21 ނޮވެމްބަރ 2016
ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތުގައި ދޭ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އެންމެ ގިނަ އެވޯޑުތައް މިފަހަރު ބަނޑޮސް އައިލެންޑް ރިސޯޓުން ހޯދައިފި އެވެ. އަދި އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓް ހޮވިއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތުގައި ދޭ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އެންމެ ގިނަ އެވޯޑުތައް މިފަހަރު ބަނޑޮސް އައިލެންޑް ރިސޯޓުން ހޯދައިފި އެވެ. އަދި އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓް ހޮވިއްޖެ އެވެ.
އޮޅުވެލި ރިސޯޓުގައި މިރޭ ބޭއްވި ޓެރެވަލް އެވޯޑްސްގެ ގާލާ ނައިޓުގައި ބަނޑޮހުން ވަނީ ނޮމިނޭޓްވި ހަތަރު އެވޯޑު ވެސް ހޯދައިފަ އެވެ. އެއީ އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން އެންމެ ރަނގަޅު ރިސޯޓަކަށް ދޭ ލީޑިން ފެމިލީ ރިސޯޓުގެ އެވޯޑާއި ޑައިވްކުރަން އެންމެ ރަނގަޅު ރިސޯޓަކަށް ދޭ ލީޑިން ޑައިވް ރިސޯޓުގެ އެވޯޑާއި ކޮންފަރެންސް ފަދަ ހަފުލާތައް ބާއްވަން އެންމެ ކަމުދާ ރިސޯޓަކަށް ދޭ ލީޑިން މީޓިން އެންޑް ކޮންފަރެންސް ރިސޯޓުގެ އެވޯޑް އަދި ރާއްޖޭގެ އެންމެ މަގުބޫލް ރިސޯޓް ބްރޭންޑަކަށް ދޭ ލީޑިން ލޯކަލް ހޮޓެލް/ރިސޯޓް ބްރޭންޑުގެ އެވޯޑެވެ.
އެވޯޑެއް ލިބުނު ފަރާތަކާ މިރޭ އެވޯޑް ހަވާލުކުރަނީ: މި އަހަރު 35 ކެޓަގަރީއަކުން އެވޯޑް ދީފައިވޭ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ދެން އެންމެ ގިނަ އެވޯޑް ގެންދިޔައީ އެންމެ ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ލީޑިން ލަގްޒަރީ ރިސޯޓުގެ އެވޯޑް ވެސް ހޯދި ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓެވެ. އެ އެވޯޑުގެ އިތުރުން، އެ ރިސޯޓަށް ވަނީ ލީޑިން އެފްއެންޑީ ރިސޯޓުގެ އެވޯޑާއި ރާއްޖޭގައި އެންމެ މަގުބޫލް ބައިނަލްއަގުވާމީ ރިސޯޓް ބްރޭންޑަކަށް ދޭ ލީޑިން އިންޓަނޭޝަނަލް ހޮޓެލް އެންޑް ރިސޯޓް ބްރޭންޑުގެ އެވޯޑް ވެސް ލިބިފަ އެވެ.
މީގެ އިތުރުން އެކި އެވޯޑުތައް ލިބުނު ރިސޯޓުތަކަކީ:
- ލީޑިން ޕްރައިވެޓް އައިލެންޑުގެ އެވޯޑް އަދި ލީޑިން ޑިޒައިނާ ރިސޯޓުގެ އެވޯޑް: ވެލާ ޕްރައިވެޓް އައިލެންޑް
- އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑް އަދި ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓުގެ އެވޯޑް (އަލަށް ތައާރަފްކުރި އެވޯޑެއް): އަދާރަން ޕްރެސްޓީޖް ވާދޫ
- ލީޑިން ބީޗު ރިސޯޓުގެ އެވޯޑް: އަނަންތަރާ ކިހާވަށް ވިލާސް
- ލީޑިން އޯލް އިންކްލޫސިވް ރިސޯޓުގެ އެވޯޑް: ސަންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް
- ލީޑިން އިކޯ ރިސޯޓުގެ އެވޯޑް: ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ
- ލީޑިން ސާފް ރިސޯޓުގެ އެވޯޑް: އަަނަންތާރާ ދިގު
- ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓުގެ އެވޯޑް: ދަ ސަން ސިޔާމް އިރުފުށި
