22 އޮކްޓޯބަރ 2023
ކާމިޔާބު ވެބް ސީރީޒްތަކެއް ޑައިރެކްޓުކޮށްފައިވާ އިންޑިއާގެ ދެ ޑައިރެކްޓަރުން ކަމަށްވާ ރާޖް ނިދިމޯރް އާއި ކްރިޝްނާ ޑީކޭ ނުވަތަ މަޝްހޫރު ނަމުން ނަމަ "ރާޖް އެންޑް ޑީކޭ" އަށް މާވެލްގެ ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ކާމިޔާބު ވެބް ސީރީޒްތަކެއް ޑައިރެކްޓުކޮށްފައިވާ އިންޑިއާގެ ދެ ޑައިރެކްޓަރުން ކަމަށްވާ ރާޖް ނިދިމޯރް އާއި ކްރިޝްނާ ޑީކޭ ނުވަތަ މަޝްހޫރު ނަމުން ނަމަ "ރާޖް އެންޑް ޑީކޭ" އަށް މާވެލްގެ ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ރާޖް އާއި ޑީކޭ ޑައިރެކްޓުކުރާ މާވެލްގެ ސުޕަހީރޯ ފިލްމުގެ މަސައްކަތުގައި، އެމީހުންނާ އެކު ކުރިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިންޑިއާގެ ކުރީގެ ނޫސްވެރިޔާ އަދި ފިލްމު އެޑިޓަރު ސީތާ މެނަން ވެސް ބައިވެރިވާނެ އެވެ.
އެ ފިލްމާ ގުޅޭ އިތުރު ތަފުސީލެއް އަދި ނޭނގެ އެވެ. ރާޖް އާއި ޑީކޭ ވެސް އެ ފިލްމުގެ ވާހަކަ އަދި ރަސްމީކޮށް ނުދައްކަ އެވެ.
"ރާޖް އެންޑް ޑީކޭ" އަކީ އެކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ދެ ޑައިރެކްޓަރުންނެވެ. އެމެޒަން ޕްރައިމް ވީޑިއޯ އިން ގެނެސްދިން "ފަރްޒީ" އާއި "ދަ ފެމެލީ މޭން" އަކީ އެމީހުންގެ އެންމެ ކާމިޔާބު ސީރީޒްތަކެވެ. އަދި ބޮލީވުޑްގެ ކާމިޔާބު ހޮރޯ ކޮމެޑީ ފިލްމު "އިސްތުރީ" އަކީ ވެސް އެމީހުންގެ މަސައްކަތެކެވެ.
މިއީ އެ ދެމީހުންގެ ފުރަތަމަ ހޮލީވުޑް ޕްރޮޖެކްޓެއް ނޫނެވެ. ރާޖް އާއި ޑީކޭ އަންނަނީ އެމެޒަން ޕްރައިމް ވީޑިއޯގެ ބޮޑު ޕްރޮޖެކްޓެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. އެއީ އެމެރިކާ ސްޕައި ފިލްމު ފްރެންޗައިޒް "ސިޓިޑަލް"ގެ އިންޑިއާގެ ވާޝަންގެ މަސައްކަތެވެ.
ރުސްސޯ ބްރަދާސް އެނބުރި މާވެލްއަށް
"ޑެޑްޕޫލް 3"ގައި ޓޭލާގެ ހާއްސަ ފެނިލުމެއް؟
"ފެންޓާސްޓިކް ފޯ"ގެ ކާސްޓަށް ޕެޑްރޯ ޕަސްކަލް
"ފެންޓާސްޓިކް ފޯ" އަށް ޕެޑްރޯ ޕަސްކަލް؟
"މެޑަމް ވެބް"ގެ ޓްރެއިލާ ނެރެފި
މާވެލް އިން ލޯކީ ދެން ނުފެންނާނެ ކަމުގެ އިޝާރާތެއް
"ދަ މާވެލްސް"ގެ ފައިނަލް ޓްރެއިލާ ނެރެފި
"ދަ މާވެލްސް"ގެ ޓްރެއިލާ ނެރެފި
ޑެޑް ޕޫލް 3: އެމްސީޔޫއާ "އެކްސް-މެން" ގުޅެނީ؟
ޑޮކްޓާ ސްޓްރޭންޖުގެ އާމްދަނީ 700 މިިލިއަނަށް