ބީއެމްއެލާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މި އަހަރުގެ ދުވުން މިއަދު ބާއްވައިފި އެވެ.
25 ޑިސެމްބަރ 2021
ބީއެމްއެލާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މި އަހަރުގެ ދުވުން މިއަދު ބާއްވައިފި އެވެ.
ހުޅުމާލޭގައި އޮތް މި ދުވުމުގައި ހަތަރު އުމުރުފުރާއަކުން 900 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
މި ދުވުމާ ގުޅުވައިގެން ބީއެމްއެލުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސަބިލިޓީސް (އެމްއޭޕީޑީ) އަށް 100،000 ރުފިޔާ ހަދިޔާ ކޮށްފަ އެވެ. މި ފައިސާ އެ ޖަމިއްޔާއާ ހަވާލު ކޮށްދެއްވީ ބޭންކުގެ ބޯޑުގެ ޗެއާމަން ޔޫޝައު ސައީދާއި ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދެވެ.
އެމްއޭޕީޑީން މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާ އިން ހިންގަމުންދާ 'ހެލްތީ ޕީޑަބްލިއުޑީސް" ޕްރޮގްރާމަށެވެ. މި ޕްރޮގްރާމްގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފިޒިއޯ ތެރަޕީ ދިނުމާއި ބިހޭވިއާ، ސްޕީޗް އަދި އޮކިއުޕޭޝަނަލް ތެރަޕީ ދޭނެ އެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ، ޓީއެފްޖީއާ އެކު މި ދުވުން މި އަހަރަ ވުސް ވަރަށް ފުރިހަމަ ގޮތެއްގައި ބޭއްވުނު ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައި ދިނުމުގެ ބޭނުމުގައި ބާއްވާ ހާއްސަ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފަހަރުގެ ދުވުމާ ގުޅުވައިގެން ބޭންކުން އެހީތެރިކަން ފޯރުކޮށްދެވޭ ޕްރޮގްރާމަކީ ވެސް މުޖުތަމައަށް ވަރަށް ވެސް ބޭނުންތެރި ޕްރޮގްރާމެއް،" އާއިޝަތު ނޫރައްދީން ވިދާޅުވި އެވެ.
އެކި އުމުރު ފުރާތަކާ ގުޅޭގޮތަށް މި ދުވުން ކުރިއަށް ގެންގޮސްފައި ވަނީ 1.3 ކިލޯ މީޓަރާއި ދެ ކިލޯމީޓަރާއި ތިން ކިލޯ މީޓަރު އަދި ހަތަރު ކިލޯ މީޓަރުގެ ދިގު މިނަށެވެ. ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފަ އެވެ.
ވާއު ކިޑްސްގެ ފަންޑް ރައިޒްކުރާ ޕްލެޓްފޯމް ހުޅުވާލައިފި
ބީއެމްއެލް ވާއު ކިޑްސް ރަން މިމަހު 27 ގައި
ބީއެމްއެލްގެ ހިދުމަތްތައް މިރޭ ދަންވަރު މެދުކެނޑޭނެ
މެއިލިން އެޑްރެސް އަޕްޑޭޓްކުރުމަށް ބެންކުން އެދިއްޖެ
ބީއެމްއެލްގެ ހިއްސާގެ އަގު ރެކޯޑު އަދަދަކަށް މަތިވެއްޖެ
ބީއެމްއެލްގެ ޗެއާޕާސަން، ބޯޑު މެމްބަރުން އައްޔަނުކޮށްފި
ފައިސާގެ މުއާމަލާތްތަކުގެ 99 ޕަސެންޓު ޑިޖިޓަލް:ޝަރީފު
ބީއެމްއެލްއިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކާ
ޓޫރިޒަމަށް މިހާރު ދޫކޮށްފައިވާ ލޯނު 8 ބިލިއަނަށް އަރާ
58 ޕަސެންޓު މީހުން ފައިސާ ޖަމާކުރަނީ ބީއެމްއެލްގައި