ހާމަކަމާ އެކު ދެ ފުށް ފެންނަ އުސޫލުން ސަރުކާރުގެ މަޝްރޫއުތަކަށް ބިޑް ކުރެވޭ ގޮތް ހަރުދަނާ ކުރުމުގެ ސަބަބުން މަޝްރޫއުތަކުގެ އަގުތައް 50 ޕަސެންޓް ކުޑަކުރެވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދ. މީދޫގައި، މިއަދު ވިދާޅުވެއްޖެ އެވެ.
03 އެޕްރީލް 2019
ހާމަކަމާ އެކު ދެ ފުށް ފެންނަ އުސޫލުން ސަރުކާރުގެ މަޝްރޫއުތަކަށް ބިޑް ކުރެވޭ ގޮތް ހަރުދަނާ ކުރުމުގެ ސަބަބުން މަޝްރޫއުތަކުގެ އަގުތައް 50 ޕަސެންޓް ކުޑަކުރެވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދ. މީދޫގައި، މިއަދު ވިދާޅުވެއްޖެ އެވެ.
އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މީދޫ ދާއިރާ އަށް ވާދަކުރައްވާ އަހުމަދު ނިޒާމްގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަނާއި ވައްކަމާ ހެދި މަޝްރޫއުތަކުން ނާޖައިޒު ފައިދާ ނަގާފައިވާ ކަމަށެވެ.
އެގޮތުން، ބޮޑެތި އަގުތަކުގައި ކުރީގެ ސަރުކާރުން މަޝްރޫއުތައް ހިންގާފައި ހުރި އިރު، ހާމަކަމާ އެކީގައި ހުޅުވާލެވިފައިވާ ބީޑަކަށް ދިއުމުން، އަސްލު އަގު ފެންނަން ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފ. ބިލެތްދު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ
"މިސާލަކަށް 70 މިލިއަން ރުފިޔާ ދީފައި ރަށެއްގައި އަޅާ ފެނާއި ނަރުދަމާގެ ނިޒާމު، މިއަދު ހުޅުވާލީމަ އޭގެ އަގު ތިރިވެއްޖެ 27 މިލިއަން ރުފިޔާ އަށް،" ރައީސް ވިދާޅުވި އެވެ.
ވައްކަމާއި ކޮރަޕްޝަން ނައްތާލެވިއްޖެ ނަމަ، ދައުލަތަށް ވަންނަ ފައިސާ އިން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ކުރެވޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިޚާބުގައި ވައުދުތައް ވެވަޑައިގަތީ ހިސާބު ޖެހި، ފައިސާ ހޯދޭނެ ގޮތްތައް އެނގިވަޑައިގަންނަވާތީ ކަމަށެވެ. އެކަމަކު މަޖިލިހުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ފުއްދަން ލަސްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައަި މި ސަރުކާރުގެ ވައުދަކީ ފަސް އަހަރު ނިމޭ އިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ތަފާތު ކުރުމެއް ނެތި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްދީ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ސްކޫލްގައި ރަނގަޅު ތައުލީމެއް ލިބޭނެ ގޮތް ހަދައި ދިނުމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފ. ބިލެތްދު އަށް ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ
"ހޮނިހިރު ދުވަހު ލާ ވޯޓަކީ އެނބުރި އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ތެރެއަށް ދާނީތޯ، އަޅުގަނޑުމެން ބޭނުންވާ ބަދަލު ގެންނާނީތޯ ބެލުމަށް ނެގޭ ވޯޓެއް. އަޅުގަނޑު އެދޭ އެދުމަކީ އިސްލާހީ މަސައްކަތުގައި ބައިވެރިވުން،" އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވައި ރައީސް ވިދާޅުވި އެވެ.
"އެހެންކަމުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި މި ދާއިރާގެ ރައްޔިތުންގެ އަރިހުން އެދެނީ ތިލަފަތަށް މިފަހަރު ވޯޓު ދެއްވުމަށް. އެއީ ތިޔަ ބޭފުޅުންނަށް ގެއްލިގެންދާނެ ކަމެއް ނޫން."
މަޖިލިސް އިންތިޚާބަކީ މުހިންމު އިންތިޚާބެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި، އެކަން ކަން ގަބޫލުކުރާ އަދި ތާއީދު ކުރާ މެމްބަރުންތަކެއް މަޖިލިހުގައި ތިބެން ޖެހޭނެ ކަމަށެވެ.
"ބޮޑު ކަމަކަށް" ނުކުރަނީ ވައްކަން: ރައީސް
ކުރިން ނުކޮށްދެވޭ ވަރުގެ މަސައްކަތް ކުރެވިއްޖެ: ރައީސް
"ރައީސަކީ ރާއްޖެ ނުދެކޭ ފަދަ އޯގާތެރި ވެރިއެއް"
ކުޅުދުއްފުށީގެ އާ ހޮސްޕިޓަލް އަޅަނީ ކުވެއިތު ފަންޑުން
ކުންފުނިތައް ގިނަކުރަނީ ފައްޔާޒަށް ބާރު ދިނުމަށް
މެމްބަރުންގެ ބަސް: ހިޔާނާތްތައް ބެލުމުގައި ފެއިލްވެއްޖެ
ކޮރަޕްޝަން ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ރައީސަށް
މަޝްރޫއުތައް ލަސްވަނީ ކޯލިޝަނާ ހެދި: ނަޝީދު
ރައީސް ދައްކަވާ ހައްލަކީ 3 އިންތިޚާބު އެކީ ބޭއްްވުން
މީރާގެ ބާރުތައް ފިނޭންސް މިނިސްޓްރީއަށް، ރަނގަޅުތަ؟