20 މާޗް 2019
މީގެ ތިން މަސް ކުރިން އެއީ އެއް ބައެކެވެ. އެކަމަކު ޕީއެސްއެމުން ރޭ ގެނެސްދިން ތިމަރަފުށީ ދާއިރާގެ ބަހުސް ވީ އެ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްއާ ދެމެދު ބަހުގެ ހަމަލަތައް ބަދަލުކޮށް، ހޫނު ޒުވާބުތަކެއް ހިނގި ބަހުސަކަށެވެ. ތިމަރަފުށީ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓަކު ބަހުސްގައި ބައިވެރިވިޔަސް، ބަހުސްގެ ކޮންޓްރޯލް ނެންގެވީ މުސްތަފާ އާއި ރިޔާޒެވެ.
މީގެ ތިން މަސް ކުރިން އެއީ އެއް ބައެކެވެ. އެކަމަކު ޕީއެސްއެމުން ރޭ ގެނެސްދިން ތިމަރަފުށީ ދާއިރާގެ ބަހުސް ވީ އެ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްއާ ދެމެދު ބަހުގެ ހަމަލަތައް ބަދަލުކޮށް، ހޫނު ޒުވާބުތަކެއް ހިނގި ބަހުސަކަށެވެ. ތިމަރަފުށީ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓަކު ބަހުސްގައި ބައިވެރިވިޔަސް، ބަހުސްގެ ކޮންޓްރޯލް ނެންގެވީ މުސްތަފާ އާއި ރިޔާޒެވެ.
ދެ ބޭފުޅުންގެ "ކޯޅުން" ފެށުނީ ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލަން ރިޔާޒް "ބަޣާވާތް" ކުރެއްވި ކަމަށް މުސްތަފާ ވިދާޅުވި ހިސާބުންނެވެ. މުސްތަފާ އެ އިޝާރާތްކުރެއްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވި ހާދިސާއަށެވެ.
ރައްދުގައި ރިޔާޒް ވިދާޅުވީ "ޑޮލަރު ބޮނޑިއެއް ފެނުނީމަ ދުއްވައިގަތް ބޭފުޅަކު" ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. މުސްތަފާގެ ނަން ނުގެންނަވައި ރިޔާޒް ވިދާޅުވި ގޮތުގައި އޭނާގެ "އަޚަކީ" ވަކި ޕާޓީއަކަށް ގޮސް، ވެރިކަމުގެ ލައްޒަތް ހޯއްދަވަން އުޅުއްވާ ބޭފުޅެކެވެ.
"ޒަމާނުއްސުރެ، މަކުނުވާ ފުރާފައި އޮތް ތަނެއް ސާފު ކޮށްދޭން އަޅުގަނޑު އައީ،" --- ރިޔާޒް
ވޭމަންޑު އާއި ތިމަރަފުއްޓަށް ގެނެސްދެއްވި ބައެއް ތަރައްގީގެ މަޝްރޫއުތަކުން މިސާލު ނަންގަވައި މުސްތަފާ ވިދާޅުވީ ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލަން ބަޣާވާތް ނުކުރި ނަމަ، ތިމަރަފުށީ ދާއިރާގެ ތަސައްވަރު ވަރަށް ރީއްޗަށް ފެންނަން އޮންނާނެ ކަމަށެވެ. "ބަޣާވާތް" ނުކުރި ނަމަ، ތިމަރަފުށި ދާއިރާ އޮންނާނީ ވަރަށް ރީތި ސަރަހައްދެއްގެ ގޮތުގައި ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މަޖިލިހަށް ކުރިން ކުރިމަތިލީ ވަރަށް ރީތި ތަސައްވަރަކާ އެކު. އެކަމަކު އަޅުގަނޑުގެ އުންމީދުތައް، ރައްޔިތުންގެ އުންމީދުތައް ފަނޑުވެގެން ދިޔައީ އަޅުގަނޑުގެ އަޚް ބަޣާވާތްކޮށް ގާނޫނީ ސަރުކާރު ވައްޓާލުމުގެ ސަބަބުން،" ރިޔާޒަށް ވަރަށް ބޮޑަށް ފާޑުކިއުއްވަމުން މުސްތަފާ ވިދާޅުވި އެވެ.
