28 އެޕްރީލް 2019
މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމުގެ މުއްދަތު ރޭ ހަމަވިއިރު، އެކަން ނުކުރައްވާ 39 ކެންޑިޑޭޓުންނަށް ފިޔަވަޅުއެޅުމާ މެދު ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ބުނެފި އެވެ.
މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމުގެ މުއްދަތު ރޭ ހަމަވިއިރު، އެކަން ނުކުރައްވާ 39 ކެންޑިޑޭޓުންނަށް ފިޔަވަޅުއެޅުމާ މެދު ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ބުނެފި އެވެ.
އާއްމު އިންތިޚާބުގައި 386 ކެންޑިޑޭޓުން ވާދަކުރި އެވެ. އެ މީހުންގެ މާލީ ބަޔާން ހުށަހަޅަން ރޭ 12 ޖެހުމާ ހަމައަށް ފުރުސަތު ދިނެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތޮފާ "މިހާރު" އަށް ވިދާޅުވީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރި 347 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހެޅި ކަމަށެވެ. ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާ މެދު އަމަލުކުރާނެ ގޮތް ގާނޫނުގައި ކަނޑައަޅާފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ ކޮމިޝަނުގެ ބައްދަލުވުމުގައި އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
"މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ ތެރޭގައި، މަޖިލީހަށް ހޮވިވަޑައިގަތް އެއްވެސް މެމްބަރަކު ހިމެނިވަޑައެއް ނުގަންނަވާ،" އަމްޖަދު ވިދާޅުވި އެވެ.
- އަމިއްލަ ގޮތުން 31
- ޕީޕީއެމް 2
- ޕީއެންސީ 1
- އަދާލަތު 1
މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް 2
މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ 2
އިންތިޚާބާ ބެހޭ އާއްމު ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގައި ބުނެފައި ވަނީ، ވަކި ކަމެއް ކުރުމަށް އެ ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިޚާބީ ކުށެއް ކަމަށެވެ. އޭގެ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000-24،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި، ކެންޑިޑޭޓު ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އޮޑިޓަރަކު އޮޑިޓް ކޮށްފައިވާ މާލީ ބަޔާނަކަށް ވާން ޖެހެ އެވެ.
އާއްމު އިންތިޚާބުގައި 87 ދާއިރާ އަށް ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރި އިރު ގިނަ ގޮނޑިތައް ކާމިޔާބުކުރީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީންނެވެ. އެ ޕާޓީން ވަނީ 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދައުވާ ކުރަން ފޮނުވަނީ
ދެ އިންތިހާބު އެއްކޮށްލުން، ރަނގަޅީ ކޮން ގޮތެއް؟
މާލީ ބަޔާން ހުށަނާޅާއިފި ނަމަ ޖަލު ހުކުމެއްގެ ބިރު!
ވޯޓުތައް ބާތިލްކުރި މައްސަލައިގައި އަދި ފިޔަވަޅެއް ނާޅާ
މަޖިލިސް އިންތިޚާބު އޮތީ "އޮޅާލާފައި": އަބްދުއްރަހީމް
މަޖިލިސް އިންތިޚާބު ވަރަށް ބޭއިންސާފު: ފަލާހް
ތުޅާދޫ ދާއިރާއާ ގުޅޭ އޯޑިއޯގެ މައްސަލަ ޕޮލިހަށް
ވޯޓު ބާތިލްކުރާނެ ހުއްޖަތެއް ނުދެއްކޭނެ: ޝަރީފް
އޮޅުންބޮޅުން: ރައްޔިތުންގެ ނިންމުން
ކެންދޫގެ ވޯޓު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް: އީސީ