16 ނޮވެމްބަރ 2017
މޮޒިއްލާއިން ފަޔާފޮކްސް އިންޓަނެޓް ބްރައުޒާ ބަދަލުކޮށްލައިފި އެވެ. އެއީ މިހާރު ފަޔާފޮކްސް ކުއަންޓަމް އެވެ. ފަޔާފޮކްސްއާ ދާދި އެއް ގޮތް ނަމަވެސް، މޮޒިއްލާއިން އެދެނީ އެ ގޮތަށް ކިޔުމަށެވެ.
މޮޒިއްލާއިން ފަޔާފޮކްސް އިންޓަނެޓް ބްރައުޒާ ބަދަލުކޮށްލައިފި އެވެ. އެއީ މިހާރު ފަޔާފޮކްސް ކުއަންޓަމް އެވެ. ފަޔާފޮކްސްއާ ދާދި އެއް ގޮތް ނަމަވެސް، މޮޒިއްލާއިން އެދެނީ އެ ގޮތަށް ކިޔުމަށެވެ.
ފަޔާފޮކްސް ކުއަންޓަމް އަކީ މުޅިން ތަފާތު ބްރައުޒާއެއް ކަމަށް މޮޒިއްލާ ހެކިވެ އެވެ. ބުނަނީ އެއީ ފަޔާފޮކްސް ނޫން ކަމަށެވެ. ވައްތަރު ކަމަށް ބުނެވެނީ ސިފަ އެއްގޮތްވުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މޮޒިއްލާއިން ބުނާ ގޮތުގަައި، ކުރިން ބޭނުންކުރި ފަޔާފޮކްސްއާ ފަޔާފޮކްސް ކުއަންޓަމްގައި ހުރި ތަފާތުތައް ޖެހޭނީ އަޖުމަބަލާށެވެ. މުސްކުޅި ފަޔާފޮކްސް އަށް ވުރެ ފަޔާފޮކްސް ކުއަންޓަމް ސްޕީޑް ބާރުވާނެ ކަމަށް ބުނި ނަމަވެސް، ބޭނުންކުރާ މީހުންނަށް އޮތީ އަމިއްލަ އަށް އަޖުމަބަލައި، ތަޖުރިބާކުރުމަށް ފަހު އެއްޗެއް ބުނުމެވެ.
މޮޒިއްލާ ފަޔާފޮކްސް އަކީ އިރެއްގައި ބާރުގަދަ ބްރައުޒާއެކެވެ. މާކެޓުގައި ހުރި އެހެން ހުރިހާ ބްރައުޒާއަކަށް ވުރެ، ފަޔާފޮކްސް އަށް ލޯބިކުރި މީހުން ގިނަ ދުވަސްވަރެއް ފާއިތުވެއްޖެ އެވެ. ފަޔާފޮލްސް ޖަހާލައި ކުރި އަރައިގެން ދިޔައީ ގޫގުލް ކްރޯމް އެވެ.
އިންޓަނެޓް ބްރައުޒާތަކުގެ ތެރެއިން ކްރޯމަށް ވުރެ ވަކިން ހަލުއި، އޮމާން ބްރައުޒާއެއް ނެތެވެ. އެ ސަބަބަށްޓަކައި ކްރޯމް ބޭނުންކުރާ މީހުން މަދު ދުވަސްކޮޅެއްގެ ތެރޭގައި އަދަދުކުރަން އުނދަގޫވެގެން ދިޔަ އެވެ.
ބްރައުޒާ މާކެޓުން ފަޔާފޮކްސް އަށް ގެއްލިގެން ދިޔަ ބައި ހޯދުމަށް މޮޒިއްލާ ބުރަ މަސައްކަތްތަކެއް ކުރި އެވެ. އެ އަށް ފަހު އަދި އަހަރުތަކަކަށް ފަހު މޮޒިއްލާއިން ތައާރުފުކުރީ ފަޔާފޮކްސް ކުއަންޓަމް އެވެ. އަޖުމަބަލައިފީމެވެ. ދުވެލި ބާރެވެ. ގޫގުލް ކްރޯމަށް ވުރެ ދުވެލި ބާރުހެން ވެސް ހީވެ އެވެ.
މޮޒިއްލާއިން މިހާރު ވަނީ ފަޔާފޮކްސް ކުއަންޓަމް، ވިންޑޯޒް، މެކް އަދި ލިނަކްސްގައި ބޭނުންކުރެވޭ ގޮތް ހަދާފަ އެވެ. އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކަށް ވެސް އަޕްޑޭޓްކޮށްފަ އެވެ.
ފަޔަފޮކްސްގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށްވެއްޖެ
މޮޒިއްލާ ފަޔާފޮކްސް އަށް އާ ލޯގޯއެއް
ފަޔާފޮކްސް ސެންޑް: ފައިލްތައް ޝެއާކުރެވޭ ޚިދުމަތެއް
މައިކްރޮސޮފްޓް އެޖާއި ކްރޯމް "ތަޅާފޮޅުމެއްގައި"
ވިންޑޯސް 11 އާ އެކު އިންޓަނެޓް އެކްސްޕްލޯރާ ފޮހެލަނީ
އިންޓަނެޓް އެކްސްޕްލޯރާ ހުއްޓާލާނީ ޖޫން 2022 ގައި
އިންޓަނެޓް އެކްސްޕްލޯރާ އަށް އަލްވަދާއު
އެޖް އަންއިންސްޓޯލެއް ނުކުރެވޭނެ: މައިކްރޮސޮފްޓް
އިންޓަނެޓަށް ވަންނަން "ބްރޭވް" މަގުބޫލު ކަމަށް ބުނެފި
ޕްރައިވެޓް ބްރައުޒިން އަކީ ފޭކެއް ކަމަށް ބުނެ ދައުވާ