01 އެޕްރީލް 2019
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވޭތުވެދިޔަ ހަތަރު މަސް ދުވަހު ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރުތަކުން ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވޭތުވެދިޔަ ހަތަރު މަސް ދުވަހު ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރުތަކުން ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން، ރާއްޖެއާ ގާތް ގައުމުތަކުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާ ކުރެއްވުމާ އެކު އެ ގުޅުން އިޔާދަކުރައްވަން ފޮރިން މިނިސްޓަރު ޝާހިދު ވަނީ ގިނަ ގައުމުތަކަށް ދަތުރު ކުރައްވައިފަ އެވެ.
އެ ދަތުރުތަކުގައި ކުރެއްވި މަޝްވަރާތަކުން ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި ގިނަ އެހީތަކެއް ވަނީ ހޯއްދަވައިފަ އެވެ. އެކަން ފާހަގަކުރައްވައި، މިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ، އޭގެ އެތައް ގުނައެއް އިތުރު ހިލޭ އެހީ ރާއްޖެ އަށް އަދިވެސް ހަމަޖެހެމުން އަންނަ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހިލޭ އެހީ ހޯދި މިންވަރަށް، ވޭތުވެދިޔަ ފަސް އަހަރުގައި ވެސް ހޯދިފައެއް ނުވެ އެވެ. މީގެ ކުރިން ބޭރުގެ ފަރާތްތަކުން ރާއްޖެ އަށް ހިލޭ އެހީ ދެނީ ލޯނެއް ނުވަތަ އެހެން ކަމެއް ކުރިމަތި ކުރުވާފައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
- އިންޑިއާ އިން 771 މިލިއަން ރުފިޔާ (50 މިލިއަން ޑޮލަރު)
- ޔޫއޭއީން 771 މިލިއަން ރުފިޔާ (50 މިލިއަން ޑޮލަރު)
- އެމެރިކާ އިން 308 މިލިއަން ރުފިޔާ (20 މިލިއަން ޑޮލަރު)
- އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ ވަޑައިގަތް ދަތުރުގައި އެ ގައުމުން 100 މިލިއަން ރުފިޔާ ހަމަޖައްސައި ދެއްވި.
މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޝާހިދު އެންމެ ފުރަތަމަ ވަޑައިގަތީ ގުޅުން ގޯސްވެފައި އޮތް އިންޑިއާ އަށެވެ. ދެ ގައުމުގެ ޒަމާންވީ ގުޅުން ދެމެހެއްޓުމުގެ އެއްބަސްވުމާ އެކު ހިލޭ އެހީގެ އިތުރުން މާލީ އެހީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދޭން ވެސް އެ ގައުމުން އޮތީ ނިންމައިފަ އެވެ.
މީގެ އިތުރުން އެ ގައުމަށް ދިވެހިން ދަތުރުކުރުމުގައި ވިސާގެ ލުއި ފަސޭހަކަން ވެސް ހަމަޖައްސައިދިން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އޭގެ ފަހުން ޔޫއޭއީ އަށް ކުރެއްވި ދަތުރުގައި ވެސް ވިސާގެ ލުއިތައް ދިވެހިންނަށް ހޯއްދަވައި ދެއްވި އެވެ. އެ ގައުމަށް ވިސާއާ ނުލައި ދިވެހިންނަށް މިހާރު ދަތުރު ކުރެވެ އެވެ.
އެންމެ ފަހުން ވިސާގެ ފަސޭހަތަކެއް ދިވެހިންނަށް ދިނީ ތައިލެންޑުންނެވެ. ޓޫރިސްޓުންގެ ގޮތުގައި މިހާރު އެ ގައުމަށް ވިސާ ނެތި ދިވެހިންނަށް ދެވޭނެ އެވެ.
ރާއްޖެ އަށް ގިނަ އެހީތަކެއް ލިބުނު ދަތުރުތަކަށް ފޮރިން މިނިސްޓްރީން ޚަރަދުކޮށްފައި ވަނީ 3.7 މިލިއަން ރުފިޔާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން ދައްކަނީ ކާމިޔާބު ހާރިޖީ ސިޔާސަތެއް
ފޮރިން ސާވިސް ބިލް: ނުފޫޒުގެ ތުހުމަތާއި ތައުރީފު
ސިއްހީ ސާމާނު ގެނައުމުގެ ހުއްދަ އިންޑިއާ އިން ދީފި
ޝާހިދުގެ ގިނަ ވާހަކަތަކެއް: ރާއްޖެ ކުރީ ސަފުގައި
ވަކި ގައުމަކާ ހާއްސަ ގުޅުމެއް ނުބާއްވާނެ: ޝާހިދު
އިންޑިއާ-ޕާކިސްތާން ސުލްހަވާން ރާއްޖޭން ގޮވާލައިފި
ރާއްޖެ-ޔޫއޭއީ ޖޮއިންޓް ކޮމިޝަނެއް ގާއިމްކުރަނީ
ރައީސްގެ ތަސައްވުރު ހަގީގަތަކަށް ހަދަން އެހީތެރިވާނަން
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ހަލީލާއި ލަތީފަށް
ހާރިޖީ ސިޔާސަތު ބިނާކުރީ އެންމެމަތީ މަސްލަތަށް: ރައީސް