގަ އެވެ. މިފަހަރު ވެސް އޭގެ އަގު ބޮޑުވެދާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ އެކަށީގެންވާ ވަރަށް ބާޒާރުން ކޮޕީ ފަތް އަދި ނުފެންނާތީ އެވެ.
ވިޔަފާރިވެރިން ބުނާ ގޮތުގައި ރޯދަމަހުގެ ފުރަތަމަ ދުވަހަށް ބޭނުންވާ ސާމާނު މިއަދު ރަށްރަށުން އަންނާނެ އެވެ.
"ރޯދަ މަހުގެ އެންމެ ފުރަތަމަ ދުވަހަކީ އަބަދުވެސް އެންމެ ވިޔަފާރި ރަނގަޅު އެއް ދުވަސް. އެކަމަކު މިދިޔަ ހަފްތާއެއްހާ ދުވަހު ވިޔަފާރި ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި. ދެން އަންނާނީ ރޯދަޔަށް އަންނަ ސާމާނު،" ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.
ރޯދަމަހު އެންމެ ޑިމާންޓް ބޮޑު އެކައްޗަކީ ކަރަ އެވެ. މިހާރު ވެސް ކަރާގެ ވިޔަފާރި ވަނީ މައްޗަށް ގޮސްފަ އެވެ. ލޯކަލް މާރުކޭޓަށް އެންމެ ގިނައިން ކަރާ ގެންނަނީ، ތޮއްޑު އާއި ކާށިދު އާއި ކަނޑޫދޫ އަދި ކެލައިންނެވެ. ކުރުނބާ އެންމެ ގިނައިން ގެންނަނީ ލ އަތޮޅުންނާއި ކާށިދޫންނެވެ.
ކުރުނބާގެ އަގު މިވަގުތު ހުރީ 15ރ. އާއި 35ރ. އާ ދެމެދުގަ އެވެ.
އިއްޔެއަށް ވުރެ މިއަދު ބާޒާރަށް ދާ މީހުން ގިނަވާނެ އެވެ. އެހެންކަމުން ހަވީރާއި ރޭގަނޑު މާލޭގެ ބައެއް މަގުތައް ފުރި، ދުއްވާ އެއްޗެހި ގުޑާނުލެވޭ ވަރަށް ޓްރެފިކް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
ވެސްޓްޕާކް ހުރިތަނާއި ވިލިމާލޭގައި ވަގުތީ މާރުކޭޓެއް
ކަނޑޫދޫ މިރުހުގެ ބަހުސް ފަނިވެއްޖެ!
މުލަ ރޯދަ ދުވަސް، މާރުކޭޓު ތޮއްޖެހި އަގުތައް މައްޗަށް
ދަތިކަމެއް ނެތި ކަރާ ލިބޭނެ: ދަނޑުވެރިން
ކަރާގެ އަގު ދެ ގުނަ ބޮޑުވެ ކިލޯއެއް 30ރ. އަށް
މިރުހެއް ނުލިބޭ، އަގު އިންތިހާ އަށް މައްޗަށް
ރޯދަ މަހު ބާޒާރުމަތި ބެލެހެއްޓުން ވަރުގަދަ ކުރަނީ
އައިޖީއެމްއެޗް ކައިރީގައި ވަގުތީ މާރުކޭޓް ނުހަދާނެ
ލޯކަލް މާރުކޭޓު ހުޅުވަން ތައްޔާރުވަނީ
މާރުކޭޓުގެ ގޮޅީގައި ހުރި ތަކެތި ހުސްކުރަނީ