05 މާޗް 2019
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު އިސްމާއިލް ހަބީބްގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހަށް އެޖެންޑާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓާ މެދު މެމްބަރަކު މިއަދު ކުރެއްވި ޝަކުވާއަކާ ގުޅިގެން އެއަށް ވޯޓަށް ނާހައި ފަސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު އިސްމާއިލް ހަބީބްގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހަށް އެޖެންޑާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓާ މެދު މެމްބަރަކު މިއަދު ކުރެއްވި ޝަކުވާއަކާ ގުޅިގެން އެއަށް ވޯޓަށް ނާހައި ފަސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުން ފަސް ކުރީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން ކަމަށެވެ.
މަޖިލިހުގެ ތަޅުމަށް އިއްވެވި ސިޓީގައި އަސްލަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ކުރިމަތިލެއްވި 16 ބޭފުޅުންގެ ނަން ދިރާސާ ކުރުމުގެ މަސައްކަތް ކުރުމަށް ކޮމިޓީން ތިން ބައްދަލުވުމެއް ބޭއްވި އިރު، އެ ކޮމިޓީން ތައްޔާރު ކުރި ރިޕޯޓަކީ ކޮމިޓީން ފާސް ކުރި ރިޕޯޓެއް ނޫން ކަމަށެވެ.
އެ ސިޓީއާ ގުޅިގެން އެ ކަންކަން ބަލާފައި ނޫނީ ވޯޓަށް ނާއްސަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން އެންމެ މަތިން މާކްސް ލިބިވަޑައިގަތީ އެ ކޮމިޝަންގައި މިހާރުގެ މެމްބަރު ހަބީބަށެވެ. އޭނާ އަށް ލިބިވަޑައިގަތީ 90.28 ޕަސެންޓް މާކްސް އެވެ.
ރިޕޯޓްގައިވާ ގޮތުން، ކޮމިޝަނަށް އައްޔަން ކުރުމަށް ގާބިލް ފަރާތެއް ކަމަށް ކަނޑައަޅަނީ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑުން މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މީހުންނެވެ. ހަބީބްގެ އިތުރުން ދެން 75 ޕަސަންޓަށް ވުރެ މަތިން މާކްސް ލިބިފައި ވަނީ އަހުމަދު މޫސާ، ހ. އަމްސާވިލާ، މާލެ އެވެ. އޭނާ އަށް 75.57 ޕަސަންޓް މާކްސް އެވެ.
ހަބީބާއި އަހުމަދު މޫސާ އަކީ ކޮމިޝަންގެ މެމްބަރު ކަމަށް ގާބިލް ދެ ބޭފުޅުން ކަމަށް ކަނޑައަޅައި ރިޕޯޓު މަޖިލިހަށް ފޮނުވި އިރު، މަޖިލިހުގެ ތަޅުމުން ފާސް ކުރަން ޖެހޭނީ ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ.
އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ހަބީބްގެ މެމްބަރު ކަމުގެ ދައުރު މި މަހު ހަމަވާތީ އެވެ. އީސީގެ މެމްބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ. މެމްބަރުކަމުގައި ދެ ދައުރު ހުންނެވޭނެތީ، ހަބީބަށް އީސީގެ މެމްބަރު ކަމަށް އަލުން ކުރިމަތިލެއްވުމަށް އެއްވެސް ހުރަހެއް ނެތެވެ.
އިސީގައި މިހާރު ތިއްބަވާ މެމްބަރުންނަކީ ހަބީބްގެ އިތުރުން، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި މެމްބަރު އަލީ ނަޝާތެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މޫސާ ނިޒާރު އިބްރާހިމް ހުށަހެޅުއްވި ކުޑަކުދިންގެ އަދުލުގެ ބިލާއި ޖަމިއްޔާތަކުގެ ބިލް މަޖިލިހަށް ބަލައިގަނެ، ދިރާސާ ކުރުމަށް މަޖިލިހުގެ އިޖުތިމާއީ ކޮމިޓީ އަށް ފޮނުވައިފަ އެވެ.
ކޮމިޓީން އެންމެ މަތިން މާކްސް ދިނީ ހަބީބަށް
އިލެކްޝަންސް ކޮމިޝަނަށް ނަޝާތު އައްޔަންކުރަން ފާސްކޮށްފި
މަޖިލިސް 77 މެންބަރުންނަށް މަދުކުރުން ރަނގަޅު: އީސީ
އީސީ މެންބަރުންގެ މުސާރަ ބޮޑުނުވާތީ ކަންބޮޑުވުން!
މަޖިލިސް އިންތިހާބު ބާއްވާނީ ރޯދަމަހަށް ފަހު
މަޖިލީހުގެ އިންތިހާބީ ދާއިރާތަކާ ގުޅޭގޮތުން 65 ޝަކުވާ
އަންހެނުންގެ ކޮމިޓީ އިންތިހާބު ބޭއްވުން ކައުންސިލްތަކަށް
ފުރައްސާރައާ ހެދި މުވައްޒަފަކު މަރުވާން އުޅުނު: ކޮމެޓީ
އަކްރަމް އީސީން ވަކިކުރަން ކޮމެޓީން ފާސްކޮށްފި
އެޗްއާރުސީއެމް މެމްބަރުކަމުން މޫސަ އިސްތިއުފާ ދެއްވައިފި