26 ނޮވެމްބަރ 2023
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ ރޯދަމަހަށް ފަހު ބާއްވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ ރޯދަމަހަށް ފަހު ބާއްވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާޗު 10 އެވެ.
މަޖިލިސް އިންތިހާބުގެ ވޯޓުލުން ރޯދަމަހާ ދިމާވާތީ އޮފިޝަލުން ހޯދުމާއި ކެމްޕެއިން ކުރުމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެކަމަށް ހައްލެއް ހޯދުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހުށަހަޅައިފަ އެވެ.
އެ މައްސަލަ ހައްލު ކުރުމަށް އީސީން ހުށަހެޅީ ދެ ގޮތެކެވެ. އެއް ގޮތަކީ ގާނޫނުގައި ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ދޭ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކޮށްލުމެވެ. އޭރުން ރޯދަމަސް ފެށުމުގެ ދެ ދުވަސް ކުރިން މާޗު ނުވައެއްގައި އިންތިހާބު ބޭއްވެ އެވެ.
ދެ ވަނަ ގޮތަކީ ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކޮށްދިނުމެވެ. އޭރުން އިންތިހާބުގެ މަސައްކަތް ކުރިން ފަށައި އަވަހަށް އިންތިހާބު ބޭއްވޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ މައްސަލައިގެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން އިއްތިފާގުވީ، ރޯދަމަހުގެ ކުރިން އިންތިހާބު ބޭއްވުމުގެ ބަދަލުގައި ރޯދަމަހަށް ފަހު އިންތިހާބު ބޭއްވުމަށެވެ.
ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވިދާޅުވި ގޮތުގައި ރޯދަމަހަށް ފަހު ވެސް ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު އީސީ އަށް ލިބެ އެވެ.
އެހެންވެ، ރޯދަ މަހަށް ފަހު އެންމެ އަވަހަށް ބޭއްވޭ ތާރީހެއްގައި މަޖިލިސް އިންތިހާބު ބާއްވަން ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.
އީސީއާއި އޭސީސީގެ މެންބަރުންތަކެއް ވަކިކުރަން ފާސްކޮށްފި
މެންބަރުން ވަކިކުރަނީ ނުފޫޒަށް ލެނބުމުން
ބައެއް ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރަނީ
މަޖިލިސް 77 މެންބަރުންނަށް މަދުކުރުން ރަނގަޅު: އީސީ
އަމިއްލަ ގޮތުން ހޮވުނު ޕާޓީ މެންބަރުންނާމެދު ސުވާލު
ބޮޑެތި މައްސަލަތަކެއް ނެތް، ޓާންއައުޓް 75 ޕަސެންޓް
މަޖިލީހަށް ހޮވުނީ އެންމެ ތިން އަންހެން ބޭފުޅުން!
އެއްވެސް ބޮޑު މައްސަލައެއް ދިމައެއްނުވޭ: އީސީ
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
ވޯޓުލާ ވަގުތު 5:30 އާ ހަމައަށް އިތުރުކޮށްފި