02 މެއި 2019
މިހާރު ކަނޑައަޅާފައި އޮންނަ އުމުރަށް ވުރެ ކުރިން ވެސް ދަރިން އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) އަށް ސްކްރީން ކުރެވޭނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
މިހާރު ކަނޑައަޅާފައި އޮންނަ އުމުރަށް ވުރެ ކުރިން ވެސް ދަރިން އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) އަށް ސްކްރީން ކުރެވޭނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ޖަމާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނީ ތުއްތު ދަރިފުޅުގެ އުމުރުން 14 މަހުގައި ވެސް އޭއެސްޑީ ހުރިތޯ ސްކްރީން ކުރެވިދާނެ ކަމަށެވެ. މިހާރު އޯޓިޒަމަށް ސްކްރީން ކުރެވެނީ ދަރިފުޅުގެ އުމުރުން ދޮޅު އަހަރާއި ދެ އަހަރާ ދެމެދުގަ އެވެ.
ދިރާސާގައި ބުނީ ވީހާ ވެސް އަވަހަކަށް ދަރިފުޅު އޭއެސްޑީ ސްކްރީން ކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅޭނެ އެންމެ ބޮޑު ފިޔަވަޅު ކަމަށެވެ. އެގޮތުން ބަލި ހުރިކަން ދެނެގަނެވޭލެއް އަވަސްވި ވަރަކަށް ފަރުވާގެ ކަންކަން ފެށި، އޯޓިޒަމަށް ދެވޭ ތެރަޕީތައް ފެށޭނެ ކަމަށް ބުންޏެވެ.
"މީގައި އެންމެ މުހިއްމު ކަމަކީ ވީހާ ވެސް އަވަހަކަށް، ބަލިހުރިކަން ދެނެގަނެވި ފަރުވާ ވީހާ ވެސް އަވަހަށް ފެށުން. މިކަމުން، އާދައިގެ ހާލަތަކަށް މަގުފަހިކޮށްދޭން ބާރު އަޅާނެ،" ދިރާސާ ހެދި ސެން ޑިއޭގޯގެ ކެލިފޯނިއާ ޔުނިވަސިޓީގެ ޕްރޮފެސަރު އަދި އޯޓިޒަމް ސެންޓަ އޮފް އެކްސެލެންސްގެ ކޯ-ޑިރެކްޓަރު ކަރެން ޕިއާސް ވިދާޅުވި އެވެ. "ތެރަޕީތަކާއި ފަރުވާތައް ފެށުން އަވަސްވުމުގެ ނަތީޖާއަކަށްވާނީ ދަރިފު ސްކޫލަށް ދާން ފަށާ އުމުރަށް އަޅާއިރު ވަރަށް ބޮޑުތަނުން ކުރިއެރުން ހޯދުން."
އޭނާ ވިދާޅުވީ ސިކުނޑި ވީހާ ވެސް ޅަ އިރު އޭއެސްޑީ ހުރިތޯ ދެނެގަނެވި ފަރުވާ ދޭން ފެށިއްޖެ ނަމަ ދަރިފުޅު ބޮޑުވަމުން އަންނަ ވަރަކަށް ފެންނަ ނަތީޖާ ރަނގަޅުވާނެ ކަމަށެވެ.
"އެހެންވެ އޭއެސްޑީ އަށް ސްކްރީން ކުރުން ދޮޅު އަހަރު ނޫނީ ދެ އަހަރު ވަންދެން ލަސްނުކުރުމަކީ ވަރަށް މުހިއްމު ކަމެއް،" ކަރެން ވިދާޅުވި އެވެ.
އޯޓިސްޓިކް ކުދިންތަކެއް ކުލާހެއްގައި.
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ގޮތުން އޯޓިޒަމް ހުންނަ ބައެއްގެ ކުދިންގެ އުމުރުން 3 އަދި 4 އަހަރުވާ އިރު ވެސް ފަރުވާއެއް ނުދެވެ އެވެ. މިކަމުގެ ސަބަބުން އެ ކުއްޖާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދެ އެވެ.
"ނާސަރީ އަށް ދާ އުމުރަށް ވެސް ދާ އިރު އޯޓިޒަމް ހުރި ކުއްޖަކަށް ފަރުވާ ނުދެވޭ ނަމަ އޭގެ މާނައަކީ އެ ކުއްޖާގެ ހާލަތު ވަރަށް ނާޒުކު ފައްތަރެއްގައޭ ވާނީ،" ކަރެން ވިދާޅުވި އެވެ.
ޕްލާސްޓިކާ ދުރުވޭ، ފުރާނަ އަށް ނުރައްކާ
މެލޭރިއާ ވެކްސިންގެ ޓެސްޓްތަކުން އުންމީދީ ނަތީޖާތަކެއް
އިސްކޮޅާ ފަލަވުމާ ގުޅުން ހުރި ކަމަށް ބުނާ ދިރާސާއެއް
ކުރިމަގުގެ ޖީލު އޮތީ ނުރައްކަލެއްގައި: ޑަބްލިއުއެޗްއޯ
ކައްކާ ޝޯތަކުން ކުދިންގެ ސިއްހަތަށް ހެޔޮ އަސަރުކުރޭ
ތާޒާ ޖޫހުން ކުޑަކުދިންގެ ކެއުން ރަނގަޅުކޮށްދޭ
ކުޑަކުދިންނަށް ގްލޫޓެން މަދުކުރަންޖެހޭ
ތުއްތުކުދިން ލޯބިކަމުން ފިތާލާ ހިތްވަނީ ކީއްވެ؟
އޯޓިސްޓިކް މީހުންނަށް ފޭސްބުކުން އުފާވެރިކަން ލިބޭ
ޑރ. ފަޒްނާ: އާއިލާތަކަށް ހިތްހަމަޖެހުން ގެނެސްދީފި