12 ޑިސެމްބަރ 2018
ލޯބި ޖަނަވާރުންނާއި ތުއްތުކުދިންގެ ކޮލަށް ފިތާލުން ނުވަތަ މަޑުމަޑުން ދަތް އެޅުމާއި ވިކާލުން ފަދަ ކަންކަން ކުރާ ހިތްވުމަކީ "ކިއުޓް އެގްރެޝަން"ގެ ގޮތުގައި ސައިންސްވެރިން ވަނީ ސިފަކޮށްފަ އެވެ. ގަސްދަކާ ނުލައި ބައެއް މީހުންނަށް އެ ގޮތަށް އިހުސާސްކުރެވެނީ ކީއްވެގެންކަން ހޯދަން ރިސާޗަރުން މަސައްކަތްކުރާތާ އަހަރުތަކެއް ވެއްޖެ އެވެ.
ލޯބި ޖަނަވާރުންނާއި ތުއްތުކުދިންގެ ކޮލަށް ފިތާލުން ނުވަތަ މަޑުމަޑުން ދަތް އެޅުމާއި ވިކާލުން ފަދަ ކަންކަން ކުރާ ހިތްވުމަކީ "ކިއުޓް އެގްރެޝަން"ގެ ގޮތުގައި ސައިންސްވެރިން ވަނީ ސިފަކޮށްފަ އެވެ. ގަސްދަކާ ނުލައި ބައެއް މީހުންނަށް އެ ގޮތަށް އިހުސާސްކުރެވެނީ ކީއްވެގެންކަން ހޯދަން ރިސާޗަރުން މަސައްކަތްކުރާތާ އަހަރުތަކެއް ވެއްޖެ އެވެ.
ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ އެސިސްޓެންޓް ޕްރޮފެސަރެއް ކަމަށްވާ ކެތެރިން ސްޓަވްރޮޕޮލޮސް ބައިވެރިވެވަޑައިގެން އެފަދަ އާ ދިރާސާއެއް ހެއްދެވީ ސިކުނޑީގެ މަސައްކަތްތަކާ އެ ކަމާ ގުޅުމެއް ވޭތޯ ބެލުމަށެވެ. އޭނާގެ ލަފަޔަކަށްވީ، "ކިއުޓް އެގްރެޝަން" މެދުވެރިކުރުވަނީ ކަމަކުން ހިތްހަމަޖެހުން ގެނެސްދޭ ނިޒާމް ނުވަތަ ޖަޒުބާތުތަކުގެ ނިޒާމުން ކަމެވެ. އަދި ދިރާސާ އިން ދެއްކި ގޮތުގައި ސިކުނޑީގެ އެ ދެ ހަރަކާތުގެ ދައުރު ވެސް މި ކަމުގައި އެބަ އޮތެވެ.
ސްޓަވްރޮޕޮލޮސް "ގިޒްމޯޑޯ" އަށް ކިޔައިދެއްވި ގޮތުގައި ކިއުޓް އެގްރެޝަން އާއި ސިކުނޑީގެ ހަރަކާތްތަކާ ހުރި މި ގުޅުމަށް ނުފޫޒު ފޯރުވަނީ ލޯބި އެއްޗެއް (މިސާލަކަށް ތުއްތުކުއްޖެއް ނުވަތަ ޖަނަވާރެއް) ފެންނަ އިރު އެ މީހާގެ އިހުސާސްތައް އުތުރިއަރައިގެންދާ މިންވަރެވެ. އެހެންކަމުން ލޯބި ކުއްޖެއް ނުވަތަ ޅަ ޖަނަވާރެއް ފެންނަ އިރަށް އިންތިހާ އަށް ޖަޒުބާތީވާ މީހުންގެ ސިކުނޑީގެ ހަރަކާތްތަކުން ކިއުޓް އެގްރެޝަން އަށް މަގުފަހިވުމުގެ ފުރުސަތު ބޮޑެވެ.
