11 އެޕްރީލް 2019
ލިޒްބަން، ޕޯޗުގަލް (އޭޕްރީލް 11) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހަށް ރަތް ކާޑު ދައްކަން ޖެހޭ ކަމަށް ޕޯޓޯގެ ރައީސް ނޫނޯ ޕިންޓޯ ޑަ ކޮސްޓާ ވިދާޅުވެއްޖެ އެވެ.
ލިޒްބަން، ޕޯޗުގަލް (އޭޕްރީލް 11) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހަށް ރަތް ކާޑު ދައްކަން ޖެހޭ ކަމަށް ޕޯޓޯގެ ރައީސް ނޫނޯ ޕިންޓޯ ޑަ ކޮސްޓާ ވިދާޅުވެއްޖެ އެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި އަންގާރަ ދުވަހު ކުޅުނު މެޗުގައި ޕޯޓޯ ބަލިވީ 2-0 އިންނެވެ. އެ މެޗުގެ ދެ ވަނަ ހާފްގައި ލިވަޕޫލްގެ ސަލާހް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޕޯޓޯގެ ކެޕްޓަން ޑެނިލޯ ޕެރޭރާ ފައި މައްޗަށް ފައިން އެރުނުއިރު، މެޗުގެ ރެފްރީ ދިނީ ފައުލެއް އެކަންޏެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު ވެސް ރެފްރީ ސަލާހަށް ކާޑެއް ނުދައްކަ އެވެ.
ނޫނޯ ވިދާޅުވީ ސަލާހް މަސައްކަތްކުރަނީ އަބަދުވެސް އޭނާ އަށް ރެފްރީންގެ ހިމާޔަތް ލިބޭ ގޮތަށް ކަމަށާއި އެ ފުރުސަތު އެއްވެސް ކުޅުންތެރިއަކަށް ލިބިގެންނުވާނެ ކަމަށެވެ.
"އަހަރެމެން ޝުކުރުކުރަން ޑެނިލޯގެ ފައި ބިންދައިގެން ނުދިޔަކަމަށްޓަކައި. ސަލާހަށް ރަތް ކާޑު ދައްކަން ޖެހޭ ފައުލެއް އެއީ. ވީއޭއާރްގެ އެހީ ބޭނުންކޮށްގެން އެ ފަދަ ފައުލުތައް ރަނގަޅަށް ބަލަން ޖެހޭ. އެކަމަކު މީގެ މި އޮންނަ ގޮތަކީ ސަލާހް ކަހަލަ ކުޅުންތެރިންނަކީ ރެފްރީންގެ ހިމާޔަތް ހޯދައިގެން ކުޅޭ ކުޅުންތެރިންވީމަ އެ ކުޅުންތެރިންނާ ދެކޮޅަށް ނިންމުމެއް ނާންނަނީ." ނޫނޯ ވިދާޅުވި އެވެ.
ފުރަތަމަ ލެގުގައި ޕޯޓޯ އިން ޕެނަލްޓީއެއް ހޯދުމަށް ދެ ފަހަރެއްގެ މަތިން އެޕީލްކުރި އެވެ. އެއީ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ޒުވާން ފުލްބެކް ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް އަތުގައި ޖެހުނު ބޯޅައަކާއި ދެ ވަނަ ހާފްގައި ޑޭޔާން ލޮވްރެން އަތުގައި ޖެހުނު ބޯޅައެކެވެ.
ނޫނޯ ވިދާޅުވީ ހިނގާދިޔަ ކަންތައްތަކަށް ބަލާއިރު ފުރަތަމަ ލެގުގެ ނަތީޖާ އިންސާފުވެރިކަމަށް ބަލައިގަނެވެން ނެތް ކަމަށެވެ.
"ވީއޭއާރްގެ އެހީގައި ވެސް ފައިދާ ވަނީ ބޮޑު ޓީމަށް. ޕޯޓޯ އަށް ލިބެން ޖެހޭ ޕެނަލްޓީ ވެސް ނުލިބުނު. އަހަރެންގެ ނަޒަރުގައި ފުރަތަމަ ލެގުގައި ޕޯޓޯ އަށް ލަނޑެއް ޖެހޭނެ ވަރުގެ ނިންމުންތައް ދިޔައީ ދެކޮޅަށް،" ނޫނޯ ވިދާޅުވި އެވެ.
މިދިޔަ އަހަރު މުބާރާތުގެ ދެ ވަނަ ބުރުގައި ޕޯޓޯ އަތުން ލިވަޕޫލް ވަނީ ފަސޭހަކަމާ އެކު މޮޅުވެފަ އެވެ. އެ ގޮތުން ޕޯޓޯ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ލިވަޕޫލް މޮޅުވީ 5-0 އިންނެވެ. ދެ ވަނަ ލެގުގައި ލިވަޕޫލް ދަނޑުގައިވީ 0-0 އިން އެއްވަރެވެ. މި ފަހަރުގެ ކުއާޓާގައި ފުރަތަމަ ލެގުން ލިވަޕޫލް އަމިއްލަ ދަނޑުގައި މި ވަނީ 2-0 އިން މޮޅުވެ، ސެމީގެ އުއްމީދު ބޮޑުކޮށްފަ އެވެ. ސެމީގެ ޖާގަ ޕޯޓޯ އަށް ލިބޭނީ އަންނަ ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ރަނގަޅު ލީޑަކާ އެކު މޮޅުވެގެންނެވެ.
ނޫނޯ ވިދާޅުވީ ފުރަތަމަ މެޗުގެ ކުޅުން ދިޔަ ގޮތަށް ބަލާއިރު ދެ ވަނަ ލެގުގައި ޕޯޓޯ އަށް ނަތީޖާ އަނބުރާލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ސަލާހުގެ ހެޓްރިކާ އެކު ޗެމްޕިއަންސް ލީގުގެ ރެކޯޑެއް
އޭސީ މިލާން ސަލާމަތެއް ނުވި، އެތުލެޓިކޯ ދެވަނަ ބުރަށް
މެސިއަސްގެ ލަނޑުން އޭސީ މިލާން އުންމީދު ދަމަހައްޓައިފި
ލިވަޕޫލް އަނެއް ބުރަށް، ބަޔާންގެ ރެކޯޑް ނިމުމަކަށް
ލިވަޕޫލާއި ސިޓީ މޮޅަކުން ޗެމްޕިއަންސް ލީގު ފަށައިފި
ސަލްޒްބާގު އަތުން ޗެމްޕިއަން ލިވަޕޫލަށް ހަނި މޮޅެއް
ރޮނާލްޑޯ އާއި ސަލާގެ ތެރެއިން ކުރި ހޯދާނީ ކާކު؟
ސަލާހުގެ މޮޅު ކުޅުމާ އެކު ލިވަޕޫލް ފައިނަލާ ގާތަށް
މިއީ 2005ގެ ލިވަޕޫލް ޓީމެއް ނޫން: ކްލޮޕް
ލިވަޕޫލް އެއް ވަނައިގައި، ރެއާލް ޕްރެޝަރުގައި