12 އެޕްރީލް 2019
ޖާނުން ފިދާވެގެން ރާއްޖޭގައި ހަމަލައެއް ދޭން ރޭވިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ދެ މީހުން ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު މިނިވަން ކޮށްފައިވަނިކޮށް އެ ދެ މީހުން އަލުން ޖަލަށް ލުމަށް ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
ޖާނުން ފިދާވެގެން ރާއްޖޭގައި ހަމަލައެއް ދޭން ރޭވިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ދެ މީހުން ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު މިނިވަން ކޮށްފައިވަނިކޮށް އެ ދެ މީހުން އަލުން ޖަލަށް ލުމަށް ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
އޮގަސްޓް 2017ގައި ޖާނުން ފިދާވާން ރޭވިކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ރ. މަޑުއްވަރީ ވިލުދޮޅި އިސްހާގް އަލީ އާއި ޏ. ފުވައްމުލަކު އަލުވިމާގޭ ހުސައިން އަފީފްގެ މައްޗަށެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އެ ދެ މީހުން ދޫކޮށްލަން ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން އަމުރުކުރީ ބަންދަށް ލުޔެއް ދިނުމަށް އެ ދެ މީހުންގެ ފަރާތުން ހުށަހެޅުމުންނެވެ. އެ މީހުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ.
އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އިއްޔެ ހުކުމް ކޮށްފައިވަނީ އެ ދެ މީހުންގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ކަރެކްޝަންސްގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި އޮތް އެ މައްސަލައިގައި މިހާރު ކުރިއަށް ގެންދަނީ އިބްތިދާއީ މަރުހަލާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެ ދެ މީހުންގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ތަހުމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން އަންގައިފި
ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިތުރު 2 މީހަކަށް ދައުވާ
އިސްހާގު ބަންދުކުރީ ރަނގަޅަށް: ހައި ކޯޓު
ބޮން ގޮއްވި މައްސަލައިގައި ހަތަރު މީހަކަށް ދައުވާކޮށްފި
ހަރުކަށިފިކުރު މީހުން އަލުން ހައްޔަރުކުރަން އަމުރުކޮށްފި
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ކުރީގެ ޕީޖީ މުހުތާޒު މިނިވަން ކޮށްފި
ޖާނުންފިދާވެ ހަމަލާދޭން އުޅުނު ދެ ދިވެހިންނަށް ދައުވާ
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
އެމްބަސީ ކައިރީގައި މުޒާހަރާ ކުރާތީ ޝަކުވާ ލިބޭ: ޕީޖީ