Roadha Mihaaru
މަޓާޓޯ ޓްރެވަލް އެވޯޑުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

މަޓާޓޯ ޓްރެވަލް އެވޯޑުގެ 14 ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

27 އޯގަސްޓް 2016

އަންނަ ނޮވެމްބަރު ބަނޑޮސް އައިލެންޑް ރިސޯޓްގައި ތިންކް އެޑްވަޓައިޒިން އިން އިންތިޒާމްކޮށްގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޓްރެވަލް އެވޯޑު، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެސޯސިއޭޝަން އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ޓްވެވަލް އެވޯޑްގެ 14 ޕާޓްނަރުންނާއެކު މިރޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ހަފުލާގައި އެ އެވޯޑްގެ މެއިން ސްޕޮންސަރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެސް އެއްބަސްވުމުގައި ސޮއިކުރި އެވެ. އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ. ތިންކް އެސޯސިއޭޓްގެ ފަރާތުން ސޮއިކުރެއްވީ އަދީލް އިސްމާއިލް އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އާދިލް ވިދާޅުވީ އެ އެވޯޑްގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ކުންފުނި އަބަދުވެސް އޮންނާނީ ޓޫރިޒަމް އިންޑަސްޓްރީއާއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ ކުރިޔަށް އޮތްތަނުގައި ވެސް މި އެވޯޑުގެ ބައިވެރިއެއްގެ ދެމިތިބޭ ގޮތަށް،" އާދިލް ވިދާޅުވި އެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި "މިހާރު"ގެ ފަރާތުން ޝައްމޫން ސޮއިކުރެއްވުމަށްފަހު ތިންކްގެ އަދީލްއާ ސަލާމްކުރައްވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

މަޓާޓޯ ޓްރެވަލް އެވޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި "މިހާރު"ގެ ފަރާތުން ޝައްމޫން ސޮއިކުރެއްވުމަށްފަހު ތިންކްގެ އަދީލްއާ ސަލާމްކުރައްވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

މީގެ އިތުރުން އެވޯޑް ބާއްވާ ބަނޑޮސްގެ ފަރާތުން ވެސް އެ އެއްބަސްވުމުގައި ސޮއިކުރި އެވެ. އަދި ސިލްވާ ސްޕޮންސަރުގެ ގޮތުގައި އެލައިޑް އިންޝުއަރެންސާއި ފިއުލް ސަޕްލައިސް މޯލްޑިވްސް، އޮފިޝަލް މީޑިއާ ޕާޓްނަރު ޕީއެސްއެމް އާއި އޮފިޝަލް ޓެލެކޮމިއުނިކޭޝަން ޕާޓްނަރުގެ ގޮތުގައި ދިރާގު، އޮފިޝަލް ބެވަރޭޖް ޕާޓްނަރުގެ ގޮތުގައި ކޮކާކޯލާ، ސޮއިކުރި އެވެ.

އެ ހަފުލާގައި ވަނީ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި "މިހާރު" އާއެކު ވެސް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި މިހާރުގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން މެނޭޖަރު ޝައްމޫން އަފީފެވެ.

‎މަޓާޓޯ އިން ދޭ އެ އެވޯޑްއަށް 35 ކެޓަގަރީން 243 ފަރާތަކުން ކުރިމަތިލާފައިވެ އެވެ. ‎މިއީ މި އެވޯޑް ދޭން ފެށި ފަހުން މިހާ ގިނަ ބަޔަކު އެވޯޑަށް ކުރިމަތިލި ފުރަތަމަ ފަހަރެވެ. ‎މަޓާޓޯއިން ބުނި ގޮތުގައި އަލަށް ތައާރަފްކުރި ފަސް ދާއިރާއަކުން އެވޯޑު ދޭނެ އެވެ. އެ ދާއިރާތަކަކީ ލީޑިން މާކެޓިން ޕްރޮގްރާމް، ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓް، ލީޑިން ގެސްޓްހައުސް އައިލެންޑް، ލީޑިން އެފްއެންޑްބީ އައުޓްލެޓް އަދި ލީޑިން އެއާޕޯޓް ލައުންޖް އެވެ.‎ ‎މި އަހަރުގެ އެވޯޑް ހަފްލާ ކުރިއަށް ގެންދާނީ ދެ ދުވަހަށް ބަހާލައިގެންނެވެ. އެވޯޑު ބޭއްވުމުގެ ހުރިހާ ކަމެއް އިންތިޒާމްކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ތިންކް އެޑްވަޓައިޒިންގެ ފަރާތުންނެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް މިރޭ ބޭއްވި ހަފުލާގެ ތެރެއިން. ފޮޓޯ: މުހައްމަދު ޝަރުހާން

މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް މިރޭ ބޭއްވި ހަފުލާގެ ތެރެއިން. ފޮޓޯ: މުހައްމަދު ޝަރުހާން

‎މަޓާޓޯއިން ބުނި ގޮތުގައި މި އެވޯޑު ދިނުމުގެ ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވައި ހިދުމަތުގެ ފެންވަރު މަތިކުރުމަށް ހިތްވަރު ދިނުމެވެ.

‎މަޓާޓޯ ޓްރެވަލް އެވޯޑަކީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށް ކުރިއަރުވަން މަސައްކަތް ކުރާ އަދި ރާއްޖެ އާއި ރާއްޖޭން ބޭރުން ފަތުރުވެރިކަމުގެ ދާއިރާ އިން ހޮވޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ.