ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެމް) އިން ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އާ އެކު ކުރިއަށްގެންދާ ވާއު ކިޑްސް ރަންގެ ފަންޑް ރައިޒް ކުރާ ޕްލެޓްފޯމް ހުޅުވާލައިފި އެވެ.
09 އެޕްރީލް 2019
ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެމް) އިން ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އާ އެކު ކުރިއަށްގެންދާ ވާއު ކިޑްސް ރަންގެ ފަންޑް ރައިޒް ކުރާ ޕްލެޓްފޯމް ހުޅުވާލައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ފަންޑް ރައިޒް ޕްލެޓްފޯމް ހުޅުވާލުމާ އެކު ދުވުމުގެ ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް 2000ރ. އާ ހަމަޔަށް ފައިސާ ހަދިޔާ ކުރެވޭނެ ކަމަށެވެ.
މިއަދުން ފެށިގެން ވާއު ކިޑްސް ރަންގައި ރަޖިސްޓާ ކުރެވޭނެ އެވެ. އަދި ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް ފަންޑު ރައިޒު ކުރެވޭނެ އެވެ.
"މި ޕްލެޓް އަޅުގަނޑުމެން މިއަހަރު ހާއްސަކޮށްފައިވަނީ އާކު ޖަމިއްޔާއިން ހިންގާ ބީޓް ބުލިއިން ނުވަތަ ހަނގާ ކުރުމަށް. އެ ޕްރޮގްރާމަށް ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ،" އޭނާ ވިދާޅުވި އެވެ.
އެޑްވޮކޭޓިން ދި ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގެ މެނޭޖިން ޑިރެކްޓަރު މުރުތަލާ މޫސާ ވިދާޅުވީ، ބީއެމްއެލްއާ ގުޅިގެން ފެށި މި މަސައްކަތުން ހަނގާ ކުރުމާ ދެކޮޅަށް ފަށާފައިވާ ޕްރޮގްރާމް ހިންގުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.
"މި ޕްލެޓް ފޯމުގެ ސަބަބުން ބީޓު ބުލީންނަށް ފަންޑް ރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ. ބުލީ އާ ދެކޮޅަށް އަޅުގަނޑުމެން މަސައްކަތް ފަށައިފިން 2014 ވަނަ އަހަރުން ފެށިގެން. އަޅުގަނޑުމެންގެ ތަފާސްހިސާބުތަކުން ގާތްގަނޑަކަށް 50 ޕަސެންޓު ކުދިންނަށް ބުލީ ކުރޭ،" އޭނާ ވިދާޅުވި އެވެ.
ބުލީ ކުރުމާ ދެކޮޅަށް ކުރިއަށްގެންދާ ހޭލުންތެރި ކުރުމުގެ ހަރަކާތްތަކަށް، މި ލިބޭ ފައިސާއިން ހަރަދު ކުރެވޭނެ ކަމަށް މުރުތަލާ ވިދާޅުވި އެވެ. މި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުގައި ޓީޗަރުންނާއި ބެލެނިވެރިންނާއި ސްކޫލު ކުދިން ބައިވެރިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެޑްވޮކޭޓިން ދި ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގެ މެނޭޖިން ޑިރެކްޓަރު މުރުތަލާ މޫސާ ނޫސްވެރިންނަށް މައުލޫމާތު ދެނީ--ފޮޓޯ:ހުސައިން ވަހީދު/މިހާރު
ވާއު ކިޑްސް ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ގަ އެވެ.
މި އަހަރުގެ ރޭހުގައި ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ގްރޫޕާއި ހަ އަހަރާއި އަށް އަހަރާ ދެމެދުގެ ގުރޫޕާއި އަށް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިން ދުވާނީ ބެލެނިވެރިންނާ އެކު އެވެ. ނަމަވެސް އުމުރުން 10 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިން ދުވާނީ ބެލެނިވެރިން ނުލަ އެވެ. އުމުރުން 4-6 އަހަރާއި 6-8 އަހަރާ ދެމެދުގެ ކުދިން ބައިވެރިވާނީ ދެ ކިލޯމީޓަރުގެ ދުވުމުގަ އެވެ. އުމުރުން 8-10 އަހަރާ ދެމެދުގެ ކުދިން ބައިވެރިވާނީ ތިން ކިލޯމީޓަރު ދުވުމުގަ އެވެ. އުމުރުން 10-13 އަހަރާ ދެމެދުގެ ކެޓަގަރީގެ ކުދިން ބައިވެރިވާނީ ހަތަރު ކިލޯމީޓަރަށެވެ.
ކޮންމެ އުމުރު ފުރާ އަކުން 300 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެހެންކަމުން ހަތަރު އުމުރު ފުރާއިން ޖުމްލަ 1200 ކުދިންނަށް ބައިވެރިވެވޭނެ އެވެ. ބައިވެރިވާ ކޮންމެ ކުއްޖަކަށް 2000ރ. ހަދިޔާ ކުރެވިއްޖެ ނަމަ ޖުމްލަ 2.4 މިލިއަން ރުފިޔާ މި ހަރަކާތަށް ލިބޭނެ އެވެ.
ބީއެމްއެލުން އެމްއޭޕީޑީ އަށް އެއްލައްކަ ރުފިޔާ ދީފި
ބީއެމްއެލުން އާކަށް 60،000ރ. ދީފި
ބީއެމްއެލް ވާއު ކިޑްސް ރަން މިމަހު 27 ގައި
ބީއެމްއެލް: މަތީ ފަންތީގެ ބޭންކުތަކާ އެއްހަމައެއްގައި
ހއ. އާއި ދ.ގެ އޭޓީއެމުން 25 މިލިއަން ޖަމާކުރި
ބީއެމްއެލް އިސްލާމިކްއަށް 2.4 ބިލިއަންގެ ޑިޕޮސިޓް
ފައިސާ މަދުކޮށް ފެނުނު މައްސަލަ ހައްލުކޮށްފި
ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި އީދު ސައި
ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ބީއެމްއެލްގެ އޭޓީއެމް
ބީއެމްއެލް އިސްލާމިކްގެ އެހީ މަމްސް އެއިޑަށް