Roadha Mihaaru
ބީއެމްއެލް އިންޓާންޝިޕްގައި 15 މީހުން ބައިވެރިވެއްޖެ

ބީއެމްއެލް އިންޓާންޝިޕުން 15 މީހުންނަށް ފުރުސަތު ލިބިއްޖެ

24 އެޕްރީލް 2019

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓާންޝިޕް ޕްރޮގްރާމުގެ ދަށުން އިތުރު 15 މީހަކަށް ފުރުސަތު ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓާންޝިޕް ޕްރޮގްރާމުގެ ދަށުން އިތުރު 15 މީހަކަށް ފުރުސަތު ދީފި އެވެ.

ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މިދިޔަ އަހަރު އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވެ، ފުރިހަމަ ކުރި 14 މީހަކަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. އަދި އަލަށް ހޮވުނު 15 މީހަކަށް ވަނީ ލިޔުންދީފަ އެވެ.

މަތީ ތައުލީމު ހާސިލު ކުރާ ކުދިންނަށް ވަޒީފާގެ ތަޖުރިބާ ހާސިލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހިންގާ ބީއެމްއެލް ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަކީ އެއް އަހަރު ދުވަހަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ބީއެމްއެލް ހިންގުމާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވީ، އިންޓާންޝިޕް ޕްރޮގްރާމުގެ ދެވަނަ އަހަރު ފެށިފައިވުމަކީ ވަރަށް ބޮޑު ކާބިޔާބީއެއް ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާރާކުންގެ އެހީއާ އެކު އަމަލީ މައިދާނުން ބޭންކިން ދާއިރާގެ ކަންކަން ތަޖުރިބާ ކޮށްލުމަށް ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމުގެ ދަށުން މަތީ ތައުލީމު ހާސިލު ކުރާ ކުދިންނަށް ބީއެމްއެލްގެ އެކި ޑިޕާޓްމެންޓްތަކާއި ބްރާންޗުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ކޮންމެ އިންޓާނަކަށް މެންޓާއެއް ހާއްސަ ކުރެވިފައިވާ އިރު މި ޕްރޮގްރާމު ނިމުމުން ބޭންކުގެ ދާއިމީ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެ އެވެ.

ބީއެމްއެލުން ވަނީ "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑު" ދެ ފަހަރަށް ހޯދާފަ އެވެ. އެ ކުންފުނިން މުވައްޒަފުންނަށް ދޭ އިނާޔަތްތަކާއި ފަސޭހަތަކަކީ ރާއްޖޭގައި އެންމެ ފުރިހަމަ އަށް މުވައްޒަފުންނާ މެދު އަމަލުކުރާ އެއް ކުންފުންޏެވެ.