ހދ. ކުޅުދުއްފުށީގައި 100 އެނދުގެ ޓާޝަރީ އާ ހޮސްޕިޓަލް އަޅަން ކުވެއިތު ފަންޑުން އެހީ ހަމަޖެހި މަޝްރޫއުގެ ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
24 ފެބުރުއަރީ 2021
ހދ. ކުޅުދުއްފުށީގައި 100 އެނދުގެ ޓާޝަރީ އާ ހޮސްޕިޓަލް އަޅަން ކުވެއިތު ފަންޑުން އެހީ ހަމަޖެހި މަޝްރޫއުގެ ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހދ. އަތޮޅުގެ އެމްޑީޕީ ކެންޑިޑޭޓުން، ރައްޔިތުންގެ ފަރާތުން ހުށަހަޅާ ކަންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަޑު އައްސަވައި އެންމެ ބޮޑު އެއް މަޝްރޫއުގެ ގޮތުގައި ކުޅުދުއްފުއްޓަށް އޮތީ ހޮސްޕިޓަލް އެޅުންކަން ފާހަގަކުރެއްވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަތް އެ ބައްދަލުވުމުގައި ކުޅުދުއްފުއްޓަށް ޕްލޭންކޮށްފައި ހުރި މަޝްރޫއުތަކާއި ނިމިފައިވާ ކަންކަމުގެ ތަފްސީލްތައް ދެއްވި އެވެ.
ރައީސް ވިދާޅުވީ 100 އެނދުގެ އާ ހޮސްޕިޓަލް އެޅުމުގެ އިދާރީ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށެވެ. އެ ހޮސްޕިޓަލާ އެކު ކުޅުދުއްފުށީގެ ސިއްހީ ހިދުމަތްތަކަށް އިތުރު ކުރިއެރުންތަކެއް އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް. -- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
ސިއްހީ ޚިދުމަތް ހޯދަން މާލެއަށް ބަރޯސާވުން މަދުކުރަން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސިއްހީ ދާއިރާ ލާމަރުކަޒުކުރަން ގެނައި ބަދަލުތަކުގައި ކުޅުދުއްފުއްޓަށް ރަނގަޅު ބަދަލުތަކެއް ގެނެސްދެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި ނެންގެވީ މިދިޔަ އަހަރުގެ ތެރޭގައި 100،000 މީހުން ކުޅުދުއްފުށީ ހޮސްޕިޓަލުން ޚިދުމަތް ހޯދާފައި ވުމެވެ.
"ކުޅުދުއްފުށީގައި ވެސް އެންމެ ބޮޑު ބަދަލެއް ގެނެވުނު އެއް ދާއިރާ އަކީ ސިއްހީ ޚިދުމަތް. މިދިޔަ އަހަރު 100،000 މީހުން ޚިދުމަތް ހޯދާފައިވާ އިރު އޭގެތެރޭގައި 184 ރަށުގެ މީހުން ހިމެނޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް އާއްމުކުރެއްވި ތަފާސްހިސާބުގައިވާ ގޮތުން މި ވެރިކަމުގައި ކުޅުދުއްފުށީ ހޮސްޕިޓަލަށް 46 ޑޮކްޓަރުން ވަނީ ހަމަޖައްސައިދީފަ އެވެ. އޭގެތެރޭގައި 18 ސްޕެޝަލިސްޓުން ހިމެނެ އެވެ.
ކުޅުދުއްފުށީގައި ސީޓީ ސްކޭންގެ ޚިދުމަތް ވެސް މިހާރު ލިބެ އެވެ. އަންނަ މަހުގެ ތެރޭގައި އެމްއާރުއައި މެޝިން އިންސްޓޯލްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ އިތުރުން ރ. އުނގޫފާރާއި ގދ. ތިނަދު އާއި ލ. ގަމާއި އައްޑޫގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. ތިނަދޫ ހޮސްޕިޓަލް ވެސް އަޅަން ނިންމާފައި ވަނީ ކުވެއިތު ފަންޑުގެ އެހީގަ އެވެ. އުނގޫފާރު ހޮސްޕިޓަލް އެޅުމަށް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އާއްމުކުރެއްވި ހިސާބުތަކުގައިވާ ގޮތުން ދެ އަހަރުގެ ތެރޭގައި 104 މިލިއަން ރުފިޔާ ކުޅުދުއްފުށީގެ ޕީއެސްއައިޕީ އަށް ވަނީ ހޭދަވެފަ އެވެ. މީގެ އިތުރުން ހިލޭ ޑިގްރީ ޕްރޮގްރާމްގައި 246 ދަރިވަރަކު އަންނަނީ ކިޔަވަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން 202 މީހަކަށް އިންކަމް ސަޕޯޓްގެ ގޮތުގައި ތިން މިލިއަން އަދި ކަރަންޓް ސަބްސިޑީގެ ގޮތުގައި 51 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.
އަޅުގަނޑަށް ވެސް ކެތްވާނީ ވަކި މިންވަރަކަށް: ނަޝީދު
މަޝްރޫއުތައް ލަސްވަނީ ކޯލިޝަނާ ހެދި: ނަޝީދު
ރަށު ތަރައްގީއަށް ގެންގުޅެނީ "މޮޔަ ވިސްނުމެއް":ނަޝީދު
އިބޫއާ އެކު އުދާސްތައް ފިލައިފި، ކެމްޕޭން ކުރަންވީ: ރައީސް
ގޯސްތައް ދައްކަވައި އަމްރު ވިދާޅުވީ އިސްލާހުނުވި ކަމަށް
ކުރިން ނުކޮށްދެވޭ ވަރުގެ މަސައްކަތް ކުރެވިއްޖެ: ރައީސް
މެނިފެސްޓޯގައި ނިޒާމީ ވޯޓު ނަގާކަށް ނުނިންމާ: ސަރުކާރު
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
އަހުދުގެ މަތީގައި ދެމިހުންނެވީ ރައީސް އެކަނި: އަސްލަމް
ނަޝީދު އެންމެފަހުން ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންފި