Roadha Mihaaru

ކުއްޖާ ވަށިގަނޑަށް ލައިގެން ދުއްވީ ފުލުހެއް

ތުއްތު ކުއްޖަކު ސައިކަލް ވަށިގަނޑަށް ލައިގެން މާލޭގައި ދުއްވީ ފުލުހެއް ކަމަށާއި އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ކުއްޖާ ވަށިގަނޑަށް ލައިގެން ދުއްވީ ފުލުހެއް
ލަމްޔާ އަބްދުﷲ
ލަމްޔާ އަބްދުﷲ

03 އެޕްރީލް 2019

ތުއްތު ކުއްޖަކު ސައިކަލް ވަށިގަނޑަށް ލައިގެން މާލޭގައި ދުއްވީ ފުލުހެއް ކަމަށާއި އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލޭގެ ރިންގް ރޯޑުގައި ތުއްތު ކުއްޖަކު ސައިކަލެއްގެ ވަށިގަނޑަށް ލައިގެން ދުއްވަނިކޮށް ރޭ ދައުރުވާން ފެށި ވީޑިއޯ އަށް އާންމުން އަންނަނީ ފާޑު ކިޔަމުންނެވެ. ގާތްގަނޑަކަށް 10 ވަރަކަށް ސިކުންތުގެ މި ވީޑިއޯ އިން ފެންނަ ގޮތުގައި ސައިކަލްގެ ހެޑް ލައިޓް ވެސް ހުރީ އެ ކުއްޖާގެ ލޮލަށް ވާ ގޮތަށް ދިއްލައިފަ އެވެ.

މި މައްސަލައިގައި ފުލުހުުން މިއަދު ބުނީ އޭނާގެ ލައިސަންސް ފުލުހުން ހިފަހައްޓާނެ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި އެއީ ފުލުހަކަށް ވާތީ އެތަނުގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ޑިޕާޓްމަންޓުން އެ މައްސަލަ ވަކިން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފަސް އަހަރުން ދަށުގެ ކުދިން ގޮވައިގެން ސައިކަލް ދުއްވަން ޖެހެނީ ދުއްވާ މީހާ އާ އެކު ބެލްޓް އަޅުވައިގެންނެވެ. ރޭ އާންމުވި ވީޑިއޯގައި ފެންނަ ގޮތަށް ކުއްޖާގެ ފުރާނަ އަށް ނުރައްކާ ވެދާނެ ފަދަ އަމަލެއް ހިންގުމުން، އެ މައްސަލަ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ސަލާމަތާއި ޓްރެފިކް ގަވާއިދުތަކަށް އިހްތިރާމްކުރަން ފުލުހުން އިލްތިމާސްކުރާ ކަމަށެވެ.