Roadha Mihaaru
އަލަނާސި ޕިއްޒާގެ ބަހުސަށް ނިމުމެއް ނެތް

އަލަނާސި ޕިއްޒާގެ ބަހުސަށް ނިމުމެއް ނެތް

11 އެޕްރީލް 2019

ޕިއްޒާއަކީ މިހާރު ވަރަށް ތަފާތު ގޮތްގޮތަށް ހަދަމުން އަންނަ މަގުބޫލު ކާނާއެކެވެ. ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ރަހަތަކާ ގުޅޭ ގޮތުން ޕިއްޒާ އަށް އެކި ގޮތްގޮތް އެބަ ހަދަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕިއްޒާއަކީ މިހާރު ވަރަށް ތަފާތު ގޮތްގޮތަށް ހަދަމުން އަންނަ މަގުބޫލު ކާނާއެކެވެ. ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ރަހަތަކާ ގުޅޭ ގޮތުން ޕިއްޒާ އަށް އެކި ގޮތްގޮތް އެބަ ހަދަ އެވެ.

އެކަމަކު އަދިވެސް ބަހުސް ކުރެވޭ އެއް ކަމެއް އެބަ އޮތެވެ. އެއީ ޕިއްޒާގެ ޓޮޕިން އަށް އަލަނާސި އަކީ ކަމުދާ އެއްޗަކަށް ވެދާނެތޯ އެވެ؟ މި ބަހުސް ޕިއްޒާގެ ތަޖުރިބާކާރުންނާއި ޕިއްޒާ އަށް ލޯބިކުރާ މީހުންގެ ތެރޭގައި ވެސް ބޮޑެވެ. އަދި ޕިއްޒާ އުފަންވެގެން އައި އިޓަލީގައި ވެސް ޕިއްޒާ އާއި އަލަނާސިއަކީ އެހާ ގުޅޭ ވާހަކައަކަށް ނުވެ އެވެ.

ނަމަވެސް އޭގެ ކޮޅުމަތި މިހާރު ވަނީ ބަދަލުވާން ފަށައިފަ އެވެ. ޕިއްޒާގެ ތަޖުރިބާކާރު، މަޝްހޫރު ޝެފުން ވެސް މިހާރު އަންނަނީ އަލަނާސި ޕިއްޒާގެ މައްސާލަގައި މާ ހޫނު ބަހުސަކަށް ދާން ނުޖެހޭ ކަމަށް ބުނަމުންނެވެ.

އަލަނާސި އަޅައިގެން ހަދާފައިވާ ފިއްޒާއެއް.

އަލަނާސި އަޅައިގެން ހަދާފައިވާ ފިއްޒާއެއް.

އެހެންވެ އަލަނާސި ޕިއްޒާ ތަޖުރިބާކޮށްގެން، ކަސްޓަމަރުންގެ ހިތްތައް ވެސް އަތުލާފައިވާ ކަމަށް ބައެއް ޝެފުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން އެކަކީ "800 ޑިގްރީޒް ޕިޒޭރިއާ" ގެ ޝެފް އެންތަނީ ކެރޯން އެވެ.

ކުރިން އަލަނާސި ޕިއްޒާއާ ވަރަށް ދެކޮޅު އަދި އެ ރަހަ ތަޖުރިބާކުރަން ވެސް ބޭނުން ނުވި ޝެފް މިހާރު ބުނަނީ އަލަނާސި ޕިއްޒާ އަކީ ހަމަ ވަރަށް ފައްކާ ރަހައެއް ކަމަށެވެ. އެކަމަކު އޭނާ ގަބޫލުކުރާ އެއް އުސޫލެއް އެބައޮތެވެ. އަލަނާސި ޕިއްޒާ ތައްޔާރުކުރަން ވާނީ ދަޅުގައި ބަންދުކޮށްފައި ހުންނަ އަލަނާސީގެ ބަދަލުގައި ސީދާ ތާޒާ އަލަނާސިންނެވެ.

"އަތުން އަލަނާސި ކޮށާފައި އެކްސްޓްރާ ވާޖިން އޮލިވް އޮއިލާއި ލޮނާ އެކު ޕިއްޒާ ފިހެލީމަ ހަމަ ވަރަށް ވެސް މީރު. އަލަނާސި ރަނގަޅަށް ކެމެރަމައިލައިޒްވީމަ މީގެ އަސްލު ރަހަ އެނގޭނީ،" އެންތަނީ ބުންޏެވެ.

"އެމިލީ އެންޑް އެމިލީ ސްކޮއާޑް" ގެ ޝެފް އެމިލީ ވެސް ގަބޫލު ކުރާ ގޮތުގައި އަބަދު އެއްގޮތަކަށް ޕިއްޒާ ކެއުމަކީ ފޫހި ކަމެކެވެ. އެހެންވެ އޭނާ އަބަދުވެސް ކަސްޓަމަރުންނަށް ތަފާތު ރަހައެއް ގެނެސް ދޭން ބޭނުންވާ ކަމަށް ބުންޏެވެ.

އަލަނާސި އަޅައިގެން ހަދާފައިވާ ފިއްޒާއެއް.

އަލަނާސި އަޅައިގެން ހަދާފައިވާ ފިއްޒާއެއް.

"މުޅި ޕިއްޒާގެ ރަހަ އަލަނާސިއާ ހެދި ގެއްލިގެން ނުދާ ގޮތަށް ޓޮޕިން އަށް އަލަނާސި އަކީ އަހަރެން ގަބޫލުކުރާ ގޮތުގައި ހަމަ ވަރަށް ރަނގަޅު ބާވަތެއް،" އޭނާ ބުންޏެވެ. "މީގައި އަސްލު މުހިއްމު ކަމަކީ ރަހަތައް ބެލެންސްކުރުން. އަލަނާސިއާ އެކު ޕިއްޒާ ހަދާއިރު އެއްގަމު މަހގެ ބާވަތެއް ނުވަތަ ކިމްޗީ ކަހަލަ އެއްޗަކާ އެކު ކުޅިކޮށް ޕިއްޒާ ހެދުމަކީ ރަހަ އިތުރަށް ފުރިހަމަކޮށް ދޭނެ ކަމެއް."

ނިއު ޔޯކްގެ ޕިއްޒާގެ ތަޖުރިބާކާރު ކޮންސަލްޓަންޓެއް ކަމަށްވާ ލުއީ ބުނި ގޮތުގައި "އަލަނާސި އަކީ ރަނގަޅަށް ބޭނުންކުރަން އެނގިއްޖެ ނަމަ ޕިއްޒާއާ ވަރަށް ގުޅޭނެ" އެއްޗެކެވެ. އެހެންވެ އަލަނާސި ޕިއްޒާ އަށް ފާޑުކިޔަން ނުޖެހޭ ކަމަށް ބުންޏެވެ.