01 އެޕްރީލް 2019
ވިލިމާލެ ތަރައްގީ ކުރެވެން އޮތީ ވިލިމާލެ އަކީ ދޮންދަރިއެއް ކަމަށް ސަރުކާރުން ދެކޭ ވިސްނުން ބަދަލު ކޮށްގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިރޭ ވިދާޅުވެއްޖެ އެވެ.
ވިލިމާލެ ތަރައްގީ ކުރެވެން އޮތީ ވިލިމާލެ އަކީ ދޮންދަރިއެއް ކަމަށް ސަރުކާރުން ދެކޭ ވިސްނުން ބަދަލު ކޮށްގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވިލިމާލޭ ދާއިރާއަށް ވާދަކުރައްވާ ޖަމީލް މިރޭ ބޭއްވެވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކެމްޕެއިންގައި އޭނާ ކުރެއްވި ޒިޔާރަތުން އެނގުނީ ވިލިމާލޭގައި ވަޒީފާގެ ފުރުސަތާއި ސިނާއީ ސަރަހައްދު އެރަށު ރައްޔިތުންނަށް ބޭނުން ކުރެވޭނެ ގޮތް ހަދަން ރައްޔިތުން ބޭނުންވެފައިވާ ކަން ކަމަށެވެ. ވިލިމާލޭގައި އުފާވެރި ދިރިއުޅުމެއް އުޅެވެން އޮތީ ސަރުކާރުގެ ސިޔާސަތުތައް ބަދަލު ކޮށްގެން ކަމަށާއި ވިލިމާލޭގައި ދިރިއުޅެނީ ހަގީގީ މާނާގައި މާލޭގެ ރައްޔިތުން ކަން ސަރުކާރުން ދަންނަން ޖެހޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި އޭނާ މަޖިލީހަށް ހޮވިއްޖެ ނަމަ، އެކަމަށް ވަކާލާތު ކުރުން ހުއްޓާ ނުލައްވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
"އެކަންކަން ކުރެވެނީ އިއްޒަތްތެރި މިނިސްޓަރު، ސަރުކާރުގެ ޕޮލިސީތައް ބަދަލު ކުރައްވައިގެން. ސަރުކާރުގެ ވިސްނުން ވިލިމާލެއަކީ ދޮންދަރިއެއް ނޫން ކަމަށް ދެކިގެން. ސަރުކާރުގެ ވިސްނުމުގެ ތެރޭގައި އެބަ ދެކެންޖެހޭ މި ވިލިމާލޭގައި ދިރި މިއުޅެނީ ހަގީގީ މާނާގައި މާލޭގެ ރައްޔިތުން ކަމަށް. އެ ފުރުސަތު ތި ބޭފުޅުން މި ސަރުކާރުގެ ތެރެއިން ފުއްދައި ދެއްވާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެ ވަޑައިގަތް އެ ޖަލްސާގައި ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ތަރައްގީއާ އެކު އުސް އިމާރާތްތައް ރީތި ގެތައް އިމާރާތް ކުރެވިގެން ދިޔަޔަސް، ވިލިމާލެ އޮތީ ހިތަށް އަސަރުކުރާ ފަދަ ހާލަތެއްގައި ކަމަށެވެ. ވިލިމާލޭގައި ކުދިކުދި ގޭގޭގައި އެތައް ބަޔަކު ދިރިއުޅެމުންދާ ކަމަށާއި އެއީ އިންސާނުން އުޅެން ހެޔޮވާނެ ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި ވިހަންވެއްޖެ ނަމަ، މާލެ ދިއުމަށް ފެރީގައި ކުރާ ދަތުރުގެމަތީގައި ވިހަން ޖެހޭ ފަހަރު ވެސް އަންނަ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތާއި ކުޅިިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ވިލިމާލޭގައި ނެތް ކަން ޖަމީލް ފާހަގަ ކުރެއްވި އެވެ.
"އެންމެ ކުޑަމިނުން ދުވެލާނެ ޓްރެކްގަނޑެއް ވެސް މި ރަށަކު ނެތް. އެހެންވީމަ އަޅުގަނޑު މިދަންނަވަނީ އިއްޒަތްތެރި މިނިސްޓަރު މިވަގުތު ސްޕޯޓްސް މިނިސްޓްރީއާ ވެސް ހަވާލުވެގެން ހުންނެވީމަ، މި ރަށުގެ ރައްޔިތުން އެދެއޭ މި ރަށުގައި މާލެއެކޭ އެއްފަދަ ތަނަކަށް ވާން. އަޅުގަނޑުގެ އެއް ވައުދަކީ ވަސީލަތްތައް ފުރިހަމަވެގެންވާ ސްޕޯޓްސް ކޮމްޕްލެކްސްއެއް މިރަށުގައި ހުންނާނެއޭ. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ގާއިމް ކުރާނަން." ޖަމީލް ވިދާޅުވި އެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރަން އެތައް ޓެކްސްއެއް ނަގަމުންދާއިރު، ދައުލަތަށް އެ ލިބޭ އާމްދަނީއަކީ ހަމައެކަނި މުއްސަނދިންގެ މެދުގައި ދައުރުވާންޖެހޭ އެއްޗަކަށް ވާން ނުޖެހޭ ކަމަށާއި އޭގެ ފައިދާ އާދައިގެ ރައްޔިތުންނާ ހަމައަށް ވެސް ފޯރަންޖެހޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި އޭނާ މަޖިލީހަށް ހޮވިއްޖެ ނަމަ، ވިލިމާލޭގައި އެކަށީގެންވާ ވަސީލަތްތައް ނުލިބެނީސް ވަކާލާތު ކުރުން ހުއްޓާނުލައްވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އަންހެނުން ހިމޭނުން ތިބުން ނިންމާލަން ވެއްޖެ: ޖަމީލް
ޖަމީލުގެ ވިލިމާލޭގެ ތަސައްވުރު ލޯންޗުކޮށްފި
މެމްބަރުން ހޮވުމުގައި ކުލައަށް ބަލާނެކަމެއްނެތް: އައިޝާ
ރައީސް ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓަށް
ބްރިޖުގެ މަސައްކަތަށް ބޭނުންވާ އިތުރު ޕްލެޓްފޯމެއް
މާލެ-ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރާނަމަ ފިޔަވަޅުއަޅަނީ
ބާޖު ފަރަކަށް ނާރާ، ނަގިލި ކަހާލީ: އެފްކޮންސް
ވިލިމާލެ ބީޗު ހަދަނީ ކުންފުންޏެއްގެ ސީއެސްއާރުގެ ދަށުން
ތިލަމާލެ ބްރިޖުގެ ޓެސްޓް ޕައިލް ފެނުން މައްޗަށް
އެފްކޮންސްގެ ސާވޭ އަށް ވަރަށް އަވަހަށް ގޮތް ނިންމާނަން