Roadha Mihaaru
ގައުމީ ސަލާމަތާ ގުޅޭ ގޮތުން، އިސްވެރިން މަޝްވަރާކޮށްފި

ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފި

04 މެއި 2019

ގައުމީ ސަލާމަތަށް ދިމާވެދާނެ ނުރައްކާތަކާ ބެހޭގޮތުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ވެރިން މިއަދު މަޝްވަރާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގައުމީ ސަލާމަތަށް ދިމާވެދާނެ ނުރައްކާތަކާ ބެހޭގޮތުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ވެރިން މިއަދު މަޝްވަރާކޮށްފި އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މިއަދު ބަންޑާރަ ކޮށީގައި ބޭއްވި އެ ބައްދަލުވުމަކީ ގައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކާތަކާއި އެފަދަ ހާލަތްތަކުގައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ކަމާބެހޭ މުއައްސަސާތަކުގެ ވެރިންނާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމެކެވެ.

އެމްއެންޑީއެފް

އެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހަސަން (ހަނަފީ) އާއި ފުލުހުންނާއި ސިފައިންގެ އިސް އޮފިސަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރިއިރު، ދާދިފަހުން ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ އެވެ. އަދި ރާއްޖޭގައި ޓެރަރިޒަމާ ގުޅުންހުރި އަމަލުތަކެއް ހިންގާ ކަމަށް ބެލެވޭ ނަމަ، އެކަމެއް ރިޕޯޓް ކުރަން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ވެސް ވަނީ އެދިފަ އެވެ.