17 މާޗް 2019
މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ކުރީ ސަރުކާރުން ނިންމި ނަމަވެސް އެގޮތަށް އެކަން ކުރިއަށް ގެންދިޔުމުގެ ވިސްނުމެއް ނެތް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ކުރީ ސަރުކާރުން ނިންމި ނަމަވެސް އެގޮތަށް އެކަން ކުރިއަށް ގެންދިޔުމުގެ ވިސްނުމެއް ނެތް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭގައި މީހުން ވަޅުލާ ހަމައެކަނި ތަން، އާ ސަހަރާގެ ޖާގަ ފުރި މީގެ ކުރިން ފަސް ފަހަރެއްގެ މަތިން އެތަނަށް ވަނީ ފަސް އަޅާފަ އެވެ. އަނެއްކާ ވެސް ޖާގަ ފުރިގެން އެތަނަށް ފަސް އަޅަން، މަހާނަ ގާތައް ނަގަން ކައުންސިލުން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވި ގޮތުގައި ކައުންސިލްގެ ވިސްނުމަކީ ވިލިމާލޭގައި މަރުވާ މީހުން އެ އަވަށުގައި އަދި މާލޭގައި މަރުވާ މީހުން އާސަހަރާގައި ވަޅުލުމެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން ހުޅުމާލޭގައި ވަޅުލަން ގެންދާކަށް،" ޝިފާ ވިދާޅުވި އެވެ.
އާ ސަހަރާ ފުރިގެން މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ފަސް އަޅާފައިވާއިރު އެކަމަށް ދާއިމީ ހައްލެއް ގެންނަން، 2017 ގައި އޭރުގެ ސަރުކާރުން ވަނީ، މީހުން ވަޅުލުން ހުޅުމާލެއަށް ވެސް ބަދަލުކޮށްފަ އެވެ.
އެކަމަކު އޭރު ކަނޑު ހުރަސްކޮށް މައްޔިތާ އުފުލަން ޖެހުމާއި ދަތުރުފަތުރުގެ އުނދަގޫތައް ހުރުމުން ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމާ އެކު މާ ގިނަ ދުވަހެއް ނުވެ އެކަން ހުއްޓާލީ އެވެ. ފަހުން ނިންމީ ސިނަމާލެ ބްރިޖް ބޭނުންކުރަން ފެށުމުން އެކަން އަލުން ކުރިއަށް ގެންދާށެވެ.
މާލެ އިން މަރުވި މީހުންގެ އަދަދު މި އަހަރު މަދު
އާ ސަހަރާގެ އުސްކޮށް ހުރި ވަށައިފާރު ބާވުމުން ތަޅާލަނީ
އާސަހަރާގެ މިސްކިތުގެ އެއް ބައި ހުޅުވައިފި
އާސަހަރާ ރޯދައަށް ނިންމަން މަސައްކަތްކުރަނީ
އާސަހަރާ މަރާމާތުކުރަން އެހެން ކުންފުންޏަކާ ހަވާލުކޮށްފި
އާ ސަހަރާ މަޝްރޫއުގެ އެގްރީމެންޓު ބާތިލްކޮށްފި
އާސަހަރާ ބަންދުކޮށްފި، މީހުން ވަޅުލާނީ ހުޅުމާލޭގައި
މަހާނަ ރީތިކުރުމުގެ ވާދަވެރިކަން ބޮޑު ވިޔަފާރިއަކަށް
އާ ސަހަރާއަށް ވެލި އަޅާތީ މަހާނަގާތައް ނަގަން އެދެފި
މާލޭގައި ދެން ކަށުނަމާދު ކުރާނީ ގައިދުރުކޮށްގެން