21 އެޕްރީލް 2019
އުފެދުމުގައި ހުރި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ދިވެހި ފިރިހެން ކުއްޖަކަށް އޮސްޓްރޭލިއާ އިން ވިސާ ނުލިބި، ޑިޕޯޓްކޮށްލަފާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
އުފެދުމުގައި ހުރި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ދިވެހި ފިރިހެން ކުއްޖަކަށް އޮސްޓްރޭލިއާ އިން ވިސާ ނުލިބި، ޑިޕޯޓްކޮށްލަފާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
ދިވެހި ދެމަފިރިއަކަށް ލިބިފައިވާ ދެ އަހަރުގެ ކައިބާން ޖަމްޝާދު އުފަންވީ ވެސް އޮސްޓްރޭލިއާ އަށެވެ. ހިމޮފީލިއާގެ އިތުރުން އުފެދުމުގައި ސިކުނޑިއަށް ގެއްލުންތައް ލިބިފައިވެ އެވެ.
އޮސްޓްރޭލިއާގެ އޭބީސީ ނިއުސް އިން ބުނީ އެކަންކަމަށް ކޮންމެ ހަފުތާއަކު ވެސް ފަރުވާ ހޯދަން ޖެހޭ ކަމަށެވެ.
އޮސްޓްރޭލިއާގެ އިމިގްރޭޝަން ގާނޫނުތައް އޮންނަ ގޮތުން ސިއްހީ ބޮޑު މައްސަލައެއް ހުންނަ ފަރާތްތަކަށް ވިސާ ނުދިނުމާއި އެ ގައުމުގެ ރައްޔިތުކަން ނުދީ ހިފެހެއްޓެ އެވެ. އެހެންވެ އެ ކައިބާންއަށް ވެސް ވިސާ ނުދޭން އޮސްޓްރޭލިއާގެ ހޯމް އެފެއާޒް ޑިޕާޓްމެންޓުން ނިންމައިފައިވާ ކަމަށް އޭބީސީން ބުނެ އެވެ.
އޭބީސީން ބުނާ ގޮތުގައި ކައިބާންއަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ރާއްޖެއިން އެކަށީގެންވާ ފަރުވާ ނުލިބޭނެކަން އަންގައި، ވެސްޓަން އޮސްޓްރޭލިއާގެ ހިމޮފީލިއާ ސާވިސް އިން ހޯމް އެފެއާޒް ޑިޕާޓްމެންޓަށް ސިޓީއެއް ވެސް ފޮނުވި އެވެ. އެކަމަކު ހޯމް އެފެއާޒް އިން ނިންމީ، އޭބީސީން ބުނި ގޮތުގައި، އެ ކުއްޖާއަށް ވިސާ ދޭން ޖެހޭ ފަދަ ކަންތައްތަކެއް ހުރި ކަމުގެ އެކަށީގެންވާ ހެއްކެއް ނެތް ކަމަށެވެ.
އޭބީސީން ބުނީ ކައިބާން ވިސާ ނުދިނަސް، އާއިލާގެ އެހެން މެމްބަރުންގެ ވިސާގެ ކަންކަން ހަމަޖެހިފައިވާ ކަމަށެވެ. ކުއްޖާގެ މަންމަ އޮސްޓްރޭލިޔާގައި މަސައްކަތްކުރަނީ ސޯޝަލް ވޯކަރެއްގެ ގޮތުގަ އެވެ.
ކައިބާންއަށް ވިސާ ނުދޭން ނިންމި މައްސަލަ އެ ގައުމުގެ އެޑްމިނިސްޓްރޭޓިވް އެޕީލް ޓްރައިބިއުނަލްގައި މިހާރު ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އެކަމަކު އެ ޓްރައިބިއުނަލްގެ ނިންމުން އަންނަން އެތައް މަހެއް ހޭދަވެދާނެ ކަމަށް އޭބީސީން ބުނެ އެވެ.
އޮސްޓްރޭލިއާގެ ހެލްތު އެންޑް ޑިސްއެބިލިޓީ ސްޕެޝަލިސްޓެއް ކަމަށްވާ ޖެން ގޮތާޑްއާ ހަވާލާދީ އޭބީސީން ބުނީ އެ ގައުމުގެ އިމިގްރޭޝަން ގާނޫނު އޮތް ގޮތުން އެހެން ގައުމުތަކުގެ އެތައް އާއިލާއަކަށް ކޮންމެ އަހަރަކު ވެސް އެފަދަ މައްސަލަތައް ދިމާވާ ކަމަށެވެ. ސިއްހީ މައްސަލައެއްގެ ސަބަބުން ކަމަށް ބުނެ އެގޮތަށް ނިންމުމަކީ ވަަރަށް ބޮޑު ތަފާތު ކުރުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
އޮސްޓްރޭލިއާގައި ހުރި ކުއްޖާގެ ދިފާއުގައި ޕެޓިޝަނެއް
އޮސްޓްރޭލިއާގައި ހުރި ކުއްޖާ އަށް ވިސާ ދިނުމަށް އެދިއްޖެ
އޮސްޓްރޭލިއާގައި ހުރި ދިވެހި ކުއްޖާއަށް ވިސާ ލިބިއްޖެ
އޮސްޓްރޭލިއާއިން ރާއްޖެއަށް 3.5 ޓަނުގެ ޕީޕީއީ ސާމާނު
ގައުމީ ތަރައްގީގެ ޕްލޭނަށް އޮސްޓްރޭލިއާގެ އެހީ ހޯދަނީ
އޮސްޓްރޭލިއާ ނޭވީގެ އިމާމް ރާއްޖޭގައި ހުތުބާ ދެއްވަނީ
ރާއްޖޭގެ ހިރިގަލުގެ އުފެއްދުންތައް ބޭރުގެ މައުރަޒަކަށް
މުއިއްޒުގެ "ޕްރޯ-މޯލްޑިވްސް" ސިޔާސަތަށް ތައުރީފު
އޮސްޓްރޭލިޔާ އަންހެނެއްގެ ސިކުނޑީގައި ދިރޭ ފަންޏެއް
އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ރާއްޖޭގައި ހުޅުވައިފި