ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ކައިވެނީގައި މައްސަލަތަކެއް ޖެހި ދެ ތަރިން ވަރިވާން އުޅޭ ކަމަށް ބުނެ ވާހަކަ ފެތުރި މަޖައްލާއާ ދެކޮޅަށް ދައުވާކުރަން އެ ދެމަފިރިން ނިންމައިފި އެވެ.
02 އެޕްރީލް 2019
ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ކައިވެނީގައި މައްސަލަތަކެއް ޖެހި ދެ ތަރިން ވަރިވާން އުޅޭ ކަމަށް ބުނެ ވާހަކަ ފެތުރި މަޖައްލާއާ ދެކޮޅަށް ދައުވާކުރަން އެ ދެމަފިރިން ނިންމައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ގިނަ ނޫސްތަކުން ބުނި ގޮތުގައި ވަރީގެ ވާހަކަ "ހަދަހަދައިގެން" ފެތުރި އޯކޭ މަޖައްލާއާ ދެކޮޅަށް ދައުވާކުރަން ނިންމީ ގެއްލުމުގެ ބަދަލަށް ބޮޑު އަދަދެއް ނަގައިދޭން އެދި އެވެ.
ނަމަވެސް ދައުވާއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް މީޑިއާތަކުން ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު އޯކޭ މަޖައްލާ އަށް ދައުވާ ކުރަން ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ބުންޏެވެ.
މިދިޔަ މަހުގެ ފަހުކޮޅު އޯކޭ މަޖައްލާ އިން ބުނި ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު އިންޑިއާގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތެއްގައި ކައިވެނި ކުރި ޕްރިޔަންކާ އާއި ނިކް ވަރިވާން ނިންމީ 36 އަހަރުގެ ޕްރިޔަންކާ 26 އަހަރުގެ ނިކް "އަނބިދަށުލާން" އުޅޭތީ އެވެ.
Priyanka Chopra aai Nick Jonas vari vanee?
The most trusted news source in the Maldives
Mihaaru
ޕްރިޔަންކާ އާއި ނިކްގެ ވަރީގެ ވާހަކަ ފެތުރީ އޯކޭ މަޖައްލާ އިން.
އެ މަޖައްލާ އިން ބުނެފައިވާ ގޮތުގައި ޕްރިޔަންކާ ވަނީ ނިކް "މުށުތެރެއަށްލާން" މަސައްކަތްކޮށް، އޭނާ ވަރަށް ބޮޑަށް "ކޮންޓްރޯލްކޮށްފަ" އެވެ. އަދި މިކަން ނިކްގެ އާއިލާގެ މީހުންނަށް ވެސް ވަރަށް ބޮޑަށް ފާހަގަކުރެވި، ނިކް، ޕްރިޔަންކާއާ ވަކިވާން އާއިލާ އިން ވެސް ބާރު އަޅަމުންދާ ކަމަށް ބުނެފައިވެ އެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ނިކް އަށް ވުރެ 10 އަހަރު ދޮށި ޕްރިޔަންކާ ވަނީ ރައްޓެހިވެގެން އުޅުނު އިރު "ވަރަށް ޅަވެގެން، 21 އަހަރުގެ އަންހެނެއް ކަމަށް ދައްކަން ވެސް މަސައްކަތްކޮށްފަ" އެވެ. އެކަމަކު އޭނާގެ އަސްލު ސޫރަން ފެންނަން ފެށީ ކައިވެންޏަށް ފަހު ކަމަށް ބުނެފައިވެ އެވެ.
— mariah smith (@mRiah) December 7, 2018
އޯކޭ މަޖައްލާ އިން މި ވާހަކަ ފެތުރި ދަނޑިވަޅަކީ ޕްރިޔަންކާ އާއި ނިކް އާއިލާގެ އިތުރު ބަޔަކާ އެކު މަޔާމީގައި އުގާވެރި މަޖާ ޗުއްޓީއެއް ހޭދަކޮށް، ފޮޓޯ އާއި ވީޑިއޯ ވެސް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ދިޔަ ވަގުތަކެވެ. އެހެންވެ ހަގީގަތުގައި ވެސް އެ ދެ މީހުންގެ މެދުގައި މައްސަލަ ޖެހި ވަރިވާން އުޅޭ ކަމަށް ބުނެ ފެތުރި ވާހަކަ ގަބޫލު ކުރަން ގިނަ ފޭނުންނަށް ވެސް އުނދަގޫ ކަމަކަށްވެފައިވެ އެވެ.
ޕްރިޔަންކާ އިނީ "ކުޑަކުއްޖަކާ" ކަމަށާއި "އެ ކައިވެންޏަކީ ނިކް އަށް މަޖުބޫރުކޮށްގެން ކުރި ކައިވެންޏެއް" ކަމަށް ބުނެ މީގެ ކުރިން "ދަ ކަޓް" ގެ ލިޔުންތެރިޔާ މާރިޔާ ސުމިތު ލިޔުނު ބޮޑު އާޓިކަލެއްގެ މައްސަލަ ހޫނުވުމިން އޭނާ ފަހުން ވަނީ އެކަމަށް ޕްރިޔަންކާ އާއި ނިކްގެ ކިބައިން މައާފަށް ވެސް އެދިފަ އެވެ.
ޕްރިޔަންކާ ދަރިޔަކު ހޯދަން ވިސްނަނީ
ވަރީގެ ވާހަކަ އަށް ރައްދު ދިނީ ޕޯސްޓަކުން
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
ޕްރިޔަންކާގެ ކައިވެނީގެ ތައްޔާރީތަކަށް ވެބް ސީރީޒެއް
ޕްރިޔަންކާ: ޒުވާން އަންބަކު ހޯދުން މައްސަލައަކަށް ނުވޭ
މި އަހަރުގެ މެޓް ގާލާ އަށް ޕްރިޔަންކާ ނުދާނެ
ޕްރިޔަންކާ ކަނޑުފޭރޭ މީހެއްގެ ރޯލު ކުޅެނީ
ޕްރިޔަންކާގެ މައިދައިތަ އަތުގައި ޅީދަރިންގެ ފޮޓޯގަނޑެއް
ބޮލީވުޑާ ދުރުވީ މީހުންނާ މައްސަލަ ޖެހޭތީ: ޕްރިޔަންކާ
ޕްރިޔަންކާގެ "ދެފުށްކެހެރި" ކަމުން މީހުން ރަތަށް