08 މާޗް 2019
އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ބަހުސް އަންނަ އާދިއްތަ ދުވަހު ފެށުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނިންމައިފި އެވެ.
އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ބަހުސް އަންނަ އާދިއްތަ ދުވަހު ފެށުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނިންމައިފި އެވެ.
ދައުލަތުގެ މީޑިއާ ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު މިއަދު ވިދާޅުވީ ކެންޑިޑޭޓުންގެ ބަހުސް ފަށައި ކޮންމެ ދުވަހަކު ދެ ފަހަރަށް ބަހުސް ދައްކާނެ ކަމަށެވެ. ލައިވްކޮށް ކުރިއަށް ގެންދާ ބަހުސް ނިންމައިލާނީ، އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ދީފަ އެވެ.
މި ފަހަރުގެ އާންމު އިންތިޚާބުގައި ވާދަކުރުމަށް 310 މީހެއްގެ ފޯމު ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައި ވަނީ އަމިއްލަ ގޮތުން ވާދަކުރުމަށެވެ. ޕާޓީ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން މި އިންތިޚާބަށް ނުކުންނަނީ މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ.
އަލީ ވިދާޅުވި ގޮތުގައި، ބަހުސްގައި ވާދަކުރުމަށް ހުރިހާ ކެންޑިޑޭޓުންނަށް ވަނީ ދައުވަތު ދީފަ އެވެ. އެކަމަށް ފަހި ޖަވާބެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންތިޚާބަށް އެއާޓައިމް ދޫކުރާ ގޮތާއި އަގުތަކާ ގުޅޭ މައުލޫމާތު ޕާޓީތަކާ ހިއްސާ ކޮށްފައިވާނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.
ބަހުސްގައި ކެންޑިޑޭޓުންގެ ތައާރަފާއި ދާއިރާ އަށް ކޮށްދޭނެ ކަންތައްތަކާއި ތަސައްވުރާ ބެހޭގޮތުން ވާހަކަ ދައްކާނެ އެވެ.
ޕީއެސްއެމްގެ މަސައްކަތު ވަގުތަށް ބޮޑު ބަދަލުތަކެއް
ތުއްޓޭގެ ކެމެރާގެ ފަހަތުގައި ފަސް ތަރީގެ ވާހަކަތައް
ޕީއެސްއެމުން އުސޫލާ ހިލާފަށް 22 މިލިއަން ދޫކުރި
ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު
ޕީއެސްއެމްގެ އެމްޑީ ޒީނާ މަގާމުން އިސްތިއުފާ ދެއްވައިފި
ފަލަސްތީނު ޓެލެތޯނަށް 14 މިލިއަން ރުފިޔާ
9.8 މިލިއަން ރުފިޔާ ހޯދައި ޓެލެތޯން ނިންމާލައިފި
ސިފައިންގެ ފަރާތުން ފަލަސްތީނަށް 2.1 މިލިއަން
ސްޓެލްކޯ އިން ފަލަސްތީނަށް ފަސް ލައްކަ ރުފިޔާ ދީފި
ހަ ގަޑިއިރުން ޓެލެތޯންއަށް 1.8 މިލިއަން ރުފިޔާ