24 އެޕްރީލް 2019
ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނަށް ވީއައިޕީގެ ޚިދުމަތް ދިނުމަށް ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންދަން މިއަދު ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނަށް ވީއައިޕީގެ ޚިދުމަތް ދިނުމަށް ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންދަން މިއަދު ނިންމަވައިފި އެވެ.
މަޖިލިހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް މުސްތަފާ ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލިހުގެ މެމްބަރުކަން ކުރައްވާފައިވާ ކޮންމެ މީހަކަށް އެއާޕޯޓުން ވީއައިޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ވާނެ ކަމަށެވެ. މީގެ ކުރިން އެފަދަ ޚިދުމަތެއް މެމްބަރުންނަށް ލިބިވަޑައިނުގަންނަވަ އެވެ.
މުސްތަފާ، ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވީ މަޖިލިހުގެ މެމްބަރުންނަކީ، ރައްޔިތުން އިންތިޚާބުކޮށްގެން ދައުލަތަށް އެތަކެއް ޚިދުމަތް ކޮށްފައިވާ ބޭފުޅުން ކަމަށް ވާތީ ޝަރަފުވެރިކަމާއި އަބުރުވެރިކަމާ އެކު އެ ބޭފުޅުންނަށް ދިވެހި މުޖުތަމައުގައި އުޅުއްވުމުގެ ފުރުސަތު ލިބިދިނުމަށް ކަމަށެވެ.
މެމްބަރުންނަށް ގާނޫނުން މިހާރު ލިބިވަޑައިގަންނަވަނީ ރައްޔިތުން އިންތިޚާބު ކުރާ އެހެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވުރެ މަދު އިނާޔަތަކަށް ވާތީ، އެކަމަށް ހައްލު ހޯއްދެވުމަކީ ބިލްގެ މަގްސަދެއް ކަމަށް މިދިޔަ އަންގާރަ ދުވަހުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި ބިލްގައި ވެ އެވެ.
ނަމަވެސް، ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން މުސްތަފާ ވިދާޅުވީ، އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަން ސަރުކާރުގެ ފަރާތުން ބޭނުން ނުވާ ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ މަސްލަހަތު އޮތް ބިމެއް [މި ސަރުކާރުން] ނަގައިފި. އަޅުގަނޑުގެ 5،000 ޓަނުގެ ބޯޓެއް ނަގައިފި. ދެން ކޮން އެއްޗެއްތޯ އިތުރަށް ބޭނުން ވާނީ؟ މީގެ ކުރީ ސަރުކާރުތަކުން ކުރި ކަމަކީ އަޅުގަނޑު ކޮށްފައި ހުރި މަސައްކަތްތައް ނަހަމަ ގޮތުގައި ނިގުޅައިގަންނަނީ،" މުސްތަފާ ވިދާޅުވި އެވެ.
މުސތަފާ ވިދާޅުވި ގޮތުގައި، އޭނާ ވެސް ހިމާޔަތާއި ރައްކާތެރިކަން ދެއްވަނީ މާތް ﷲ އެވެ. އެ އަށް ވުރެ، މޮޅު ހިމާޔަތަކާއި ރައްކާތެރިކަމެއް ލިބިފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"އެ ގާނޫނުން އަޅުގަނޑަށް ހިމާޔަތެއް ކެނޑިގެން ނުދާނެ،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާގެ ބިލް އަނބުރާ ގެންދެވި ނަމަވެސް، ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ މަޖިލިހުގެ މެމްބަރުން ބޭނުންވާ ނަމަ، ހެލްތު އިންޝުއަރެންސް ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި އުމުރުން 18 އަހަރު ނުވާ އުފަން ކުދިން ބައިވެރިކުރަން ވާނެ ކަމަށް ބުނެ، އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ހެލްތު އިންޝުއަރެންސް ލިބޭނީ މެމްބަރުންނަށް އެކަންޏެވެ.
މީގެ އިތުރުން، މަޖިލިހުގެ ކޮންމެ މެމްބަރަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ހަމަޖައްސަން ވާނެ ކަމަށް ބިލްގައި ބުނެފައިވާ އިރު، އެ ޕާސްޕޯޓު ހެދުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަން ވާނީ އެ މެމްބަރަކު އަމިއްލަ އަށް ކަމަށް ލަތީފް ހުށަހެޅުއްވި ބިލްގައި ބުނެފައިވެ އެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ އޮފިޝަލް ޕާސްޕޯޓެކެވެ. އެކަމަކު، މަޖިލިހުގެ ރައީސްކަން ކުރެއްވި ބޭފުޅުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓި ލިބިވަޑައިގަންނަވަ އެވެ.
ލަތީފް ހުށަހެޅުއްވި އިސްލާހުގައި ވަނީ މެމްބަރުންނަށް މާލީ އިނާޔަތް ލިބޭނީ އެ މެމްބަރަކު މަޖިލިހުން ވަކިވާ ހިސާބުން ކަމަށެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން މެމްބަރުންނަށް މާލީ އިނާޔަތް ލިބޭނީ އެ މެމްބަރަކު މަޖިލިހުން ވަކިވުމަށް ފަހު، އަދި އެ މެމްބަރެއްގެ އުމުރުން 55 އަހަރު ފުރޭ ފަހުންނެވެ. އެއީ، ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ހުށަހެޅުއްވި އިސްލާހުގައި ހިމެނޭ އެއް ކަމެވެ.
އިނާޔަތް ދިނުމާ ދެކޮޅަށް އެމްޑީޕީން ތްރީ ލައިން ވިޕެއް
ކުރީގެ މެންބަރުން އިނާޔަތް ހޯދަން އަނެއްކާވެސް ބިލެއް
ކުރީގެ މެމްބަރުންނަށް އާ އިނާޔަތް ދޭން އީވާ ދެކޮޅު
ކުރީގެ މެމްބަރުންނަށް އާ އިނާޔަތްތަކެއް ދިނުމަށް ބިލެއް
މުސްތަފާ-ރިޔާޒްގެ ރުޅިގަނޑު ފަޅައިގެން ދިޔަ ބަހުސް
ޔާމީން މި ފަހަރު މަޑުއްވަރި ދާއިރާ އަށް
ލަތީފްގެ އިސްލާހަށް ރައީސް ދެކޮޅު ހައްދަވައިފި
ލަތީފް އެމްޑީޕީއަށް: ޑިމޮކްރަސީދަނީ ކޮށައި ކުދިކުރަމުން
ޕްރައިމަރީއަކަށް ބިރެއް ނުގަނޭ: މުސްތަފާ
އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސްކޮށްފި