Roadha Mihaaru
އެމެރިކާ ސަރުކާރާ ދެކޮޅަށް ވާވޭ ކޯޓަށް

އެމެރިކާ ސަރުކާރާ ދެކޮޅަށް ވާވޭ ކޯޓަށް

06 މާޗް 2019

އެމެރިކާ ސަރުކާރު ހިންގަން ތިބި މީހުންގެ އުނދަގޫ، ވާވޭ އަށް ވަރަށް ބޮޑު ވެއްޖެ އެވެ. އެމެރިކާގެ ފަސްގަނޑުގައި ވިޔަފާރިކުރިއަ ނުދިނުމުގެ އިތުރުން، ބައިވެރިން ހޯދައިގެން ވާވޭއާ ދެކޮޅަށް ދަތިކުރަން ކުރާ މަސައްކަތް ވާވޭ އަށް އޮބިއޮންނަ ވަރު ވަނީ ނުވެފަ އެވެ. އެހެންވެ، އެމެރިކާ ސަރުކާރާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފިކަން އެ ކުންފުނިން އިއުލާންކޮށްފި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވާވޭ އިން މައްސަލަ ހުށަހަޅަނީ ޓެކްސަސްގެ ކޯޓަށެވެ. އެއީ ވާވޭގެ ހެޑްކުއާޓަރު ހުންނަ އަވަށެވެ. މި މައްސަލާގައި ވާވޭ ވަކާލާތުކުރާނީ، 5ޖީ ނެޓްވޯކް އާލާތްތައް އަދި ވާވޭ ސްމާޓްފޯނުތައް އެމެރިކާގައި މަނާކުރަން ސަރުކާރުން ކުރާ މަސައްކަތްތަކާ ދެކޮޅަށެވެ.

އެމެރިކާ ސަރުކާރު ވާވޭ ދެކެ ގަންނަ ބިރަކީ އަމިއްލަ ހިޔަނި ދެކެ ބިރުގަތުން ކަހަލަ ކަމެއް ކަމަށް ވާވޭ ބުނެ އެވެ. އަމިއްލަ ހިޔަންޏަކީ ދުވަހަކު ވެސް އެއްވެސް މީހަކަށް އަނިޔާވެރިވާ އެއްޗެއް ނޫންކަން އެންމެން ދަންނައިރު، ނެތް ބިރެއް ދެކެ ޖެހިލުންވާޖެހޭ ސަބަބެއް ނެތް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވާވޭއާ މެދު އެމެރިކާ ސަރުކާރުން ޝަކުވާކުރަނީ، ވާވޭއިން އުފައްދާ މުވާސަލާތީ ސާމާނުތައް މެދުވެރިކޮށް ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭ ކަމަށް ބުނެ އެވެ. މިއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވާވޭ ބުނެ އެވެ. ޗައިނާ ސަރުކާރުން ކިތަންމެ ވަރަކަށް އެދުނަސް އެކަން ނުކުރާނެ ކަމަށް ވާވޭ ބުނެ އެވެ.

އެމެރިކާ އެ ބުނާ ކަހަލަ ކަމެއް ވާވޭގެ ކިބައިން ފެނިފައިވާ ނަމަ، އެ ކަމެއް ކޯޓުގައި ސާބިތުކޮށްދޭން އެ ކުންފުނިން އެދޭނެ ކަމަށް ވެ އެވެ. އަދި އެއްވެސް ހެއްކެއް ނެތްއިރު، އެމެރިކާގައި އަދި އެހެން ގައުމެއްގައި ނަމަވެސް ވިޔަފާރިކުރުން މަނާކުރެވޭނެ އުސޫލެއް ނެތް ކަމަށް ވާވޭ ބުނެ އެވެ. އެމެރިކާގެ ނުފޫޒުން އެހެން ގައުމުތަކުގައި ވާވޭ އަށް އޮތް ފުރުސަތު ހަނިކުރަން ކުރާ މަސައްކަތްތައް ހުއްޓާލަން ވެސް ވާވޭ އެދޭނެ ކަމަށް ވެ އެވެ.