Roadha Mihaaru
ފަޔާފޮކްސް ސެންޑް: ފައިލްތައް ޝެއާކުރެވޭ ޚިދުމަތެއް

ފަޔާފޮކްސް ސެންޑް: ފައިލްތައް ޝެއާކޮށްލަން ފަސޭހަ ނިޒާމެއް

20 މާޗް 2019

"ފަޔާފޮކްސް ސެންޑް"ގެ ބޭނުމަކީ ފައިލް ޝެއާކުރުމެވެ. މިއީ ކޮންމެވެސް ތަނެއްގައި ހުރި ރައްޓެއްސަކަށް ފައިލެއް ފޮނުވާލަން ވަރަށް ފަސޭހަ ގޮތެކެވެ. އޮފީސް އަދި ރަސްމީ ބޭނުންތަކަށް ވެސް ބޭނުންހިފިދާނެ ނިޒާމެކެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

"ފަޔާފޮކްސް ސެންޑް"ގެ ބޭނުމަކީ ފައިލް ޝެއާކުރުމެވެ. މިއީ ކޮންމެވެސް ތަނެއްގައި ހުރި ރައްޓެއްސަކަށް ފައިލެއް ފޮނުވާލަން ވަރަށް ފަސޭހަ ގޮތެކެވެ. އޮފީސް އަދި ރަސްމީ ބޭނުންތަކަށް ވެސް ބޭނުންހިފިދާނެ ނިޒާމެކެވެ.

ފަޔާފޮކްސް ސެންޑް ޚާއްސަވަނީ މުޅިން ހިލޭ ލިބޭ ޚިދުމަތަކަށް ވާތީ އެވެ. މިއީ އިންޓަނެޓް ބްރައުޒާ "ފަޔާފޮކްސް"އާ ގުޅުން ހުރި ޚިދުމަތަކަށް ވުމަކީ ވެސް، އިތުބާރުކޮށް ބަލައިގަންނަން ފަސޭހަ ޚިދުމަތަކަށް ވެ އެވެ.

ފަޔާފޮކްސް ސެންޑް މެދުވެރިކޮށް ފައިލެއް ފޮނުވަން ބޭނުން ނަމަ، send.firefox.com އަށް ވަދެލުމުން ހަމަޖެހޭނެ އެވެ. ލޮގިންކުރުން ކޮންމެހެން މަޖުބޫރެއް ނޫނެވެ. ނަމަވެސް، ލޮގިންކުރުމުން ފައިދާތަކެއް ވެސް ވެ އެވެ. ލިބޭ ޖާގަ އިތުރުވުމެވެ. ލޮގިންނުކުރާ ނަމަ "1 ޖީބީ" އަދި ލޮގިންކުރުމުން "2.5 ޖީބީ" އެވެ. ލޮގިންކުރިއެއް ކަމަކު އެއްވެސް އަގެއް ދޭކަށް ނުޖެހެ އެވެ.

މި ޚިދުމަތް މެދުވެރިކޮށް ފައިލްފޮނުވުމުގައި އިޚުތިޔާރުކުރަން ދެ ގޮތެއް ހުށަހެޅެ އެވެ. ވަކި ވަގުތެއް ހަމަވުމުން، ނުވަތަަ ވަކި ވަރަކަށް ޑައުންލޯޑްކުރެވުމުން، އެ ފައިލްއެއް އަމިއްލަ އަށް ފޮހެވިދިއުމެވެ. ފޮނުވަން ބޭނުންވާ ފައިލް "އަޕްލޯޑް"ކުރުމަށް ފަހު، ޕާސްވޯޑެއް ޖަހައި "ލިންކް" ރައްކާތެރިކުރުމަށް ވެސް އެދެ އެވެ. ފަޔާފޮކްސް ސެންޑް އަކީ ކިޔަވާ ކުދިންނަށް ވެސް ބޭނުންތެރި ޚިދުމަތަކަށް ވާނެ އެވެ. ފިލާވަޅުތައް ސްކޭންކޮށް އެހެން ދަރިވަރަކަށް ފޮނުވުމަށް ބޭނުންތެރި ވަސީލަތަކަށް ވާނެ އެވެ.

އަޖުމަބަލާލާށެވެ. އެދެވޭ ޚިދުމަތަކަށް ވެދާނެ އެވެ.