"ފްރަންޓިއާސް އިން ބިހޭވިއަރަލް ނިއުރޯސައިންސް" ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ 54 މީހަކު ބައިވެރިކޮށް، އެ މީހުންގެ ސިކުނޑިގެ އިލެކްޓްރިކަލް ހަރަކާތްތައް ؛ބެލުމަށް ބޮލުގައި އީއީޖީ ކެޕް ހަރުކުރި އެވެ. އެ އެންމެންނަށް ވެސް ވަނީ 32 މަންޒަރު ދައްކައިފަ އެވެ. އެއީ "ބޮޑަށް ލޯބި" ކުދި ޅަ ޖަނަވާރާއި "އެހާ ލޯބި ނޫން" ބޮޑެތި ޖަނަވާރުގެ އިތުރުން ތުއްތުކުދިން ފެންނަ ދެ ބާވަތެއްގެ ފޮޓޯ އެވެ.
އެހެން ރިސާޗަރުންތަކެއްގެ އަތުން ހޯދި ތުއްތުކުދިންގެ ފޮޓޯތައް ހުރީ އެ ކުދިންގެ މޫނުމަތި އިތުރަށް ލޯބިކޮށްލުމަށްޓަކައި ސިފަ އަށް ބަދަލުތައް ގެނެސްފަ އެވެ. އެ ގޮތުން އެއް ބާވަތުގެ ފޮޓޯތަކުގައި ކުދިންގެ ކޮލާއި ލޯ ބޮޑުކޮށްލައި ނޭފަތް ކުޑަކޮށްލާފައިވެ އެވެ. ދެވަނަ ބާވަތުގެ ފޮޓޯތަކުގައި ވެސް ހުރީ ހަމަ އެއް ކުދިންތަކެކެވެ. އެކަމަކު އެ ފޮޓޯތަކުގައި ހުރީ އެ ކުދިންގެ ކޮލާއި ލޯ ކުޑަކޮށްލައިފަ އެވެ.
ދިރާސާގެ ބައިވެރިންނަށް ތަފާތު ތަރުތީބުތަކުން ފޮޓޯތައް ދައްކައި ކޮންމެ ފޮޓޯއެއް ބަލައިލަން ތިން މިނިޓް ދިނެވެ. އެއަށް ފަހު އެ މީހުން ވަނީ ސުވާލުތަކަކަށް ޖަވާބު ދީފަ އެވެ. "ކިއުޓް އެގްރެޝަން" އިހުސާސްކުރެވުނުކަން ހާމަކޮށްދިން ޖަވާބުތަކުގެ ތެރޭގައި، ދެ ދަތްޕިލައަށް ބާރުލާފައި، "ކާލާ ހިތްވަނީ!" އަދި "އެއްޗަކަށް ފިތާލާ ހިތްވަނީ!"އޭ ބުނުން ހިމެނެ އެވެ.
ސްޓަވްރޮޕޮލޮސް ފާހަގަކުރެއްވި ގޮތުގައި މި ދިރާސާގައި ތުއްތުކުދިންނާއި ޖަނަވާރު އަޅާކިޔައިފައެއް ނުވާނެ އެވެ. އޭގެ ބަދަލުގައި ބަލާފައި ވާނީ ތުއްތުކުދިންނާއި ޖަނަވާރުގެ ވެސް "ބޮޑަށް ލޯބި" އަދި "އެހާ ލޯބި ނޫން" ހާލަތުތަކަށެވެ.
ސްޓަވްރޮޕޮލޮސް ވިދާޅުވިގޮތުގައި އެންމެ ޝައުގުވެރިކަމަކީ، ޖަނަވާރުތަކާ މެދު މީހުންގެ ޖަޒުބާތުތައް ހުރިލެއް ވަރުގަދަ ކަމެވެ. ލޯބި ނޫން ބޮޑެތި ޖަނަވާރުތަކަށް ވުރެ ބޮޑަށް، ލޯބި ޅަ ޖަނަވާރުތަކާ މެދު "ކިއުޓް އެގްރެޝަން" ހުރިކަން މީހުންގެ ސިކުނޑީގެ ހަރަކާތްތަކާއި އަމަލުން ވެސް ފެނުނެވެ.
