15 އެޕްރީލް 2019
މީގެ އަށް އަހަރު ކުރިން ހއ. ހޯރަފުށީގައި، އެ ރަށު ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ) ރަހީނުކޮށް އަނިޔާކުރުމުން މަރުވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމް އައި ތިން މީހުންގެ ތެރެއިން އެކެއްގެ ޖަލު ހުކުމް ހައި ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.
މީގެ އަށް އަހަރު ކުރިން ހއ. ހޯރަފުށީގައި، އެ ރަށު ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ) ރަހީނުކޮށް އަނިޔާކުރުމުން މަރުވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމް އައި ތިން މީހުންގެ ތެރެއިން އެކެއްގެ ޖަލު ހުކުމް ހައި ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.
އުމުރުން ދުވަސްވީ މީހެއް ކަމަށްވާ ހުސޭނުބޭ 2010 ވަނަ އަހަރު މަރުވެފައި ވަނީ އޭނާ ރަހީނުކޮށް ދިން އަނިޔާތަކުގެ ސަބަބުންނެވެ. ވިޔަފާރިވެރިއެއް ކަމަށްވާ ހުސޭނުބޭ ރަހީނުކޮށް ބިރު ދައްކައިގެން ފައިސާ އަތުލައި އަނިޔާކުރުމުން މަރުވި މައްސަލާގައި 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ މުހައްމަދު ލަތީފާއި ނުއުމާން އަބްދުﷲ އަދި އަހުމަދު އިބްރާހިމްގެ މައްޗަށެވެ. މި މީހުންގެ ތެރެއިން ހައި ކޯޓުން ދެމެހެއްޓީ އަހްމަދު އިބްރާހިމްގެ މައްޗަށް ކުރި ހުކުމެވެ. ޖަލު ހުކުމް އައި މީހުންގެ ތެރެއިން ލަތީފަކީ ހުސޭނުބެ އަށް ބޮޑުބޭބެ ކިޔާ މީހެކެވެ. މީނާގެ އިސްތިއުނާފުގެ އަޑުއެހުމެއް މިއަދު ހައި ކޯޓުގައި ތާވަލްކޮށްފައިވެ އެވެ.
އަހްމަދު އިބްރާހިމްގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފުކޮށް ހުކުމް ބާތިލްކޮށްދިނުމަށް އެދި ތިން ކަމެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތަހުގީގު މަރުހަލާގައި ވަކީލެއްގެ އެހީތެރިކަން ނުދިނުމާއި ހުށަހަޅާފައިވާ ހެކިން، ގާނޫނުއަސާސީގައި ބުނާ މިންވަރަށް ކުށް ސާބިތު ނުވުމާއި ނުބައި ހުކުމެއް ކޮށްފައިވާ ކަމަށް ބުނާ ނުކުތާ އެވެ.
ނަމަވެސް ހައި ކޯޓުން ކުރި ހުކުމުގައި ވަނީ މަރުގެ ތުހުމަތުގައި އަހްމަދު ހައްޔަރުކޮށް އޭނާ އަށް ދީފައިވާ ލިޔުމުގައި އޭނާ ސޮއިކޮށް ފިންގަޕްރިންޓް ޖަހާފައި ވާއިރު، އޭނާ އަށް ލިބިގެންވާ ގާނޫނީ ހައްގުތައް އޭގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ގާނޫނީ އިންޒާރަށް ބަލާއިރު، ވަކީލެއްގެ އެހީތެރިކަން ތަހުގީގު މަރުހަލާގައި ދިން ކަމަށާއި ހާދިސާ ހިނގި ހޯރަފުއްޓަށް ވަކީލު ވަޑައިގަތުމުން އޭނާ އަށް އާންމުން ހުރަސް އެޅުމުން ފުލުހުންގެ އެހީތެރިކަން ވަކީލުންނަށް ދިން ކަމަށް ހުކުމުގައިވެ އެވެ. އަދި ފަހުން، ވަކީލެއްގެ ޣައިރު ހާޒިރުގައި ތަހުގީގު ކުރިއަށް ގެންދިއުމުގައި އިއުތިރާޒެއް ނެތް ކަމަށް އަހްމަދު ބުނެފައި އަނެއްކާ އޭގެ ފަހުން އަނެއްކާވެސް ވަކީލެއް ބޭނުންވާ ކަމަށް ބުނެފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ފަހުން ބަޔާނުގައި ސޮއިކުރަން ބުނުމުން ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ތަހުގީގަށް ފަހު ޝަރީއަތުގެ މަރުހަލާގައި އަހްމަދު ވަނީ ވަކީލެއްގެ އެހީ ހޯދައިފަ އެވެ.
އަހްމަދުގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ބުނި ނަމަވެސް، ކުށުގެ ތުހުމަތަށް އޭނާ ހައްޔަރު ކުރުމުން ތަހުގީގަށް އެއްބާރުލުން ދީ ކުށުގެ ވެށިން ހެކިތައް ދައްކައި، ފޭރުނު ފައިސާ ގުނަން ތިބި ތަން ވެސް ދެއްކި ކަމަށާއި މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ފޮރުވާފައި ހުރި ތަންތަނުން ނަގައި ދެއްކި ކަމަށް ވެސް ހުކުމުގައިވެ އެވެ. މީގެ އިތުރުން ބުނެފައި ވަނީ ފޮރެންސިކް ތަހުލީލުތަކުން ވެސް، ކުށުގެ ވެށިން ފެނުނު އެއްޗިއްސާ އަހްމަދާ ގުޅުން ހުރިކަން އެނގޭ ކަމަށެވެ.
އަހްމަދަށް ހުކުމް ކޮށްފައި ވަނީ ތަހުގީގުގައި ދިން ބަޔާނުގެ މައްޗަށް ބުރަވެ ކަމަށް ބުނި ނަމަވެސް، އޭގެ އިތުރުން އެކި ހެކިތަކާއި ފޮރެންސިކް ރިޕޯޓްތަކަށް ވެސް ރިއާޔަތްކޮށްފައިވާކަން، ދަށު ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަން ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އިއްތިފާގުން އިއްވެވި ހުކުމުގައިވެ އެވެ.
ހުސޭނުބޭގެ މަރުގެ މައްސަލާގައި ކޮށްފައިވާ ހުކުމުގައިވާ ގޮތުން އޭނާ ރަހީނުކުރީ 2010، ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާ ރަހީނުކޮށް ފަޅު ގެއެއްގެ ތެރޭގައި ބަންދުކޮށް އަނިކޮށްފައިވެ އެވެ. ނަމަވެސް ގަސްތުގައި މަރާލިކަން ޝަރީއަތަށް ސާބިތު ނުވާތީ އުމުރަށް ޖަލަށް ލާން ހުކުމްކުރީ އެވެ. ދައުލަތުގެ ވަކީލުން މި މައްސަލާގައި ކުރިން ބުނެފައި ވަނީ ހުސޭނުބޭ ރަހީނުކޮށް ފަޅުގޯއްޗަކަށް އެއްލާލުމަށް ފަހު އަނގަޔަށް ވެލި އަޅައި ނޭވާ ހާސްކޮށްލީ ކަމަށެވެ. އަދި ހުސޭނުބޭ ދިރިއުޅޭ ގެއިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މަރުގެ ތުހުމަތަށް ހައްޔަރުކުރީ ކުއްޖާގެ ދެ އެކުވެރިން!
ރަހީނުކޮށް މަރާލައި މޫދަށް އެއްލައިލި ކުއްޖަކު ހޯދައިފި
ހުސޭނުބެގެ މަރު: އެކަކު ޖަލު ހުކުމް ކުޑަކޮށްފި
ހުސައިންގެ ގާތިލަކަށް އިއްވި މަރުގެ ހުކުމަށް ތާއީދު
ނޫ ގާނޫނުއަސާސީގެ ދަށުން ކުރި މަރުގެ ހުކުމެއް ބާތިލް
ލަމްހާ ދޫކުރި މައްސަލަ ބަލަންޖެހޭ ސަބަބެއްނެތް:ހައިކޯޓް
ޒަކިއްޔާގެ މަރުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް:ސީޕީ
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު
އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