03 މެއި 2019
ކޮލަމްބޯ (މެއި 3) - އީސްޓާ ސަންޑޭގައި ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުންގެ ތެރޭން އަތުނުވެ ތިބީ މަދު ބައެއް ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (މެއި 3) - އީސްޓާ ސަންޑޭގައި ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުންގެ ތެރޭން އަތުނުވެ ތިބީ މަދު ބައެއް ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު ޓެމްޕަލް ޓްރީސްގައި ސިވިލް ސޮސަައިޓީގެ ބައެއް މެންބަރުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ރަނިލް ވިދާޅުވީ ބޮމުގެ ހަމަލާއާ ގުޅުން ހުރި ގިނަ ބަޔަކު އަމިއްލަ އަށް މަރުވެ އަނެއް ބަޔަކު ސަލާމަތީ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 150 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރަމުން ދަނީ އަމިއްލަ އަށް މަރުވެގެން ހަމަލާ ދިން ނުވަ މީހުންގެ އާއިލާ މީހުންނާއި އެ މީހުންނާ އެކި ގޮތް ގޮތުން ގުޅުން ހުރި މީހުންނެވެ. ކިންގްސްބަރީ ހޮޓަލުގައި ބޮން ގޮއްވި މުހައްމަދު އައްޒާމް މުބާރަކް މުހައްމަދުގެ އަންހެނުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. ސެއިންޓް އެންތަނީ ފައްޅި އަށް ހަމަލާ ދިން އަހުމަދު މުއާޒްގެ ބޭބެ ވަނީ ހައްޔަރުކޮށްފަ އެވެ.
ކޮލަމްބޯގެ ލަގްޒަރީ ތިން ހޮޓަލަކަށާއި ތިން ފައްޅިއަކަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 257 އަށް އަރައިފަ އެވެ.
ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވީ ކޮންމެ ގެއެއް ބަލައި ފާސްކުރާނެ ކަމަށާއި ކާކުކަން ނޭނގޭ މީހަކަށް ލަންކާގައި ދެން ނޫޅޭނެވޭނެ ކަމަށެވެ.
ލަންކާގަ ހައްޔަރުކުރި 2 ދިވެހިންގެ ބަންދު އިތުރުކޮށްފި
މިނިސްޓަރު ޝާހިދު ލަންކާގެ ބޮޑު ވަޒީރާ ބައްދަލުކޮށްފި
ހަމަލާގެ މައުލޫމާތު ފޯރުކޮށްދިނީ އިންޑިއާ އިން: ރަނިލް
ލަންކާގެ ސިޔާސީ ބޮޑުން ބަލިކޮށް އަނޫރާ ރައީސްކަމަށް
ލަންކާގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 21 ގައި
ރަނިލް ރިޔާސީ އިންތިހާބަށް އަމިއްލަގޮތުން ނުކުންނަވަނީ
ޒަމީރު، ލަންކާގެ ރައީސް ރަނިލްއާ ބައްދަލުކުރައްވައިފި
ލަންކާގެ ދަރަނި ދެއްކުން 2028 އަށް ފަސްވޭތޯ ބަލަނީ
ރައީސް މުއިއްޒު ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި
ލަންކާ ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި