Roadha Mihaaru
މައިކްރޮސޮފްޓުން "ސްވިފްޓްކީ" ގަތީ ކީއްކުރަން؟

މައިކްރޮސޮފްޓުން "ސްވިފްޓްކީ" ގަތީ ކީއްކުރަން؟

02 ސެޕްޓެމްބަރ 2016

މައިކްރޮސޮފްޓުން "ސްވިފްޓްކީ" ގަތީ 250 މިލިއަން ޑޮލަރަށެވެ. އެކަން އިއުލާންކުރީ މި އަހަރު ކުރީކޮޅުު އެވެ. މައިކްރޮސޮފްޓުން ސްވިފްޓްކީ ގަތުމަކީ ސްވިފްޓްކީ އަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން އަހަންނަށް ވެސް ވަރަށް ކަމުނުދިޔަ ކަމެވެ. މައިކްރޮސޮފްޓުން އެއްޗެއް ގަނެފި ނަމަ އޭގެ ޒަމާން ދުއްވާލާތީ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މައިކްރޮސޮފްޓުން "ސްވިފްޓްކީ" ގަތީ 250 މިލިއަން ޑޮލަރަށެވެ. އެކަން އިއުލާންކުރީ މި އަހަރު ކުރީކޮޅުު އެވެ. މައިކްރޮސޮފްޓުން ސްވިފްޓްކީ ގަތުމަކީ ސްވިފްޓްކީ އަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން އަހަންނަށް ވެސް ވަރަށް ކަމުނުދިޔަ ކަމެވެ. މައިކްރޮސޮފްޓުން އެއްޗެއް ގަނެފި ނަމަ އޭގެ ޒަމާން ދުއްވާލާތީ އެވެ.

ސްވިފްޓްކީ ގަތް ބޭނުންމެއް ކަމަށް މައިކްރޮސޮފްޓުން ބުނީ، "އާޓިފިޝަލް އިންޓެލިޖެންސް"، މަސްނޫއީ ވިސްނުން ތަރައްގީކުރުން ކަމަށެވެ. ކޮންމެހެން ކީބޯޑަކަށް ބޭނުންވާތީ ނޫން ކަމަށެވެ.

ސްވިފްޓްކީ އަކީ ސޮފްޓްވެއާ ކީބޯޑެކެވެ. އެންޑްރޮއިޑް އަދި އައިފޯނުގައި ވެސް ބޭނުންކުރެވެ އެވެ. ފޯނު ގަންނައިރު އިންނަ ކީބޯޑަށް ވުރެ ސްވިފްޓީކީ ކުޅަދާނަ އެވެ. ގަބޫލުނުކުރެވޭހާ ފަސޭހަ އެވެ. ސްވިފްޓްކީއާ ނުލައި ސްމާޓްފޯން މިހާ ފަސޭހަނުވާނޭ ބުނެވޭހާ ވެސް ހިތްގައިމެވެ.

SwiftKey Keyboard - Android Apps on Google Play

SwiftKey Keyboard - Android Apps on Google Play

Upgrade your keyboard & get more done.

ސްވިފްޓްކީ ގޫގުލް ޕްލޭ ސްޓޯރުގައި

ބިޔަ ކުންފުނިތަކުގައި ނެތް ކުޅަދާނަކަން ކުއްލިއަކަށް ލިބިގަތުމަށް ކުދި ކުންފުނިތައް ގަތުމަކީ އަބަދުވެސް ހިނގާ ވިޔަފާރިއެކެވެ. އެ ކުޅަދާނަކަން ލިބިގަތުމަށް، ގޫގުލް، އެޕަލް އަދި މައިކްރޮސޮފްޓް ކަހަލަ ބޮޑެތި ކުންފުނިތަކުން ބޭނުންވާ ހިނދު، ވިއްކާ މީހުން އުފާވާ ވަރުގެ އަގަކަށް ގަނެލަ އެވެ. އެ ގޮތުގައި ކުދި ކުންފުނިތައް ވިކި ދިއުމަކީ ބޭނުންކުރާ މީހުންނަށް ނުހަނު ބޮޑު ހިތާމައަކަށް ވެސް ވެ އެވެ.

މައިކްރޮސޮފްޓުން ސްވިފްޓީ ގަތުމުން އުނދަގޫވަނީ ސްވިފްޓްކީ އަށް ދެން ވެދާނެ ގޮތަކާ މެދު އެވެ. ވިސްނާލަން ޖެހޭ ނުކުތާ އަކީ ސްވިފްޓްކީ އަދި ވިންޑޯޒް ފޯނުތަކުގައި ބޭނުންނުކުރެވޭ ކަމެވެ. އެހެންކަމުން ސްވިފްޓީކީ ގަތީ ވިންޑޯޒް ފޯނުތަކުގައި ބޭނުންކުރަން ކަމަށް މައިކްރޮސޮފްޓަށް ބުނެވޭކަށް ވެސް ނެތެވެ.

މައިކްރޮސޮފްޓުން "ވިންޓާނަލް ސޮފްޓްވެއާ"އޭ ކިޔާ ކުޑަ ކުންފުންޏެއް، ޖުލައި 18، 2006 ގައި ގަތެވެ. ވިންޓާނަލް ސޮފްޓްވެއާގެ "އީއާރުޑީ ކޮމާންޑާ" އަކީ އަދި ވެސް ވަރަށް ބޭނުންތެރި ސޮފްޓްވެއާ އެކެވެ. އެއިން ކޮށްދޭ ކަމަކީ ވިންޑޯޒް ކޮމްޕިއުޓަރުތަކަށް ވަދެގަތުމަށް މަގުފަހިކޮށްދިނުމެވެ.

ވިންޑޯޒް ކޮމްޕިއުޓަރުގެ އެޑްމިނިސްޓްރޭޓާ ޕާސްވޯޑް ނޭނގުނަސް، އީއާރުޑީ ކޮމާންޑަރު، ސީޑީއަކަށް އަޅައި ކޮމްޕިއުޓަރު ހިންގާލުމުން ވިންޑޯޒް ކަހަލަ އެޕްލިކޭޝަނެއް ހުޅުވައިދެ އެވެ. އެ ހިސާބުން އެޑްމިނިސްޓްރޭޓާ ޕާސްވޯޑް ބަދަލުކޮށް، ނެޓްވޯކާ ގުޅިފައި ހުރި ކޮމްޕިއުޓަރުތަކަށް ފެތުރިގަނެވެ އެވެ. މައިކްރޮސޮފްޓުން ވިންޓާނަލް ސޮފްޓްވެއާ ގަތުމަށް ފަހު ވަނީ ހިންދާލާފަ އެވެ. އެ ގޮތް ސްވިފްޓްކީ އަށް ވާން ވަފާތެރިން ބެނުމެއް ނުވެ އެވެ.

ސްވިފްޓްކީ ގަތީ މަސްނޫއީ ވިސްނުން ތަރައްގީކުރަން ކަމަށް ބުންޏަސް، ޖާސޫސްކުރުމަށް ބޭނުންކުރެވޭ އެޕްލިކޭޝަނަކަށް ވެސް ސްވިފްޓްކީ ވެ އެވެ. ސްވިފްޓީކީ ބޭނުންކުރެވޭ ފޯނުގެ އަދަދު މިލިއަނުން ގުނާލެވޭއިރު، އެ ހުރިހާ މީހުން ޓައިޕްކުރާ މެސެޖްތަކާއި، ކޮންޓެކްޓްތައް ސްވިފްޓްކީ ސާވާތަކަށް ރެކޯޑްކުރެ އެވެ.

މައިކްރޮސޮފްޓް ނަންވެފައި ވަނީ އެމެރިކާގެ "ނެޝަނަލް ސެކިޔުރިޓީ އޭޖެންސީ" (އެންއެސްއޭ) އަށް ޖާސޫސްކޮށްދޭ ކުންފުންޏެއް ގޮތުގަ އެވެ. މައިކްރޮސޮފްޓް ވިންޑޯޒް ބޭނުންކުރާ ކޮމްޕިއުޓަރުތައް މެދުވެރިކޮށެވެ. އެ ކަމަށްޓަކައި އެންއެސްއޭއިން މައިކްރޮސޮފްޓަށް ވަރަށް ބޮޑު އުޖޫރައެއް ދޭ ކަމަށް ވެސް ބުނެވެ އެވެ.

ޖާސޫސްކުރާ ހަތިޔާރެއް ގޮތުގައި މައިކްރޮސޮފްޓުން ވިންޑޯޒް ބޭނުންކުރާތީ ޗައިނާއިން ވަނީ ސަރުކާރު އޮފީސްތަކުގައި ވިންޑޯޒް 10 ބޭނުންނުކުރަން އަންގާފަ އެވެ. ސްވިފްޓްކީ ގަތުމުގެ ފަހަތުގައި މި ކަހަލަ ބޭނުމެއް އޮތް ނަމަ އެއީ ވަރަށް ދެރަކަމެކެވެ.