ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާ، އެޑްވަކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 60،000ރ. އިއްޔެ ހަދިޔާ ކޮށްފި އެވެ.
10 ޑިސެމްބަރ 2019
ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާ، އެޑްވަކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 60،000ރ. އިއްޔެ ހަދިޔާ ކޮށްފި އެވެ.
އެ ބޭންކުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފައިސާ އާކްއާ ހަވާލު ކޮށްދެއްވީ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ އެވެ. އެއީ، ބީއެމްއެލްގެ މުވައްޒަފުން ބޭންކުގެ ނަމުގައި ހަދިޔާ ކުރި ފައިސާ އެވެ.
އާކުން ބުނީ، މި ފައިސާ ބޭނުން ކުރާނީ އެ ޖަމިއްޔާ އިން ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމްތަކަށް ކަމަށެވެ.
އާކް އަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެ ކުދިންގެ ކުރިއެރުވުމަށް މަސައްކަތް ކުރަން 2009 ވަނަ އަހަރު އުފައްދާފައިވާ ޖަމިއްޔާ އެކެވެ.
އެ ޖަމިއްޔާ އިން ވަނީ ހަނގާ ކުރުން ހުއްޓުވުމަށް "ބީޓް ބުލީން"ގެ ނަމުގައި ފަންޑް ރައިޒިން ހަރަކާތެއް ވެސް ބީއެމްއެލްއާ ގުޅިގެން މި އަހަރު ކުރިއަށް ގެންގޮސްފަ އެވެ. ބީއެމްއެލްގެ "ވާއު ކިޑްސް" ދުވުމުގެ ބައިވެރިންގެ ފަރާތުން އެ ފަންޑަށް އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ އެ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ. ކުރިމަގުގައި މިފަދަ އެކި ހަރަކާތްތައް އެ ބޭންކުން ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް އެދުމުގެ ފުރުސަތު!
ބީއެމްއެލްގެ އެހީ ފުވައްމުލަކު ލައިބްރަރީ އަށް
ބީއެމްއެލްގެ އެހީ ގޮއިދު އަށް
ބީއެމްއެލްގެ ފަންޑުން އިތުރު ރަށްރަށަށް އެހީވަނީ
ބީއެމްއެލް އިން 60 މީހަކަށް ވީލްޗެއާ ހަދިޔާކޮށްފި
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ފަސް ރަށަކަށް އެހީވަނީ
ވާއު ކިޑްސްގެ ފަންޑް ރައިޒްކުރާ ޕްލެޓްފޯމް ހުޅުވާލައިފި
ބީއެމްއެލުން އިހަވަންދޫގެ 4 މީހަކަށް ވީލްޗެއާ ދީފި
ރަށްރަށަށް ބީއެމްއެލްގެ އެހީ އިތުރުކުރަން ނިންމައިފި
ބީއެމްއެލް އިން ކެންސަ ސޮސައިޓީ އަށް 30،000ރ