Roadha Mihaaru
ލަންކާގެ ރިޔާސީ ރޭހަށް ނުކުތުމަށް ގޮތަބަޔާ ތައްޔާރުވަނީ

ލަންކާގެ ރިޔާސީ ރޭހަށް ނުކުތުމަށް ގޮތަބަޔާ ތައްޔާރު ވަނީ

17 މާޗް 2019

ކޮލަމްބޯ (މާޗް 17) - ސްރީ ލަންކާގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާ ތައްޔާރުވެވަޑައިގަންނަވަން ފައްޓަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މާޗް 17) - ސްރީ ލަންކާގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާ ތައްޔާރުވެވަޑައިގަންނަވަން ފައްޓަވައިފި އެވެ.

ރިޔާސީ ކެންޑިޑޭޓަކަށް ކޮލިފައިވެވަޑައިގަތުމަށްޓަކައި އޭނާ މިހާރު ވަނީ އެމެރިކާގެ ރައްވެހިކަން ދޫކޮށްލައްވަން ހުށަހަޅުއްވައިފަ އެވެ. ލަންކާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ރިޔާސީ ރޭހަށް ގޮތަބަޔާ ނުކުމެވަޑައިގަންނަވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ރިޔާސީ ކެންޑޭޓަކަށް ގޮތަބަޔާ ހަދަން އެއްބަސްވެފައި ވަނީ ރާޖަޕަކްސާގެ ގެކޮޅުގައި ބޭއްވި ބައްދަލުވުމަކަށް ފަހު ކަމަށް ޚަބަރުތައް ބުނެ އެވެ.

ބޭބޭފުޅު ރާޖަޕަކްސާގެ ވެރިކަމުގައި ޑިފެންސް މިނިސްޓްރީ ހިންގެވި އިރު ގޮތަބަޔާގެ މައްޗަށް ތުހުމަތުކޮށްފައިވާ އެތައް ޖަރީމާއެއްގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ.

ގޮތަބަޔާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ ހަތިޔާރުތަކެއް އަމިއްލަ ކުންފުންޏަކަށް ޓްރާންސްފާ ކުރި މައްސަލައެއް ހިމެނެ އެވެ. އެކަމުގެ ސަބަބުން ސަރުކާރަށް 11.4 ބިލިއަން ރުޕީސް (76 މިލިއަން ޑޮލަރު) ގެ ގެއްލުން ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. ގޮތަބަޔާ އެކަން ކުރައްވާފައި ވަނީ އޭނާ ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ދުވަސްވަރު އެވެ.