ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އާ މެނޭޖިން ޑިރެކްޓަރަކަށް ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މުހައްމަދު ސައީދު ޕީސީބީން ރޭ ހަމަޖައްސައިފި އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އާ މެނޭޖިން ޑިރެކްޓަރަކަށް ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މުހައްމަދު ސައީދު ޕީސީބީން ރޭ ހަމަޖައްސައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަން ކުރިން ކުރެއްވި ސައީދު ދައުލަތުގެ މީޑިއާގެ އެންމެ އިސްވެރިޔާގެ މަގާމަށް ހަމަޖެއްސީ އިއްޔެއާ ހަމައަށް އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމުންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައި ޕީއެސްއެމްގެ އެމްޑީއަކަށް ހަމަޖެއްސި ޒީނާ ކުއްލި ގޮތަކަށް އިއްޔެ ހަވީރު އިސްތިއުފާ ދެއްވި ނަމަވެސް އޭގެ ފަހަތުގައި އޮތް ކަމެއް ވިދާޅެއް ނުވެ އެވެ. އިސްތިއުފާއާ ގުޅޭ ކަންކަމުގައި އަދި ހުންނެވީ ހިމޭނުންނެވެ.
ސައީދަކީ އޭޕްރީލް 2019 އާ ހަމައަށް އެޑިއުކޭޝަން މިނިސްޓްރީގައި ތިއްބެވި އެންމެ ދުވަސްވީ މުވައްޒަފުންގެ ތެރެއިން އެކެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ އެ މިނިސްޓްރީގެ ސިވިލް ސާވިސްގެ އެންމެ އިސްވެރިޔާ ނުވަތަ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 9، 2017 އިގަ އެވެ. އެކަމަކު ޖެނުއަރީ 2019 އިން ފެށިގެން އެ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ސައީދު ހުރީ އެ މަގާމުން ސަސްޕެންޑުކޮށްގަ އެވެ. އޭނާ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރީ އޭޕްރީލް 2019 ގަ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ސައީދާ މެދު އޭރު ފިޔަވަޅު އެޅީ 2018 ގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންނާ ދޭތެރޭ، ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރި ކަމަށް ބުނެ އެވެ.
އިސްތިއުފާ ދިނީ ސިޔާސީ ޕްރެޝަރަކާ ހެދިއެއް ނޫން:ސައީދު
ޕީއެސްއެމްގެ އެމްޑީ ސައީދު އިސްތިއުފާ ދެއްވައިފި
ޕީއެސްއެމް ގާނޫނާ ހިލާފު ކަމަށް ބުނާ މައްސަލަ ބޭރު!
ވޮއިސް އޮފް މޯލްޑިވްސް އަލުން ފަށަނީ
ޕީއެސްއެމްގެ ޗެއާޕާސަނަކަށް ނަމްޒާ، އެމްޑީއަކީ ނަސްރީން
ތުއްޓޭގެ ކެމެރާގެ ފަހަތުގައި ފަސް ތަރީގެ ވާހަކަތައް
ޕީއެސްއެމްގެ އެމްޑީ ޒީނާ މަގާމުން އިސްތިއުފާ ދެއްވައިފި
ފަލަސްތީނު ޓެލެތޯނަށް 14 މިލިއަން ރުފިޔާ
9.8 މިލިއަން ރުފިޔާ ހޯދައި ޓެލެތޯން ނިންމާލައިފި
ސިފައިންގެ ފަރާތުން ފަލަސްތީނަށް 2.1 މިލިއަން