Roadha Mihaaru
"ބޮޑު"ވަނީ 30 އަހަރު ފުރުމުން؟

"ބޮޑު"ވަނީ 30 އަހަރު ފުރުމުން؟

24 މާޗް 2019

ބޮޑު މީހެއް ކަމަށް، ގިނަ ގައުމުތަކުގައި ބަލަނީ އުމުރުން 18 އަހަރު ވުމުންނެވެ. އެކަމަކު ސިކުނޑީގެ ހާއްސަ ސައިންސްވެރިން މިހާރު ބުނަނީ އުމުރުން 30 އަހަރު ވުމުން ނޫނީ މީހަކު ފުރާ ފުރިހަމަ ނުވާ ކަމަށެވެ. ނުވަތަ "އެޑަލްޓް" އަކަށް ނުވާ ކަމަށެވެ.

ބޮޑު މީހެއް ކަމަށް، ގިނަ ގައުމުތަކުގައި ބަލަނީ އުމުރުން 18 އަހަރު ވުމުންނެވެ. އެކަމަކު ސިކުނޑީގެ ހާއްސަ ސައިންސްވެރިން މިހާރު ބުނަނީ އުމުރުން 30 އަހަރު ވުމުން ނޫނީ މީހަކު ފުރާ ފުރިހަމަ ނުވާ ކަމަށެވެ. ނުވަތަ "އެޑަލްޓް" އަކަށް ނުވާ ކަމަށެވެ.

އެކަމަކު ސިކުނޑީގެ ސައިންސްވެރިން އެއްބަސްވެ ވަޑައިގަންނަވާ ކަމެއް އެބަ އޮތެވެ. އެއީ، ބޮޑު މީހެއް ކަމަށް ބުނާ ވަރަށް ސިކުނޑި ތަރައްގީވަނީ އެކި މީހުން އެކި އުމުރުގައި ކަމެވެ. ދިރާސާކުރައްވާ ތަޖުރިބާކާރުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އުމުރުން 18 ފުރުމަށް ފަހު ވެސް ސިކުނޑި އަށް އެކި ބަދަލުތައް އަންނަމުންދެ އެވެ. އަދި އުޅުމަށް ވެސް ބަދަލު އާދެ އެވެ. އެހެންވެ މި މަރުހަލާގެ ތެރޭގައި ނަފްސާނީ އެކި މައްސަލަތައް ދިމާވުމުގެ ފުރުސަތު އޮންނަ ކަމަށް އެ ބޭފުޅުން އެއްބަސްވެ ވަޑައިގަންނަވަ އެވެ.

"އަޅުގަނޑުމެން އަސްލު މި ބުނާ ވާހަކަ އަކީ މީހަކު، ކުޑަކުއްޖެއްގެ މަރުހަލާއިން ބޮޑު މީހަކަށް ބަދަލުވުން ކަނޑައެޅިގެން ބަޔާންކޮށްދިނުމަކީ ވަރަށް އެހެން ކަހަލަ ކަމަކަށޭ ވަނީ،" ކޭމްބްރިޖް ޔުނިވަސިޓީގެ ޕްރޮފެސަރު ޕީޓާ ޖޯންސް ވިދާޅުވި އެވެ.

"މިއީ ތިރީސް އަހަރު ތެރޭ ފުރިހަމަވެ ނިމޭ ތަފާތު މަރުހަލާތަކެއް."

ޕްރޮފެސަރު ވިދާޅުވީ ތައުލީމީ ނިޒާމާއި ސިއްހީ ދާއިރާ އަދި ގާނޫނީ ދާއިރާގައި، ބޮޑު މީހަކަށްވުން ފަސޭހައިން މާނަކުރެވޭނެ ގޮތެއް އޮތުން ރަނގަޅު ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ ކުށެއްގެ ތުހުމަތުކުރެވޭ 19 އަހަރުގެ މީހަކާއި އުމުރުން 30ގެ އަހަރުތައް ގުނަމުން އަންނަ ބޮޑު ކުށްވެރިއެއްގެ ތަފާތު، ތަޖުރިބާކާރު ފަނޑިޔާރަކަށް ވަރަށް ފަސޭހައިން ދެނެގަނެވޭނެ ކަމަށެވެ.

އޮކްސްފޯޑްގެ އެކަޑަމީ އޮފް މެޑިކަލް ސައިންސަސް އިން ބާއްވާ ނިއުރޯސައިންސް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޕްރޮފެސަރު ޖޯންސް ވަނީ ކުޑަކުއްޖަކުން ބޮޑު މީހަކަށް ވުމުގެ މަރުހަލާ އެކި މީހުންނަށް ތަފާތުވާ ގޮތުގެ އެކި މިސާލުތައް ދައްކަވައިފަ އެވެ. -- ބީބީސީ