30 އޯގަސްޓް 2016
ކޮލަމްބޯ (އޮގަސްޓް 30) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ރަސްމީ ވެބްސައިޓް ހެކްކުރި 17 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ކޮލަމްބޯ (އޮގަސްޓް 30) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ރަސްމީ ވެބްސައިޓް ހެކްކުރި 17 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ރައީސްގެ ރަސްމީ ވެބްސައިޓް ހެކްކުރުމަށް ފަހު ކުޑަ ކުއްޖާ ވަނީ މިހާރު ކުރިއަށްދާ އޭ-ލެވެލް އިމްތިހާން ފަސްކޮށްދޭން އެދިފަ އެވެ.
ނަންހާމަކޮށްފައި ނުވާ ކުޑަ ކުއްޖާ ވަނީ ކޮމްޕިއުޓާ ކްރައިމްސްގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މި ކުއްޖާ ކުށްވެރިވެއްޖެ ނަމަ 300،000 ރުޕީސް (2،000 ޑޮލަރު) އިން ޖޫރިމަނާކޮށް ތިން އަހަރަށް ޖަލަށްލާނެ އެވެ.
"ހެކްކުރި ކުއްޖާ ވަނީ ކަޑުގަންނަވާ އިން ހޯދާފައި. ވެބްސައިޓަށް ދިން ހަމަލާއާ ގުޅިގެން ދެ ދުވަސްވަންދެން ވެބްސައިޓް ޑައުންކުރަން ޖެހުނު،" ކޮލަމްބޯގެ އިރުން 62 މޭލު ދުރުގައި އޮންނަ ޓައުނުން ހައްޔަރުކުރި ކުއްޖާއާ ބެހޭ ގޮތުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ލަންކާ ރައީސްގެ ރަސްމީ ވެބްސައިޓް އިއްޔެ ވަނީ އަލުން އަޕްކޮށްފަ އެވެ.
ރަސްމީ ވެބްސައިޓް ހެކްކުރި ކުއްޖާ ވަނީ ހޯމް ޕޭޖް ނެގުމަށް ފަހު އޭ ލެވެލް އިމްތިހާން ފަސްކޮށް ދޭން ޑިމާންޑް ކޮށްފަ އެވެ. އެހެންނޫނީ ރައީސް އިސްތިއުފާ ދިނުމަށް ވަނީ އެދިފަ އެވެ.
ލަންކާގެ ވެބްސައިޓްތައް މީގެ ކުރިން ވެސް ވަނީ ހެކްކޮށްފަ އެވެ. ނަމަވެސް މިއީ 2007 ވަނަ އަހަރުގެ ކޮމްޕިއުޓާ ކްރައިމްސް ގާނޫނުގެ ދަށުން ކުޑަ ކުއްޖަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
މަރުކަޒީ ބޭންކުން ބޮންޑު ވިއްކި މައްސަލަ ސިރިސޭނާ ބަލަނީ
ލަންކާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ވެރިޔާ ވަކިވެއްޖެ
ސިރިސޭނާ އާއި ރަނިލްއާ ދެމެދު މައްސަލަ ޖެހެން ފަށައިފި
ލަންކާގެ ސިޔާސީ އިސްލާހީ ބަދަލުތަކަށް އޮބާމާގެ ތައުރީފް
ފާޑު ކިޔަންވީ، އުފަލާ އެކު ބަލައިގަންނާނަން: ސިރިސޭނާ
ލަންކާ ސަރުކާރު ބަދަލެއް ނުކުރެވޭނެ: ސިރިސޭނާ
ސްކޭމް ހިންގާ 230 މީހަކު ލަންކާއިން ހައްޔަރުކޮށްފި
އީސްޓަ ބޮމުގެ ހަމަލާގައި ސިރިސޭނާ އަށް ދައުވާކުރަނީ
ލަންކާގައި ރާމާމަކުނު ގިނަވެ، ބިރަކަށްވެއްޖެ: ސިރިސޭނާ
އެސްޑީއެފުން ސާކް ގައުމުތަކަށް 7.7 މިލިއަން ދީފި