Roadha Mihaaru
ރުޒޯ ދެބޭންގެ ފިލްމެއް ޕްރިޔަންކާ އަށް

ރުޒޯ ދެބޭންގެ ފިލްމެއް ޕްރިޔަންކާ ޗޯޕްޅާ އަށް

03 އެޕްރީލް 2019

ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަށް ފިލްމެއް ހުށަހަޅާފައިވާ ކަމަށް މި މަހު ރިލީޒް ކުރާ ހޮލީވުޑްގެ ފިލްމު "އެވެންޖާޒް: އެންޑްގޭމް" ގެ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރުޒޯ ދެބޭންގެ ތެރެއިން ޖޯއީ ރުޒޯ ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަށް ފިލްމެއް ހުށަހަޅާފައިވާ ކަމަށް މި މަހު ރިލީޒް ކުރާ ހޮލީވުޑްގެ ފިލްމު "އެވެންޖާޒް: އެންޑްގޭމް" ގެ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރުޒޯ ދެބޭންގެ ތެރެއިން ޖޯއީ ރުޒޯ ކަށަވަރުކޮށް ދީފި އެވެ.

މި މަހުގެ 26 ގައި ރިލީޒްކުރާ "އެވެންޖާޒް: އެންޑްގޭމް" ގެ އިންޑިއާގެ ޕްރޮމޯޝަނަށް މި ވަގުތު މުމްބާއީ އަށް ގޮސް ހުރި، ޖޯއީ މުމްބާއީގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ބުނީ ޕްރިޔަންކާ އަށް ފިލްމެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އަދި އޭގެ ތަފުސީލެއް ދެވެން ނެތް ކަމަށް ބުންޏެވެ.

"އިންޑިއާ އަށް ނިސްބަވަތްވާ ތަރިންގެ ތެރެއިން ޕްރިޔަންކާއަކީ އަހަރެމެން އެކީގައި ވަރަށް މަސައްކަތްކޮށްލަން ބޭނުންވާ ތަރިއެއް. އޭނާއާ އެކު ފިލްމަކަށް އެބަ ވާހަކަ ދައްކަން،" ޖޯއީ ބުންޏެވެ. "އެކަމަކު މީގެ ތަފުސީލަކަށް އަދި ނެތް ދެވޭކަށް."

"އެވެންޖާޒް" ފިލްމުތައް ގެނެސްދޭ މާވެލް ސްޓޫޑިއޯ އިން މުސްލިމުން އަންހެން ސުޕަހީރޯ ކަމްލާ ހާން ސްކްރީނަށް ގެންނާނެ ކަމަށް ބުނެފައިވާ އިރު، ވަރަށް ގިނަ ފޭނުން ވަނީ އެ ރޯލަށް އެންމެ ފިޓްވާނީ ޕްރިޔަންކާ ކަމަށް ބުނެފަ އެވެ. އެހެންވެ ފަހަރުގައި ޖޯއީ އާއި އެންތަނީ ޕްރިޔަންކާ އަށް ހުށަހަޅާފައި ވަނީ އެ ކެރެކްޓާ ކަމަށް ވެސް ވެދާނެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ރިލީޒްކުރި "އިޒިންޓް އިޓް ރޮމޭންޓިކް" އަށް ފަހު، ޕްރިޔަންކާ މި ވަގުތު ހޮލީވުޑްގެ އެއްވެސް ފިލްމެއްގައި މަސައްކަތެއް ނުކުރެ އެވެ. އެކަމަކު އޭނާ ވަނީ ދާދި ފަހުން އިންޑިއާގެ ކުރީގެ ސުޕްރިޗްއަލް ގްރޫ އޯޝޯގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރި މާ އާނަންދު ޝީލާގެ ވާހަކަ ކިޔައިދޭ ފިލްމެއް ޕްރޮޑިއުސްކޮށް، އޭގެ ބަތަލާގެ ރޯލް ކުޅޭނެކަން އިއުލާންކޮށްފަ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ރެއިން މޭން (1988) އާއި ސްލީޕާޒް (1996) ފަދަ ފިލްމުތައް ގެނެސް ދިން އަދި އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ބެރީ ލެވިންސަން އެވެ.

ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ އޮކްޓޯބަރު 11 ގައި ރިލީޒް ކުރާ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އެވެ.

ރުޒޯ ދެބޭންގެ "އެވެންޖާޒް: އެންޑްގޭމް" އިންޑިއާގައި ޕްރޮމޯޓް ކުރަން މިހާރު ވަނީ އޮސްކާ ހާސިލުކޮށްފައިވާ އޭއާރް ރަހްމާން ތައްޔާރުކޮށް ދީފައިވާ ލަވައެއް ވެސް ރިލީޒްކޮށްފަ އެވެ.

Russo dhebeynge "Cherry" Tom Holland ah

Russo dhebeynge "Cherry" Tom Holland ah

The most trusted news source in the Maldives

Mihaaru

ރުޒޯ ދެބޭން ޓޮމް ހޮލަންޑާ އެކު ހަދާނީ "ޗެރީ".

މި ފިލްމަށް ފަހު، މާވެލް ސްޓޫޑިއޯ އިން ފުރަތަމަ ފަހަރަށް ބޭރުވެ ދެބޭން ވަނީ ފިލްމެއް ހަދަން ނިންމައިފަ އެވެ. އެއީ ޓޮމް ހޮލަންޑް ބަތަލުގެ ރޯލް ކުޅޭ "ޗެރީ" އެވެ.