ޓްރެވަލް އެވޯޑަށް ހާއްސަކޮށް ހަދާފައިވާ ލަވަ، ޝަމްއޫނާއި ރިޒޫ މިރޭ ހުށަހަޅައިދެނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ރިސޯޓުތަކުގެ އިތުރުން، ގެސްޓްހައުސްތަކާއި ހޮޓާތައް ހިމެނޭ ގޮތުން ވެސް އެކި އެވޯޑުތައް ދީފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ލީޑިން އެއާޕޯޓް ސިޓީ ހޮޓެލްގެ އެވޯޑް އަދި ލީޑިން އެފްއެންޑްބީ އައުޓްލެޓް، ބާ/ރެސްޓޯރަންޓުގެ އެވޯޑް (މި އަހަރު އަލަށް ތައާރަފްކުރި އެވޯޑެއް): ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)
- ލީޑިން ގެސްޓްހައުސް އެވޯޑް އަދި ލީޑިން އިނޮވޭޝަން އިން ގެސްޓްހައުސް ޑިޒައިންގެ އެވޯޑް: ރިވަރީޒް ޑައިވިން ވިލެޖް
- ލީޑިން ބިޒްނަސް ހޮޓަލުގެ އެވޯޑް: ހޮޓެލް ޖެން
- ލީޑިން ވެލްނެސް އެންޑް ސްޕާ ބްރޭންޑް/ޗެއިންގެ އެވޯޑް: އަރާމު ސްޕާ
ޓްރެވަލް އެވޯޑު ދިނުމުގެ ހަފުލާގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ބައިވެރިވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ސަފާރީ އާއި ވޯޓާ ސްޕޯޓްސްގެ އެކި ފަރާތްތަކަށް ވެސް ވަނީ އެވޯޑުތައް ދީފަ އެވެ. އެއީ:
- އެންމެ ރަނގަޅު ސަފާރީއަކަށް ދޭ ލީޑިން ލިވަބޯޑުގެ އެވޯޑް: ވޮޔޭޖަސް ގުރަހަލި
- އެންމެ މަގުބޫލް ސަފާރީ ބްރޭންޑަކަށް ދޭ ލީޑިން ލިވަބޯޑް ބްރޭންޑުގެ އެވޯޑް: ކާޕެ ޑިއެމް މޯލްޑިވްސް
- ލީޑިން އެކްޓިވިޓީ ވޯޓާ ސްޕޯޓްސް ސެންޓަރުގެ އެވޯޑް: އެކްޓިވް ވޯޓާ ސްޕޯޓްސް
- ލީޑިން ޑައިވް ސެންޓަރުގެ އެވޯޑް: މާފުށި ޑައިވް
މީގެ އިތުރުން، އެތެރޭގެ އުދުހުންތަކުގައި އެންމެ މަގުބޫލް އެއާލައިނަކަށް ދޭ ލީޑިން ޑޮމެސްޓިކް އެއާލައިންގެ އެވޯޑް ވިލާ އެއާގެ ފްލައިމީ އަށް، ރާއްޖޭގައި އެންމެ މަގުބޫލް އިންޓަނޭޝަނަލް އެއާލައިނަކަށް ދޭ ލީޑިން އިންޓަނޭޝަނަލް އެއާލައިންގެ އެވޯޑު ސްރީ ލަންކަން އެއާލައިންސް އަށް އަދި ދަތުރުފަތުރުގެ ހިދުމަތް އެންމެ ފެންވަރު ރަނގަޅަށް ދޭ ފަރާތަކަށް ދޭ ލީޑިން ޑޮމެސްޓިކް ޓްރާންސްޕޯޓް ޕްރޮވައިޑަރުގެ އެވޯޑް އައިކޮމް ޓުއާސް އަށް ވަނީ ދީފަ އެވެ. އަދި އެންމެ މަގުބޫލް ޓްރެވަލް ވެބްސައިޓަކަށް ދޭ ލީޑިން ޓްރެވަލް ވެބްސައިޓުގެ އެވޯޑް ވެސް ލިބުނީ އައިކޮމް ޓުއާސް އަށެވެ.
ޓްރެވަލް އެވޯޑްސްގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅަކަށް މިރޭ ހަނދާނީ ފިލައެއް ދެނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ދޭ ޓްރެވަލް އެވޯޑްސްގައި މި އަހަރު 35 ކެޓަގަރީ އަށް 246 ފަރާތަކުން ކުރިމަތިލި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިވެންޓް މެނޭޖްމަންޓުގެ ހިދުމަތް ދެމުން އަންނަ ތިންކް އެސޯސިއޭޓްސް އިން އިންތިޒާމް ކުރާ ޓްރެވަލް އެވޯޑްސްގައި މި އަހަރު ވަނީ މުޅިން އަލަށް ފަސް އެވޯޑެއް ވެސް ހިމަނައިފަ އެވެ. އެއީ މުޖުތަމައަށް އެންމެ ފައިދާ ހުރި މަސައްކަތެއް ކުރާ ފަރާތަކަށް ދޭ ލީޑިން ސީއެސްއާރު ޕްރޮގްރާމްގެ އެވޯޑާއި މުވައްޒަފުންގެ ކަންކަން އެންމެ ރަނގަޅަށް ބަލަހައްޓާ ތަނަކަށް ދޭ ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓުގެ އެވޯޑާއި އެންމެ މަގުބޫލް ގެސްޓްހައުސްތައް ހުރި ރަށަކަށް ދޭ ލީޑިން ގެސްޓްހައުސް އައިލެންޑުގެ އެވޯޑާއި ލީޑިން އެފްއެންޑްބީ އައުޓްލެޓުގެ އެވޯޑް އަދި ލީޑިން އެއާޕޯޓް ލައުންޖުގެ އެވޯޑެކެވެ.