ބަހުސްގައި ރޭ މުސްތަފާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ޕީއެސްއެމް
ރިޔާޒް ވިދާޅުވީ ގާނޫނުއަސާސީން ލާޒިމްކުރާ ފެނާއި ނަރުދަމާގެ ނިޒާމުން ވޭމަންޑޫ ރައްޔިތުން މަހްރޫމްވެފައިވާ ކަމަށެވެ. އެ ނިޒާމު ގާއިމްކޮށްދޭން މުސްތަފާ ކުރެއްވީ ކޮން ކަމެއްތޯ ރިޔާޒް ސުވާލު ކުރެއްވި އެވެ.
މުސްތަފާ ވިދާޅުވީ ވޭމަންޑޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ވޭމަންޑޫ ރައްޔިތުން ބޭނުންވަނީ އަތޮޅު ހޮސްޕިޓަލަކާއި މަގުތަކުގައި ތާރު އެޅުމަށެވެ. ތިމަރަފުށީ ޒުވާނުން ބޭނުންވަނީ ވަޒީފާގެ ފުރުސަތުތައް ކަމަށާއި ތިމަރަފުށީ ދާއިރާ އަށް ކުރިމަތިލައްވަނީ އެ ފުރުސަތުތައް ހޯއްދަވައި ދެއްވައި ބަދަލެއް ގެންނަވަން ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
"އަޅުގަަނޑު ދެކޭ ގޮތުގައި މި ބޭފުޅަކީ (ރިޔާޒް) ޖަލުން އަރައިގަންނަވަން ޖެހޭ ބޭފުޅެއް ނޫން. ތާއަބަދު ޖަލުގައި އިންނަވަން ޖެހޭ ބޭފުޅެއް. އެކަން ރައްޔިތުން ހަނދާން ނައްތާލައިގެން ނުވާނެ،" ---މުސްތަފާ
"ޒަމާނުއްސުރެ، މަކުނުވާ ފުރާފައި އޮތް ތަނެއް ސާފުކޮށްދޭން އަޅުގަނޑު އައީ،" އެމްޑީޕީ އާއި ޖޭޕީގެ މެމްބަރުން ހިމެނޭ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ކުރައްވަމުން ގެންދަވާ ރިޔާޒް ވިދާޅުވި އެވެ.
އޭގެ ރައްދުގައި މުސްތަފާ ވިދާޅުވީ ތިމަރަފުށީ ދާއިރާ އަށް ބޭނުން ވަނީ އުމްރާނީ ތަރައްގީ ކަމަށެވެ. އަދި ރިޔާޒަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ. ރައްޔިތަކަށް ހިދުމަތްކޮށްދިނުމާއި ކެރުން ހުރީ އޭނާގެ ކިބާގައި ކަމަށް ވެސް ވިދާޅުވި އެވެ.
ތިމަރަފުށީގެ ދާއިރާގެ ބަހުސްގައި ރިޔާޒް (ކ) އަދި މުސްތަފާ (ވ). --- ފޮޓޯ: ޕީއެސްއެމް
"އަޅުގަނޑުގެ ނަން ރާއްޖޭގެ ރައްޔިތުންނަށް އަލެއް ނުވާނެ. ދިވެހި ދިދަ އާއި މުންނާރު ދަންނަ ގޮތަށް އަޅުގަނޑު ދަންނާނެ،" ތައާރަފެއް ގޮތުގައި މުސްތަފާ ވިދާޅުވި އެވެ.
ވެއިތުވެދިޔަ ފަސް އަހަރު ދުވަހު "އޮޅިގެން ބަޓަނަކަށް" ފިތިފައި ނޯންނާނެ ކަން ފާހަގަކުރައްވައި ރިޔާޒް ވިދާޅުވީ އޭނާއަކީ ރައްޔިތުން އިންތިޚާބުކުރި ގޮތާ ހިލާފަށް ގޮނޑި ދޫކޮށްލައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މިނިވަންކަން ހަނިކުރުމަށާއި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކަން "ވޯޓު ވިއްކައި" ހަދާފައި ނުވާނެ ކަމަށް ވިދާޅުވެ، ރިޔާޒް ވަނީ މުސްތަފާ އަށް ފާޑުވިދާޅުވެފަ އެވެ.
"ވެއިތުވެދިޔަ ފަސް އަހަރަށް ބައްލަވާ. އެންމެ ވޯޓެއް ވެސް އެބަ އޮތްތޯ ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ދީފައި؟. ނުހުންނާނެ... އަޅުގަނޑުގެ އާއިލާގެ އެއްވެސް މީހަކު ނުހުންނާނެ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވައްކަމުގެ ތުހުމަތުކުރެވޭ،" މުސްތަފާގެ އާއިލާ އަށް އަމާޒުވާ ތުހުމަތާ ގުޅިގެން ރިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ނަން ރާއްޖޭގެ ރައްޔިތުންނަށް އަލެއް ނުވާނެ. ދިވެހި ދިދަ އާއި މުންނާރާ ދަންނަ ގޮތަށް އަޅުގަނޑު ދަންނާނެ،" --- މުސްތަފާ
އޭނާ އެ އިޝާރާތް ކުރެއްވީ، މިދިޔަ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުސްތަފާ އެ ޕާޓީން ވަކިވެވަޑައިގެން އޭރުގެ ވެރިކަން ކުރި ޕީޕީއެމާ ގުޅިވަޑައިގަތުމަށެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްވަރު، މުސްތަފާ މަސައްކަތް ކުރެއްވީ މިހާރު ސަރުކާރުގެ ކޯލިޝަންގައި ތިއްބެވި ބޭފުޅުންނާ އެކުގަ އެވެ.
ޚިޔާނާތުގެ ވާހަކަ ރިޔާޒް ގެންނެވީ އެމްއެމްޕީއާރުސީ މައްސަލަ ތަހުގީގުކުރުމަށް ފަހު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމުކުރި ތަފްސީލް ރިޕޯޓުގައި މުސްތަފާގެ ކުރީގެ އަނބިކަނބަލުން ސާދާ އިބްރާހީމަށް 100،000 ޑޮލަރު (1،542،000 ރުފިޔާ) އެސްއޯއެފް އިން ދޫކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. އެކަމަކު މުސްތަފާ ވިދާޅުވީ އެސްއޯއެފާ އެކު ކުރީ ސައްހަ މުއާމަލާތެއް ކަމަށެވެ.
ތިމަރަފުށީ ދާއިރާގެ ބަހުސްގައި ރިޔާޒް ރޭ ވާހަކަ ދައްކަވަނީ --- ފޮޓޯ: ޕީއެސްއެމް
މަސްތުވާތަކެތީގެ މައްސަލަ ރާއްޖެ އިން ހައްލުކުރެވޭނެ ގޮތަކީ ކޮބައިކަން ކުރި ސުވާލުގެ ޖަވާބުގައި މުސްތަފާ ވިދާޅުވީ ހަމައެކަނި ގާނޫނު ހަދައިގެން މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުވާނެ ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނީ ތަހުގީގު ކުރަން ތިބޭ މީހުންނާއި އެކިއެކި މުއައްސަސާތައް ވަރުގަދަވެގެން ކަމަށް ވިދާޅުވެ، މުސްތަފާގެ ރައްދު އަމާޒުކުރެއްވީ ރިޔާޒަށެވެ.
"އަޅުގަނޑުގެ އަޚު ކަނޑު އަޑިން ނެގި 160 ކިލޯގެ މަސްތުވާތަކެތި ވިއްކާލި ވާހަކައަކީ މަޝްހޫރު ވާހަކައެއް. މިފަދަ ބޭފުޅުން ކަންކަން ކުރައްވާ ނަމަ، މިކަން ހައްލެއް ނުވާނެ،" ކުރީގެ ޕޮލިސް ކޮމިޝަނަރު ކަން ކުރެއްވި ރިޔާޒް ފުލުހުންގެ ވަޒީފާގައި އުޅުއްވި އިރު، ހިންގި އޮޕަރޭޝަނަކާ ގުޅިގެން މުސްތަފާ ވިދާޅުވި އެވެ.
ނަމަވެސް ރިޔާޒް ވިދާޅުވީ ވެއިތުވެދިޔަ 30 އަހަރު އޭނާ ކުރެއްވީ "ނަޒާހާތްތެރި ހިދުމަތެއް" ކަމަށެވެ.
"މާދަމާ އިންވެސްޓަރެއް އަންނައިރަށް އޭނަ އަތުން ބޮޑު ލާރިއެއް ހޯދައިގެން ދުވެ، އެމީހާ އަމިއްލަ ޖީބު މުއްސަނދިކުރާ މީހެއް ނޫން ރައްޔިތުން ބޭނުން ވަނީ،" ---ރިޔާޒް
ރިޔާޒްގެ އެ ވާހަކަތަކާ ގުޅިގެން އޭނާ ކުރެއްވީ ކޮން ކަމެއްތޯ މުސްތަފާ ސުވާލުކުރެއްވި އެވެ. އަދި ހަތް މަސް ދުވަސް ވަންދެން ޖަލުގައި ހުންނެވީ ވެސް ނާގާބިލްކަމުން ކަމަށް ވިދާޅުވި އެވެ.
ރިޔާޒު ވަނީ ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ޖަލުގައި ހޭދަކުރައްވައިފަ އެވެ. އޭނާ ޖަލަށް ލީ ފުލުހުންގެ ތަހުގީގަށް އޭނާގެ ފޯނު ހުޅުވައިނުދެއްވި މައްސަލައިގަ އެވެ.
"އަޅުގަަނޑު ދެކޭ ގޮތުގައި މި ބޭފުޅަކީ [ރިޔާޒް] ޖަލުން އަރައިގަންނަވަން ޖެހޭ ބޭފުޅެއް ނޫން. ތާއަބަދު ޖަލުގައި އިންނަވަން ޖެހޭ ބޭފުޅެއް. އެކަން ރައްޔިތުން ހަނދާން ނައްތާލައިގެން ނުވާނެ،" މުސްތަފާ ވިދާޅުވި އެވެ.
އޭގެ ރައްދުގައި ރިޔާޒް ވިދާޅުވީ ކިނބިދޫ ދާއިރާގައި އިންސާނީ ވަސީލަތާއި އުމްރާނީ ތަރައްގީއަށް މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. އަދި ދާއިރާ އަށް ކަމެއް ނުކޮށްދެވުނީމަ، އެހެން މީހެއްގެ "ބޮލަށް ކަނޑާލަން" އުޅޭ ކަމަށް ވިދާޅުވެ، މުސްތަފާއަށް ތީރު ދޫކޮށްލެއްވި އެވެ.
Vote #1! pic.twitter.com/phkfEID8Xt
— Abdulla Riyaz MP (@riyazabdulla) March 19, 2019
ރިޔާޒް ވާހަކަ ދައްކަވަނީ
"މާދަމާ އިންވެސްޓަރެއް އަންނައިރަށް އޭނާ އަތުން ބޮޑު ލާރިއެއް ހޯދައިގެން ދުވެ، އެމީހާ އަމިއްލަ ޖީބު މުއްސަނދިކުރާ މީހެއް ނޫން ރައްޔިތުން ބޭނުން ވަނީ،" މުސްތަފާއަށް އިޝާރަތްކުރައްވައި ރިޔާޒް ވިދާޅުވި އެވެ.
ކުރިން ވެސް ގިނަ ބަޔަކު ލަފާކުރި ގޮތަށް ތިމަރަފުށީ ދާއިރާގެ ބަހުސް ދިޔައީ މުސްތަފާ އާއި ރިޔާޒުގެ މެދުގައި ބަދަލުކުރެއްވި ހޫނު ބަސްތަކެއްގެ ތެރޭގަ އެވެ.
ތިމަރަފުށީ ދާއިރާގެ ގޮނޑި: ރިޔާޒަށް ބޮޑު ކާމިޔާބެއް!
ރިޔާޒަށް ރައީސް ރައްދު ނުދެއްވާތީ ކަންބޮޑުވޭ: މުސްތަފާ
މަޖިލީހުގައި ސަރުކާރު ހިމާޔަތް ކުރާނީ ޖޭޕީ: ރިޔާޒް
ރިޔާޒް މި ފަހަރު ނުކުންނަވަނީ ތިމަރަފުށި ދާއިރާ އަށް
ޕްރައިމަރީއަކަށް ބިރެއް ނުގަނޭ: މުސްތަފާ
މެމްބަރުންގެ ކޮއްތު ހަރަދު ކަނޑާލަން ތާއީދު: ރިޔާޒް
ރައްޔިތުންގެ މަޖިލީހުގެ ތާރީޚަށް ބަލައިލުމެއް
ފެށުން ތަފާތު، އާ މަޖިލީހާ މެދު އުއްމީދު ބޮޑު
އަފީފް: އަޅުގަނޑު ކުރިމަތީ އޮންނާނީ ގާނޫނާއި ގަވާއިދު
އާ މަޖިލިހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތުގައި ސިޔާމް