31 އޯގަސްޓް 2016
ބްރުސެލްސް، ބެލްޖިއަމް (އޮގަސްޓް 31) - އާސެނަލާއި ފްރާންސްގެ ކުރީގެ ފޯވާޑް ތިއަރީ އޮންރީގެ ކޯޗިންގެ މާ ބޮޑު ތަޖުރިބާއެއް ނެތެވެ. އެހެންވެ ބެލްޖިއަމްގެ ކޯޗުކަމާއި ރޮބާޓޯ މާޓިނޭޒް ހަވާލުވުމަށް ފަހު އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް އޮންރީ ހަމަޖެއްސުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ. އެހެން ނަމަވެސް ބެލްޖިއަމާ އެކު އޮންރީގެ މަސައްކަތް ފަށާފައިވާއިރު، އެ ޓީމުގެ ގިނަ ކުޅުންތެރިން އަންނަނީ އޭނާ އަށް ތައުރީފް ކުރަމުންނެވެ.
ބްރުސެލްސް، ބެލްޖިއަމް (އޮގަސްޓް 31) - އާސެނަލާއި ފްރާންސްގެ ކުރީގެ ފޯވާޑް ތިއަރީ އޮންރީގެ ކޯޗިންގެ މާ ބޮޑު ތަޖުރިބާއެއް ނެތެވެ. އެހެންވެ ބެލްޖިއަމްގެ ކޯޗުކަމާއި ރޮބާޓޯ މާޓިނޭޒް ހަވާލުވުމަށް ފަހު އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް އޮންރީ ހަމަޖެއްސުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ. އެހެން ނަމަވެސް ބެލްޖިއަމާ އެކު އޮންރީގެ މަސައްކަތް ފަށާފައިވާއިރު، އެ ޓީމުގެ ގިނަ ކުޅުންތެރިން އަންނަނީ އޭނާ އަށް ތައުރީފް ކުރަމުންނެވެ.
"އަހަރެންގެ މައިންބަފައިންނަށް ވެސް މިހާ ކަނުލައި އަޑު އެހި ހަނދާނެއް ނުވޭ،" މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީއާ ގުޅުނު ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ، އޮންރީއާ އެކު ފުރަތަމަ ޓްރެއިނިން ފުރިހަމަ ކުރުމަށް ފަހު ޓްވީޓްކުރި އެވެ.
މީގެ އިތުރުން ޗެލްސީގެ މިޑްފީލްޑަރު އެޑެން ހަޒާޑާއި ލިވަޕޫލްގެ ފޯވާޑް ޑިވޮކް އޮރީގީ އަދި ކްރިސްޓަލް ޕެލަސްގެ ފޯވާޑް ކްރިސްޓިއަން ބެންޓެކޭ ވަނީ އޮންރީ އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.
"އޮންރީ އަކީ ދުނިޔޭގެ ވަރުގަދަ ހުރިހާ މުބާރާތެއް ކުޅެފައި ކާމިޔާބު ހޯދާފައި ހުރި ކުޅުންތެރިއެއް. އޭނާގެ ފުޓްބޯޅަ ހުނަރާ ބެހޭ ގޮތުން ސުވާލު އުފައްދާނެ މީހެއް ނެތް. ކޯޗިންގެ ތަޖުރިބާ ނެތަސް އޭނާގެ ފަރާތުން އެއްޗެއް ދަސްކުރުމުގެ ފުރުސަތު ލިބުނީތީ އުފާކުރަން،" ބެލްޖިއަމް އެފްއޭގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުންޏެވެ.
ބެލްޖިއަމްގެ ފަރިތަކުރުންތަކުގެ ތެރެއިން ހަޒާޑަށް (ކ) އޮންރީ ކިޔައިދެނީ.-- ފޮޓޯ: އޭއެފްޕީ
މޮނާކޯ، ޔުވެންޓަސް، އާސެނަލް އަދި ބާސެލޯނާ އަށް ކުޅުނު އޮންރީ ކުޅުން ހުއްޓާލީ އެމްއެލްއެސްގެ ނިއުޔޯކް ރެޑްބުލްސް އަށް ކުޅުމަށް ފަހު 2014 ވަނަ އަހަރު އެވެ. ކުޅުން ހުއްޓާލުމަށް ފަހު އޮންރީ މަސައްކަތް ކުރަމުން އައީ މަޝްހޫރު ކުޅިވަރު މީޑިއާ ސްކައި ސްޕޯޓްސްގެ ފުޓްބޯޅަ އެކްސްޕާޓެއްގެ ގޮތުގައި އަދި އާސެނަލްގެ 18 އަހަރުން ދަށުގެ އެކަޑަމީ ކޯޗެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް މިދިޔަ ޖުލައި މަހު އާސެނަލްގެ ކޯޗު އާސެން ވެންގާއާ މައްސަލަ ޖެހިގެން އޮންރީ ވަނީ އާސެނަލްގެ އެކަޑަމީގެ ކޯޗުކަން ދޫކޮށްލައިފަ އެވެ.
އޮންރީ ބުނީ ކޯޗިންގެ ތަޖުރިބާ އޭނާގެ މަދު ނަމަވެސް ކުޅުންތެރިންގެ އެއްބާރުލުމާ އެކު މާޓީނޭޒާ އެކު ބެލްޖިއަމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދޭވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މާޓީނޭޒާއި އޮންރީ ބެލްޖިއަމް ގޮވައިގެން ނުކުންނަ ފުރަތަމަ މެޗަކީ މާދަމާރޭ ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށް ފަހު ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ހަފްތާގެ އަންގާރަ ދުވަހު ސައިޕްރަސްއާ ބައްދަލުކުރާނެ އެވެ.
އޮންރީ އަލުން ބެލްޖިއަމްގެ އެސިސްޓެންޓަކަށް
ކޯޗިން އަށް ވަގުތުދޭން އޮންރީ ޓީވީ ވަޒީފާ ދޫކޮށްލައިފި
"އޮންރީ އަށް އޮތީ ހިތާއި ސިކުނޑީގެ ހަނގުރާމައެއް"
ބެލްޖިއަމް ގޮވައިގެން އޮންރީ ފްރާންސާ ދެކޮޅަށް
ބެލްޖިއަމް ޓީމުން އޮންރީ އަށް ލިބޭ މުސާރަ ޗެރިޓީ އަށް
ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗަކަށް އޮންރީ
ބެލްޖިއަމްގެ ބައި ގޯލަކުން ފްރާންސް ގަދަ އަށަކަށް
ގުރޫޕްގެ ދެވަނަ އާއެކު ބެލްޖިއަމަށް ޖެހުނީ ފްރާންސް
ޔޫކްރޭން ރޮއްވާލުމަށްފަހު އަނެއް ތިން ޓީމުން އުފާކުރަނީ
ރޮމޭނިއާ ބަލިކޮށް ބެލްޖިއަމް އަލުން ޓްރެކަށް