އެ އެވޯޑުތައް ލިބުނީ:
- ލީޑިން ސީއެސްއާރު ޕްރޮގްރާމް: ސޮނޭވާ ފުށި
- ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓް: އަދާރަން ޕްރެސްޓީޖް ވާދޫ
- ލީޑިން ގެސްޓްހައުސް އައިލެންޑް: މާފުށި
- ލީޑިން އެފްއެންޑްބީ އައުޓްލެޓް: ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)
- ލީޑިން އެއާޕޯޓް ލައުންޖް: ލީލީ ލައުންޖް
ޓްރެވަލް އެވޯޑަށް ހާއްސަކޮށް ހަދާފައިވާ ލަވައެއް ވެސް އަޑުއިވިގެން ދިޔަ ހަފްލާގައި މިފަހަރުގެ ޕާޓްނަރުންނާއި ސްޕޮންސަރުންގެ އަގު ވެސް ވަޒަންކޮށްފައިވެ އެވެ. މިފަހަރުގެ މައި ސްޕޮންސަރަކަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަމަޖައްސާފައި ވާއިރު، އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "މިހާރު"ން ވަނީ ހަރަކާތްތެރިވެފަ އެވެ. އިތުރު ސްޕޮންސަރުންނާއި ޕާޓްނަރުންގެ ތެރޭގައި އެލައިޑް އިންޝުއަރެންސާއި ފިއުލް ސަޕްލައިސް މޯލްޑިވްސް އާއި ޕީއެސްއެމާއި ދިރާގާއި ހޮޓެލް ޖެން އާއި އިއްތިހާދު އެއާވޭސް އާއި އެސްޓީއޯ އާއި ޕޮޕްޖޯއީ އަދި ކޮކާކޯލާ ހިމެެނެ އެވެ.
މަޓާޓޯ ޓްރެވަލް އެވޯޑަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަރައްގީކޮށް ކުރިއަރުވަން މަސައްކަތް ކުރާ އަދި ރާއްޖެ އާއި ރާއްޖޭން ބޭރުން އެ ދާއިރާ އިން ހޮވޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ. މިއީ މި އެވޯޑް ދޭ ފަސްވަނަ އަހަރެވެ.
މިރޭގެ ހަފްލާގައި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވަނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ޓްރެވަލް އެވޯޑް ހޯދާފައިވާ ކާމިޔާބީ ފާހަގަކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑަށް ވުމުގެ އިތުރުން، ޓްރެވަލް އެވޯޑް ވަނީ ބޭރުގެ ފަރާތްތަކުން ވެސް ބަލައިގަންނަ އެވޯޑަކަށް ވެފަ އެވެ.
ގިޔާސް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ދިވެހި ޓުއަ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ ހިއްސާ ބޮޑެވެ. އެ ފަރާތްތަކުގެ ސަބަބުން ނުސީދާކޮށް ވެސް އެތަކެއް ފައިދާއެއް ރާއްޖެ އަށް ލިބޭ ކަމަށާއި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ރާއްޖޭގައި އާ އިންޑަސްޓްރީތައް އުފެދުމަކީ އޭގެ ބައެއް ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓޫރިޒަމް ދާއިރާގައި ހުރި ފުރުސަތުތަކުގެ ބޭނުން ހިފައި ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލާންޖެހޭ. ތަފާތު ކަންކަން ކުރަން ޖެހޭ،" ގިޔާސް ވިދާޅުވި އެވެ.
ތިމާވެއްޓާ ރައްޓެހި ގެސްޓްހައުސްއަކަށް ވޭވް ސައުންޑް
ވެލާނާ ބީޗަށް ގެސްޓްހައުސްގެ ދެ އެވޯޑް ލިބިއްޖެ
ޓްރެވަލް އެވޯޑް ޕްރޮމޯޓްކުރަން އިންޑިއާ ކުންފުންޏެއް
ޑޮލަރު މާރުކުރުމުގެ ބަދަލުން އާންމުންނަށް ފައިދާކުރާނެ
ޑޮލަރު މާރުކުރުމަށް އެއްވެސް ލުޔެއް ނުދެން: ގަވަރުނަރު
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ގެސްޓްހައުސްތަކަށް ޑިމާންޑު މަތިވެ ކުރިއެރުން މަޑުޖެހެނީ
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި
މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓެގްރޭޓެޑް ރިސޯޓް!