18 މާޗް 2019
ސޯޝަލް މީޑިއާގައި މީހަކު ކުރި ޓުވީޓަކަށް ހަމައެކަނި ބަލައި، ސުވާލެއް ވެސް ކުރުމެއް ނެތި އެމްޑީޕީގެ ތާއީދު އަނބުރާ ގެންދިއުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި ނަން ނެގުމުގެ ވިސްނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވާ އަބްދުލް މުޣްނީ މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި މީހަކު ކުރި ޓުވީޓަކަށް ހަމައެކަނި ބަލައި، ސުވާލެއް ވެސް ކުރުމެއް ނެތި އެމްޑީޕީގެ ތާއީދު އަނބުރާ ގެންދިއުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި ނަން ނެގުމުގެ ވިސްނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވާ އަބްދުލް މުޣްނީ މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވާ މުޣުނީ މިހެން ވިދާޅުވީ، އޭނާގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ ތުހުމަތު ކުރެވޭތީ މުޣުނީ އަށް އެމްޑީޕީން ކުރި ތާއީދު އެ ޕާޓީން މިއަދު ގެންގޮސްފައިވާތީ އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް ވިދާޅުވީ، މުޣްނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ ތުހުމަތު ކުރެވޭތީ އޭނާ އަށް ކުރި ތާއީދު ޕާޓީން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި މުޣުނީގެ ކެމްޕެއިންގެ އެއްވެސް ހަރަކާތެއްގައި އެ ޕާޓީގެ އެއްވެސް ބޭފުޅަކު ދެން ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށާއި އެކަމަކު އޭނާގެ ނަން ނުނަގާ ނަމަ ވާދަކުރައްވާނީ އެމްޑީޕީގެ ޓިކެޓުގައި ކަމަށް ވިދާޅުވި އެވެ.
މުޣުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި ބަޔަކު އެ ވާހަކަ ފެތުރުމުންނެވެ.
މި މައްސަލައިގައި މުޣުނީ "މިހާރު" އަށް ވިދާޅުވީ އޭނާގެ ނަން ނުނަގާނެ ކަމަށާއި ފޯރީގައި ކެމްޕެއިން ކުރިއަށް ގެންގޮސް ގޮނޑި ވެސް ކާމިޔާބު ކުރައްވާނެ ކަމަށެވެ.
"ޕާޓީގައި އެބަހުރި އެ ކަހަލަ ތުހުމަތެއް ކޮށްފިއްޔާ ބެލޭނެ ގުނަވަންތައް. އަޅުގަނޑަށް ސުވާލެއް ވެސް ކުރުމެއް ނެތި މިފަދަ ފިޔަވަޅެއް އެޅުމުން ހިތާމަ ކުރަން. މީހަކު ސޯޝަލް މީޑިއާގައި ކޮށްލާ ޓްވީޓަކަށް އަޅުގަނޑުގެ ބަހެއް ނެތި، އެމްޑީޕީ ކަހަލަ ތަސައްރަފު ފުދިފައިވާ ޕާޓީ އަކުން މިފަދަ ފިޔަވަޅެއް އެޅުމުން ހިތާމަ ކުރަން،" މީގެ 11 އަހަރު ކުރިން ކައިވެނި ބައްލަވައިގެން އުޅުއްވި އަންހެނުންނާ ބެހޭ ގޮތުން ކުރި ޓްވީޓަކާ ގުޅޭ ގޮތުން އެޅި ފިޔަވާ ދޭތެރޭ މުޣްނީ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އެފަދަ މައްސަލައެއް ކޯޓެއްގައި ވެސް ނޯންނާނެ. ސުވާލެއް ކުރުމަށް އެއްވެސް ތަނަކަށް ހާޒިރުކޮށްފައެއް ވެސް ނުވޭ."
މުޣުނީއާ އެކު ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު އެ ދާއިރާގެ މިހާރުގެ މެމްބަރު ސައުދުﷲ ހިލްމީ އާއި އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އިކްލީލް އާދަމެވެ. އެމްޑީޕީގެ ނިންމުމަށް މައުމޫން ވަނީ މަރުހަބާ ދަންނަވައިފަ އެވެ.
"މިއީ އަޅުގަނޑާ ވާދަވެރި ކެންޑިޑޭޓަށް ގޮނޑި ހަދިޔާ ކުރަން ސިޔާސީ ގޮތުން ރާވައިގެން ކުރި ކަމެއް. އެކަމަކު އިރާދަކުރެއްވިޔާ އަޅުގަނޑު މި ގޮނޑި ކާމިޔާބު ކުރާނަން،" ކެމްޕޭނުގައި ތިނަދޫގައި އުޅުއްވަމުން މުޣްނީ ވިދާޅުވި އެވެ.
މުޣުނީ، ގެވެށި އަނިޔާކުރި ކަމުގެ ވާހަކަތައް ކުރީގެ އަންހެނުން އެންމެ ފުރަތަމަ ދައްކަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އޭނާ އެމްޑީޕީގެ ޕްރައިމަރީ އަށް ނުކުންނެވި ހިސާބުންނެވެ.
މުޣުނީ އަށް އެމްޑީޕީން އަލުން ތާއީދުކޮށްފި
ނަޝީދު ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ މުޣުނީ
މުޣުނީ އަށް ކުރި ތާއީދު ގެންދިއުމުން މުޒާހަރާ ކޮށްފި
މުޣުނީ އަށް ކުރި ތާއީދު އެމްޑީޕީން އަނބުރާ ގެންގޮސްފި
މުޣުނީގެ މައްސަލައެއް ނެތް: ފުލުހުން
މުޣުނީއާ މެދު އެޅީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
ދެ އަތްތިލަ ބުރިކުރި މީހަކަށް ބަދަލު ދެނީ
ޝަރީއަތް ނޭނގޭމީހުންނާ ހެދި އަންހެނުންނަށް އަނިޔާ ލިބޭ
އަނިޔާ އާއި ފުރައްސާރައިގެ ވާހަކަތައް އަހަން ފެށީ ބާ؟
ތިނަދޫގައި ސަރުކާރާއި އިދިކޮޅު ސަޕޯޓަރުން ތަޅައިގެންފި