ތުއްތުކުދިންނާ ބެހޭ ބައިން ފެނުނީ ސްޓަވްރޮޕޮލޮސް އާއި ދިރާސާގެ އަނެއް ބައިވެރިޔާ ލޯރާ އެލްބާ ހީކުރި ކަހަލަ ނަތީޖާއެއް ނޫނެވެ. އެކަމަކު ސްޓަވްރޮޕޮލޮސް ލަފާކުރާ ގޮތުގައި އޭގެ ސަބަބަކީ އެ ބައި ކުރިއަށް ގެންދިޔައީ ޖަނަވާރުތަކުގެ ބަޔާ ތަފާތުކޮށް ކަމަށް ވުމެވެ.
"މައްސަލައަކީ، ބައިވެރިންނަށް އަޅުގަނޑުމެން ދެއްކި ތުއްތުކުދިންގެ ދެ ވައްތަރުގެ ފޮޓޯގައި ވެސް އެ ކުދިން ފުދޭ ވަރަކަށް ލޯބިކަން،" އޭނާ ފާހަގަކުރެއްވި އެވެ.
"ޅަ ޖަނަވާރާއި ބޮޑެތި ޖަނަވާރު ވަރަށް ތަފާތު. އެކަމަކު ކުދިންގެ ފޮޓޯތައް ހަދާފައި ހުރިލެއް މޮޅުކަމުން ދެ ވައްތަރުގެ ފޮޓޯގައި ވެސް އެ ކުދިން ފެނުނީ ވަރަށް ލޯބިކޮށް."
ކުރިއަށް އޮތް ތަނުގައި ސްޓަވްރޮޕޮލޮސް ދިރާސާކުރައްވަން ބޭނުންވަނީ ކިއުޓް އެގްރެޝަންއާ ގުޅިފައިވާ ވަކި ހާލަތުތަކެއް ހުރިތޯ އެވެ. މިސާލަކަށް މަޔަކަށް ނުވަތަ ބަފަޔަކަށް ވުމަކީ ތުއްތުކުދިންނާ މެދު އެ ގޮތަށް އިހުސާސްވުމުގެ ފުރުސަތު ބޮޑުކަމެއްތޯ ނުވަތަ ކުއްތާއެއް ގެންގުޅޭ މީހަކަށް އޮޅު ޖަނަވާރާ މެދު އެކަން ތަޖުރިބާކުރެވޭލެއް ބޮޑުތޯ ބެލުމެވެ.
ކިއުޓް އެގްރެޝަންއަކީ ހުރިހާ އެންމެންނަށް ތަޖުރިބާކުރެވޭ ކަމަކަށް ނުވާތީ ތުއްތުކުއްޖެއްގެ ގައިގައި "ދަތްއަޅާ ހިތްވަނީއޭ" ބުނީމާ އެކަން ވިސްނައިގަންނަން އުނދަގޫ މީހުން އުޅޭނެކަން ސްޓަވްރޮޕޮލޮސް ފާހަގަކުރެއްވި އެވެ. އެކަމަކު ވެސް އޭނާ ވިދާޅުވީ އޭނާ މިކަމާ ބެހޭގޮތުން ސުވާލުކުރާ ގިނަ މީހުންނަށް ކިއުޓް އެގްރެޝަން ތަޖުރިބާކުރެވޭ ކަމަށެވެ.
ޕްލާސްޓިކާ ދުރުވޭ، ފުރާނަ އަށް ނުރައްކާ
މެލޭރިއާ ވެކްސިންގެ ޓެސްޓްތަކުން އުންމީދީ ނަތީޖާތަކެއް
އިސްކޮޅާ ފަލަވުމާ ގުޅުން ހުރި ކަމަށް ބުނާ ދިރާސާއެއް
ކުރިމަގުގެ ޖީލު އޮތީ ނުރައްކަލެއްގައި: ޑަބްލިއުއެޗްއޯ
ކައްކާ ޝޯތަކުން ކުދިންގެ ސިއްހަތަށް ހެޔޮ އަސަރުކުރޭ
ތާޒާ ޖޫހުން ކުޑަކުދިންގެ ކެއުން ރަނގަޅުކޮށްދޭ
ކުޑަކުދިންނަށް ގްލޫޓެން މަދުކުރަންޖެހޭ
އުމުރުން 14 މަހުގައި ވެސް އޯޓިޒަމަށް ޓެސްޓްކުރެވިދާނެ
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ
ޅަފަތުގައި ކުދިން މަރުވާ ރޭޓަށް ރެކޯޑް ދަށްވުމެއް