Roadha Mihaaru
ބީއެމްއެލްގެ އިސްވެރިންނަށް ދިވެހިން އައްޔަންކުރަންޖެހޭ

ބީއެމްއެލްގެ އިސް މަގާމުތަކަށް ދިވެހިން އައްޔަން ކުރަން ނާޒިމް ގޮވާލައިފި

16 ސެޕްޓެމްބަރ 2024

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސް މަގާމުތަކަށް ދިވެހިން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ގޮވާލައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސް މަގާމުތަކަށް ދިވެހިން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ގޮވާލައްވައިފި އެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި، ކުންފުންޏާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ބީއެމްއެލްގެ ކާޑުތަކުން ޑޮލަރު މުއާމަލާތް ނުކުރެވޭ ގޮތަށް މިދިޔަ މަހު ބޭންކުން ނިންމުމެއް ނިންމިއިރު، އެ ކުންފުނީގެ ގިނަ އިސްވެރިން ރާއްޖޭގައި ނެތް ކަމަށެވެ.

ނާޒިމް ވިދާޅުވީ އެކަން ހިނގިއިރު ބޭންކުގެ އޮޕަރޭޝަންސް ޑިރެކްޓަރާއި ކްރެޑިޓް ކޮންޓްރޯލް މެނޭޖަރު އަދި ރިސްކް މެނޭޖަރުގެ ގޮތުގައި ތިިބި ބިދޭސީން ރާއްޖޭގައި ނެތް ކަމަށާއި ނަމަވެސް އެ ތިން ބޭފުޅުން 15،000 ޑޮލަރުގެ މުސާރައެއް ނަންގަވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"15،000 ޑޮލަރުގެ މުސާރައަކީ ކުޑަ މުސާރައެއް ނޫން. އަޅުގަނޑުމެން މި މަގާމުތަކަށް ދިވެހިން ލެވޭތޯ އެބަޖެހޭ ބަލަން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ "ދިވެހީންގެ ބޭންކް" ގައި ދިވެހިންގެ ކޮންޓްރޯލް ނެތި މިގޮތަށް ހިނގާ ކަމަށް ވާނަމަ، އެއަށް ވުރެ ސީރިއަސް ކަންކަން ކުރިއަށް އޮތް ތަނުގައި ދިމާވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެހެންވެ، ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތައް ހަރުދަނާ ގޮތެއްގައި ހިންގޭނެ ގޮތަކާ މެދު ވިސްނަން ޖެހޭ ކަމަށާއި އަދި މިކަމާ މެދު ފިނޭންސް މިނިސްޓްރީ އާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވެސް ވިސްނަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.